މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖްގެ މަސައްކަތް ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މި ޓްވީޓްގައި މިނިސްޓަރު ވަނީ ބްރިޖްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ހިމަނުއްވާފައެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ މަސްރަހު ހަލަބޮލިވުމުން ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމޭނެ ކަމާމެދު އިދިކޮޅު ފަރާތްތަކުން ސުވާލުތަކެއް އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

ބްރިޖްގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ އަމާޒަކީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހާއި ހަަމައަށް ބްރިޖްގެ މަސައްކަތް ނިންމާ ހުޅުވުން ކަމަށެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހިއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަޖަމްނުވި ތަރައްޤީ

  2. މުއިއްޒޫ! ކިޔާބަލަ ކުރިއަކަށް ނުދެޔޭ! އޭރުން މިތިބަ ޙަސަދަވެރި ޣައްދާރުން ވަގުތުކޮޅަކަށް ނަމަވެސް ކުލީސިފައިން ގެނެސްގެން ޤައުމަށް ޙައްދާރުނުވެ ތިބެލާޔ÷!

  3. ރައީސް ޔާމީން ގެ މެނިފެސްޓޯ ތަންފީޒު ވުމަކީ ވަރަށް މުހިއްމު ކަމެއް!

  4. މިޚަބަރު ކިޔާނެކަމެއްނެތް.

  5. ކޮބާ އަންނީ. ޓުވީޓު ކުރޭ ބުރިޖެ 2ތަންބު އިންނީ ކަނޑު އަޑިން މަސްތައް ކައި ހުސްވާން ކައިރިވެފައޭ.ކަލޯ ކަލޭ މިބުރިޖު މަތީ އަދި ކާރު ދުއްވާނޭ. ފްލަޓް ދޮންބޭ....