ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ސީރިޔާ ގައި ތިބި ދިވެހިން ރާއްޖެ ގެންނަވާނެ ކަމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިމަހުގެ ފަހު ހަފްތާގައި، ކަމާއި ގުޅޭ ބޭރުގެ ބޭފުޅުން ހިމެނޭ ވަފްދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، އެމީހުން މިހާރު ތިބި ތަން ނޫން އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
"އިދާރަކުރެއްވިޔާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެމީހުން ރާއްޖެ ގެނެވޭނެ. އެކަމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރިއަށް އެބަދޭ. އެނގިވަޑައިގަންނަވާނެ އެމީހުން މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ. އެކަމަށް ތައްޔާރު ކުރަންޖެހޭ އިމާރާތުގެ މަސައްކަތްވެސް މިހާރު އެބަ ކުރިއަށް ދޭ. އިދާރަކުރެއްވިއްޔާ، އަންނަން ބޭނުންވާ ހުރިހާ އެއްމެންވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ރާއްޖެ ގެނެވޭނެ." ރައީސް ވިދާޅުވިއެވެ.
"އެމީހުން ގެނެސް ވަގުތީ ގޮތުން އެމީހުން ބޭއްތިއްބުމުގެ މަސައްކަތް ޢަމަލީ ގޮތުން އަޅުގަނޑުމެން ފަށައިފިން. ކުރިއަށް އޮތް ދެ މަސްތެރޭގަ އެތަނުގެ މަސައްކަތް ނިމި، އެމީހުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެނގިވަޑައިގަންނަވާނެ އެތަނުގައި އެބަތިބި އެއީ ކޮން ޤައުމެއްގެ ކުދިންނެއްކަން ނޭނގޭ ކުދިންވެސް. އެހެންވީމަ، އައިޑެންޓިޓީއެއްވެސް އެބަ ބޭނުންވޭ އެކުދިންނަށް." ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ރައީސް ވިދާޅުވެފައިވަނީ، ވަރަށް އަވަހަށް އެމީހުން ރާއްޖެ ގެންނާނެ ކަމަށާއި، އަދި އެމީހުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
މިކަން ބޮލުއަޅަންވީބޭނުމަކީ ކޮބާ؟
އަހަރުމެން ރަށަށް ގެންނާނެ ކަމެއް ނެތް. ހިިންނަވަރަށް ގެންދޭ.
ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭ މިގައުމުގެ ބާކީ ރައްއިތުން ސަލާމައްކަންއޮއް ތަނެއް ހޯދަން ކުޑަ ބޮއްކުރައެއްގަ ފުރުވާލަނީ
އަޅޭ މަގެގައުމު.މަގެ އުދުޅި.ހަތިއާރުގެ ތަމްރީން ހުރިބަޔަކު އެމްއެންޑީއެފްގެ ބެލުމުގެ ދަސުން ނޫންގޮތަކައް ގައުމުތެރޭ އުޅެން ބޭނުން ނުވޭ،ސޮރީ ތިބައިގަޑު ހަރުކަޝިކަން ފިލާނެކަމައް ގަބޫލް ނުކުރެވޭ.
މިކަޑަ ވަރައް ކަޑަ..
އެކަހެރި ކޮށް ޖަނަވާރު ގެންގުޅޭހެން ގެންގުޅުމުގެ ބޭނުމެއް ނެތެވެ. އެމެރިކާ އާއި ރަޝިޔާ އިން ބޮން އަޅާ ސުންނާފަތި ކޮށްލީއެވެ.
ތިޔަ މީހުން ގެންނާ ކަށް ނުޖެހޭ އެމީހުން ގޮސް ތިބި ތަނެއްގައި ބައިތިއްބާ އެމީހުން ގެނަޔަސް އެމީހުންގެ ސިކުނޑި އަދި ވިސްނުމާއި ފިކުރު ބަދަލެއް ނުވާނެ އެމީހުން ގެނައުމުގެ ސަބަބުން ދެން ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަމެށް ކަމާއި މެދު ވިސްނާލަން ޖެހޭނެ އެކި އެކި ތަމްރީނުތަށް ހަދައިގެން ތިބިބަޔަކު ރާއްޖެ ގެނެސް ދޫކޮށްލުމުން ވާނީ ކިހިނެއް؟ މިކަމާ ވިސްނާ. އަދި އެމީުންގެ ޕުލޭން އަކީ ކޮބައިކަން ކިހިނެއް އެނގޭނީ އައިސް ކުރާނީ ކޮންކަމެއް ކަން ކިހިނެއް އެނގެނީ ރާއްޖޭގައި ޖަރީމާއެއް ހިންގުމުގެ ބޭނުމުގައި ހާލުގައި ޖެހިގެންނޭ ކިޔައިގެން ރާއްޖެ އަންނަން މަސއްކަތް ކުރުމަކީ އެމީހުންގެ ރޭވުމަކަށްވެސް ވުމަކީ ވަރަށް ގާތް ކަމެއް މިހުރިހައި ކަމަކާ ވިސްނަން އެބަޖެހޭ އެހެން ނޫނީ މިކަމުގެ ހުރިހައި ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ރައްޖޭގެ ނިކަމެތި ރައްޔަތުން.......
