އިއްޔެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިއުޅުނު ގެއިން ނިކުންނަން ޖެހިފައިވާ ޒުވާން ތިން އަންހެނަކަށް އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް އެމީހުން ބުނެފިއެވެ.

ތިން ޒުވާނުންގެ ތެރެއިން "ވަގުތު" އާއި ވާހަކަދެއްކި ޒުވާނަކު ބުނީ އެމީހުން ދިރިއުޅެމުން އައީ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ގެއެއްގައި އެހެން އާއިލާއަކާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ތިން މީހުން އުޅުނީ އެއް ކޮޓަރިއެއްގައި. އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަހުން އަދި އެއްވެސް ފަރާތަކުން އެހީއެއް ނުލިބޭ." އޭނާ ބުންޏެވެ.

އޭނާ ބުނީ ކަލާފާނު ސްކޫލްގައި ހުޅުވާފައި ހުރި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ހާދިސާ ހިނގި ރޭ ގޮސް ރަޖިސްޓްރީ ވެފައިވާނެ ކަމަށެވެ.

"އެ ރޭ ރަޖިސްޓްރީ ވެފައި އަޅުގަނޑު ވެސް ދިޔައީ ރައްޓެއްސެއް ކައިރިއަށް ނިދަން. ދެން އިއްޔެ އަޅުގަނޑުމެން ގޭގައި އުޅޭ އަނެއް އާއިލާ އާއި ބައްދަލުވީ. އެމީހުން ތިބީ މޫކައި ހޮޓަލްގައި. ނަމަވެސް ޑިޒާސްޓާއަކުން އަޅުގަނޑުމެންނަކަށް ނުގުޅާ." އޭނާ ބުންޏެވެ.

އޭނާ ބުނީ ރޭ މާލޭގައި މަސްތުވާތަކެތި ބޭނުން ކުރަން މަޝްހޫރު ގްރޫޕެއް އޮންނަ ގޯޅިގަނޑެއްގައި ލަކުޑި ޖަހައިގެން ހަދާފައި ހުންނަ ތަނެއްގައި އެމީހުން ބައިތިއްބަން ޑިޒާސްޓާ އިން އުޅުނު ކަމަށެވެ. ނަމަވެސް އެތަނުގައި ތިބެން ބިރުގަންނަ ވާހަކަ ބުނުމުން ޑިޒާސްޓާ އިން ވާހަކަދެއްކީ ވަރަށް ރުންކުރުކޮށް ކަމަށެވެ.

"އެތަނުގެ ނަމްބަރަށް ނުގުޅިގެން އެތަނުގައި އުޅޭ މީހެއްގެ ނަމްބަރު ހޯދައިގެން މިގުޅީ. ގުޅީމަ ވަރަށް ރުޅި ގަދަވެފައި ވާހަކަދެއްކީ." އޭނާ ބުންޏެވެ.

އޭނާ ބުނީ ތިން މީހުންނަކީ ވެސް ވަޒީފާއަށްދާ މީހުން ކަމަށާއި، ނަމަވެސް އުޅޭނެ ތަނެއް ނެތި މަގުމަތިވުމުން އޮފީހަށް ވެސް ނުދެވޭ ކަމަށެވެ.

"ކޮންމެ ރެޔަކު ރަހުމަތްތެރިޔަކު ކައިރީ ވެސް ނުހުރެވޭނެ އެއްނު. މަސް ނުނިމެނީސް ނެތް އަމިއްލައަށް ތަނެއް ކުއްޔަށް ހިފައިގެން ހުރެވޭނެ ގޮތެއް." އޭނާ ބުންޏެވެ.

އެހެން ބައެއް އާއިލާތަކުން ވެސް ގެންދަނީ ސަރުކާރުން ބޯހިޔާވަހިކަން ނުދޭކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޕޮލާބެއާ ގެ ބިސް ގެ އުރަ ރޮދި ބޮޑި

    ސުނޯވައިޓު ގައި ވާ ހެން ޕުރިންސް އައިސް ގެންދާ ނެ ނަމަ

    24
    3
  2. ޒާ

    ކުދިންނޭ ކެތްކޮށްލާ ތީ ހަމަ ދިވެހިރައްޔިތުން ވޯޓުދީގެން ކޮންމެވެސް ގޮތަކަށް ހޮވާފައިވާ އޯގާތެރި ސަރުކާރު. އެއްވެސް ދިވެއްސަަކު މަގުމައްޗެއް ނުވާނެ. މާރިޔާ ހުރީ އަވަގުރާނަ ގޮވާފައިވެސް އޭނާގެ އޯގާތެރިކަން ދައްކަން ޑިސާސްޓަރުގެ ބޮޑުމީހާއެއީ.

    10
  3. ާައަބުސީ

    މި މީހުން ހޯދޭނީ ކިހިނެ އް

    14
  4. Anonymous

    މޫކައިގައި އެތިބީ، ޑިފެންސް މިނިސްޓރ ގެ ރައްޓެހިން. އާދައިގެ ރާއްޖެތެރޭ މީހުންނަކީ ހަމަ ރާއްޖެތެރޭ މީހުން. މާލޭ ބޭފުޅުން ނިކަން ރުޅިއަރާނެ އެމީހުންދެކެ.

