މާލޭގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންްޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިއަދު ހެނދުނު މި އެކްސިޑެންޓް ހިނާގަފައި ވަނީ ގަލޮޅު ހުސްނުހީނާ މަގުގައި ކަމަށާއި، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ކަކޫ މަށައިގެން ގޮސް ކަކުލަށް ތަދުވެގެން އުޅުނު ކަމަށް ކަމަށެވެ.

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު 10:24 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެކްސިޑެންޓްވި ސައިކަލާއި ކާރު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށެވެ. މި ހާދިސާގައި ދެ ވެހިކަލަށްވެސް ގެއްލުންވެފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނެތެއްނު ސަލާމަތެއް