ރަނގަޅަށްވިއްޔާ މިކަލޭގެ ތިމާގެ ނުވަތަ ރައްޓެހި ބަޔަކު ތިބީމާ އެމީހުން ގެންނަން ވެގެއެއުޅެނީ ޑީޕޯޓް ކޮށްލި ބަގްލދޭސް މީހާވެސް ގެނެވެން ޖެހޭނެދޯ އޭރުންނެއްނު ފައިސާގަނޑު ބެލޭނީ
މިރާއްޖެވެސް ބަލާވެރިކަން ފެށެނީ
މިގައުމުގަ ބޮންގޮއްވާނެ ކުދިންކޮޅެއް ތޯ ތިޔަ ގެނަނަނީ. ކިހާ ބޮޑު ބލޔއތ. ލާދީނީ ބައިގަނޑު މިގައުމުން ފެއްސިގަންނަން އުޅޭ.
ޢެމީހުން ގެނެސް ފުރިހަމަ ތަޙްގީގެއް ހިންގަން ޖެހޭ ކަމަށް ދެކެން!
ސަރުކާރުހޮވީ ޓެރަރިސްޓުން މިގައުމަށް އެތެރެކުރާކަށް ނޫން.މިހެން މިކަން ކޮއްފިނަމަ މިގައުމަކީ
ޓެރަރިޒަމަށް ހިއްވަރުދޭ ރާވާ ހިންގާ ބައެއްގޮތުގަ ދުނިޔޭގެ ގައުމުތަކުން ދެކޭނެ. އަދި އިގްތިސާދަށް ގެއްލުންވާނެ . ޓެރަރިސްޓުން އުޅޭ ގައުމަކަށް އެގި ހުރެ ނާންނާނެ.ދެންހިގާ ބަލަން ތިބެމާ ވާއެއްޗެއް.
އެއީ އަންހެނުންނާއި
ކުޑަ ކުދީން އެމީހުންގެ ފަރާތުން ނުރައްކަލެއް އަތުވެދާނެ ކަމަކަށް ނުފެނޭ. ކުރުދީންގެ ޖަލުގައި ތިބި ދިވެހި ފިރިހެނުން ގެނެސްފިއްޔާ އެއީ
ނުރައްކަލެއް.
ކޮމެންޓް ކުރާމީހުން ވިިިިސްނަންޖެހޭ! މީހަކަށް އުމުރުގައި އެޅޭ ކަތިފިިޔަވަޅަކީ އޭނާގެ މުޅި އުމުރު އެކަމެއްގައި ކުއްވެރިއެއްގެ ފޮތުގައ އުޅެންޖެހޭ ކަމެއްނޫން! ކޮންމެ މީހަކީވެސް ކުށްކުރެވޭނެ ފަރާތެއް. ތައުބާ ވުމަކީވެސް އޮތްކަމެއް. އެމީހުންނަށްވެސް އެފުރުސަތު އޮންނާނެ! ހެދޭގޯސްތަކުން ދަސްވާ ފިިލާވަޅުތައްވެސް ހުންނާނެ. އަންނަން ބޭނުންވާ ބަޔަކު ވިިއްޔާ ގެންނަވާހަކަ އެބުނަނީ! އަންނަން ބޭނުންވާނީ ހެޔޮވިިސްނި އަލުނ ހެޔޮމަގަށް ރުޖޫޢްވާންވާ މީހަކު ކަމުގއި ދެކެން ޖެހޭނީ.
ހުސް ދޮގު ހަމަ އިބޫ ހަދަނީ... އޭނަ ނޫޅޭ އަހަރުން ގެންދާކައް..