މާލެ އިން ކާށިދުއަށް މީހުން ބަދަލުކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާއަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ. ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ވޭތުވެދިޔަ ދެދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ގޮވާލައެވެ.

ކުއްލި މައްސަލަ އާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ފަހު މާލޭގެ 20 އިންސައްތަ މީހުން ކާށިދޫއަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"މާލެ އިން ކީއްވެތޯ މީހުން އޮފްލޯޑް ނުކުރަނީ؟ ކާށިދޫގައި އެއާޕޯޓެއް އަޅާފައި 20 އިންސައްތަ މީހުން ކީއްވެތޯ ކާށިދޫ އަށް ބަދަލު ނުކުރެވެންވީ. މާލެއަށް މާމިހުން ގިނަ ވެއްޖެ ހައެއްކަ އަށެއްކަ ގެ އަނދައިގެން ދިޔައިރު 400 މީހުންގެ ގެދޮރު ގެއްލުނީ. ކުޑަކުޑަ ރަށެއްގެ އާބާދީއެއް ނޫންތޯ މިއީ." ޖާބިރު ވިދާޅުވިއެވެ.

ތަނެއްގައި ހުޅު ޖެހިއްޖެނަމަ ދެން ކަންތައް ވެގެންދާ ގޮތް ފެނިގެން ހިނގައްޖެ ކަމަށާއި މިވާހަކަ ދައްކަން ޖެހޭތީ ހިތާމަކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މާލެ ޕްލޭން ކުރަން އެބަޖެހޭ ކަމަށާއި މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައްޖެނަމަ ފަސޭހައިން އަލިފާން ނިއްވާލެވޭނެ ވަސީލަތްތައް ގާއިމް ކުރަން ޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރުއްބުޑު ޓޯޓޮ

    ހެހެޭ އެއްކަލަ ސޮރު ހަމައިން ނެއްޓި މޮޔަ ގޮވަނީ ދިޔަާނަާ ވެއްޖެ އެއްނު މިސޮރު ހަމަ ހޭގައި ބަހަށްޓަން

    50
    3
  2. ނަން

    ކޭބަލް ކާރުގަ ދާންވާނީ ދޯ!

    57
    1
  3. މަރީ

    އަވަަހަށް ކުރޭ. ކޮބާ ކޭބަލް ކާރު

    50
    1
  4. ތިލާ

    ކަލޭ ފައިބަ ބަލަ މާލޭން ފުރަތަމަ. ކަލޭމެނާހެދި ދޯ އާބާދީ ގިނަވެގެން އުޅެނީ. ދޭބަލަ ކާށިދޫއަށް.

    51
    1
  5. ކޭބަލްކާރު

    ކޭބަލް ކާރު އެޅީމާ ދާންވެގެން މިހުންނަނީ. ކޮން އިރަކުތޯ ކޭބަލް ކާރު އަޅައިދޭނީ.

    22
  6. ދިދަ ދަނޑި

    މާލޭގައި ތިބި ކާށިދޫ އެންމެން ގެންގޮސް ރަށަށް އަޅާބަލަ..

    20
    2
  7. މުއްތު

    އި ޖާބިރު އަކީ މޮޔަ މީހެއް އޭނާ ޝަރުތުހަމަނުވޭ އަވަހަށް ތިބިލް ބޭރު ކޮއްލާ ތީނަގެ މައްކަތަކީ މަޖިލީހުގެ ވަގުތު ބޭކާރުކޮއްލުން

    14
    2
  8. ޒާ

    އޭޑީކޭ އިން އެބުނާ ސިކުނޑީގެ މައްސަލަ އެންމެ ބޮޑު އެކަކީ ޖާބިރު. ދޮގުހަދާ ކޭބަލް ކާރު އަޅާވާހަކަ ދައްކައިގެން ކާށިދޫ މީހުން ހެއްދިހެން އެހެން މީހުނެއް ތި ޖާބިރަކަކަށް ނުހެއްދޭނެ.

    17
    1
  9. އެމީހުން ބުނަނީ ކީކޭބާ؟

    ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ މިވާހަކަފުޅަށް ތިބޭފުޅުން (ކާށިދޫ ރައްޔިތުން) ގެ ބަހެއް ބޭނުން!

    15
  10. ޖަޒީރާމަނިކު

    ތިޔަކަން ކުރަން ޖެހޭކަމަށް ވަންޏާ އެންމެ ފުރަތަމަ މާލެއިން ކާށިދުއަށް ބަދަލުވާންވީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އާ އޭނާގެ އަނބިދަރިން. އޭގެފަހުން އެހެންމީހުން ބަދަލުވާން ގޮވާލާ.

  11. ާަޕޮގުބާ

    ..މާލެ..އަންނަންވީ

    5
    1
  12. ނޫންތަ

    ހަމަ އެގޮތަށް ބައެއް މަޖްލިސް މެމްބަރުން ގުރައިދޫއަށްވެސް ބަދަލުކުރަންޖެހޭ..

  13. ތިތްތި

    އުޅޭވައްތަރުދޯޯ ޖާބިރުބޭ

  14. ގަޅިކާޝިދޫ

    ކާށިދޫގަ ތިބި މޮޔައިން ހޮވާފަ ހުރި ވާންޗޯއެއޮ

    10
    2
  15. ނަގޫރޯޅި

    މާލޭން މީހުންހުސްކޮއްފަ ވިޔަފާރިވެރިންނައް މާލޭކުއްޔައްދީ.