    59
    6
  5. ލިޔާ

    މި ސަރުކާރުގަ ނެތް ފެންވަރެއްވެސް ހިތްވަރެއްވެސް ޤާބިލްކަމެއްވެސް! ބޮޑު ސޯބު ބަޗައިފި! ކުދި ސޯބުތައް އެބުރޭނީ އެބުރޭނޭ އަތަކަށް! އެންމެ ޙާދިޘާއަކުން ސަރުކާރުގެ ފެންވަރު އެގިއްޖެ! ފޮނި އަގަ ތެޅުމާ ނަންވަން ދެކޮޅަށް ދުވުމާ ފޯނުކޮންފްރަންސްގެ ނަމުގައި ސިޔާސީ ރަނބަ ހެލުން ނޫންކަމެއް ނުފެނުނު! އެޕްރީލްމަހު މިފަދަ ޙާދިޘާއެއް ހިނގާ މަގުމަތިވީމީހުން އަދިވެސް އެތިބީ މަގުމަތީ! ޕޮއް

    7
    1
  6. އިބްރާހިމް

    ވަރަށް ދެރަވެއްޖެ. އެންމެނަށް އެއްހަމައަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން

    59
    2
  7. ސުޓުރޭން ޖާ

    އެބޭޭ ފުޅުންނާ ގުޅޭނެ ގޮތެއް

    20
    1
  8. ޖަޒީރާމަނިކު

    ތިޔަކަން ހަމަޖައްސަވަން ރައީސްސޯލިހު އެވަޑައިގަތީ އދ އަށް. ދެން މާލަހެއްނުވާނެ.

    28
    1
  9. ޕަސީމާ

    ޖަޒީރާ ސަރުކާރުގެ ހާލަތު.. ކީއްކުރާނީ.. ރޫހާނީ ލީޑަރުގެ އަނގައިގަ ތެރެސްލާފައި ތަތްކޮއްފައި ހުރިފަދަ. އޭނާގެ އަނގައިން އަޑެއް ނިކުންނަކަމަކައް ނުވޭ..

    33
    1
  10. ޕޮގުބާ

    އެމްޑީޕީއަކަށްނު ވޯޓްލީ ހިޔޮވެދާނެ

    20
    1
  11. ކަމީލްސް

    އަހަރެން ގޯއްޗަށް އާދޭ

    11
  12. މޯދީ

    ވޯޓް ދީފަ ހޮވޭތޯ ބަލާތި ތިޔަ މީހުން. ހަރާންކޯރު ސަރުކާރު

    33
    3
  13. ދޮތަ

    ސަރުކާރުން އެހީވެ ދެއްވީ ވަންނާނެ ތަނެއް ނެތިފައި ތިބި މީހުންނަށް. އެމީހުން ތިބީ އެރޭ ސަރުކާރުން ދެއްކި ތަނެއްގައި. ގޮތް އޮތް މީހުން އެގޮތްގޮތް ހޯދައިގެން ދިޔައީ. އެހިސާބުން ސަރުކާރުގެ ޒިންމާ ކެނޑޭނެ ދޯ!

    13
    32
  14. Anonymous

    މޫކައީގަ ތިބީ ޤާރީ ރަޝީދުގެ އާއިލާ

  15. ޙަލަފް

    ތިއިން މީހަކަށް ގުޅޭނެ ގޮތް ހަދައިދީބަލަ.. ހުރެވޭނެ ގޮތް ހަމަ ޖައްސާނަން އިންޝާ ﷲ.

    11
  16. ....

    މިސަރުކާރުން ވވ.އޯގާތެރި.އެހެންވެ ވަންނާނެވ ގެދޮރެއްނެތިފަ މަގުމަތީގައި.

  17. އަނގަބެ

    އަޅެފަހެ މަ އަޖައިބު ވެއްޖެ މިއީ ގެރި މޯދީގެ ރޭޕިސްތާނެއް ނޫންވިއްޔާ އިސްލާމިކް މިނިސްޓަރު ވެސް ވެއްޖެ އެއްނު އެކުދިންނަށް ގޮތެއް ހޯދައިދޭން މި އުޅޭ ޝޭހުބެޭ މެންނަށްވެސް ހަމަ ސާބަސް ފުކެއްބޮޑުވަރު ހެޔޮ ސަރުކާރު ދެން މަހަށްދޭބަލަ

  18. ބުއްޅަބޭ

    އަސްލު އޯގާތެރިސަރުކާރެއްވީމާވާނީތިހެން އަދިވެސްވޯޓްދޭތި މިސަރުކާރަކައް ކުރެވޭކަމެއްވެސްނެތް ކުރަން އެނގުނުކަމެއްވެސްނެތް އަދި މިހާތަނައް ތަޅުވަނީ ހަމަ ހުސް އަނގަ