މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާޅިހު ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ.

މަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ސާލިހު ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމް.އެން.ޑީ.އެފް. ގެ ހުށައެޅުއްވުމުގައި ފާހަގަ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ޤަވާޢިދެއް ނެތުމުން އެފަދަ ހަރުދަނާ ޤަވާޢިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުޙަލާގައި ވާކަންވެސް އެމް.އެން.ޑީ.އެފުން މިބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ޤަވާޢިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް ޢަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މަޝްވަރާ ދެއްވާފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖހހފ

    ވީހާ އަވަހަކަށް ނުން. މިހާރުން މިހާރަށް.

    3
    1
  2. މަ

    ކަލެމެނެންނަށް ވަނީ ކީއް؟؟؟

  3. މުޙައްމަދު ރަޝީދު

    މާލޭގައި އިންޓަސްޓްޤރިއަލް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ކުަމުން އަންނަނިކޮށް އެމަސައްކަތް ހުއްޓުވާލީ މިސަރުކާރުން، އެއީކުރަން ޖެހޭ ކަމެއްކަން މިއެގުނީ ވަރަށްބޮޑަށްވެސް ލަސްވެީފަހުން

    6
    1
  4. ލަމް

    ފައްޓަންވީ މީހާރުން މީހާރަށް.... އަވަސް ކޮށްދެއްވާ

  5. ??

    ޜޭގަ އަލިފާންރޯވީ ކާކު ގެ ގުދަނެއްގަ؟ އެމީހުން ޖެހޭނެ ގެއްލުމުގެ ޒިންމާނަގަން!