މާލެ ސިޓީގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލާ ފާސް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ ސިޓީގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލާ ފާސް ކުރުމުގެ މަސައްކަތް މިއަދު އެމްއެންޑީއެފް އިން ފަށާފައިވާ ކަމަށެވެ.

މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން އެބަ ހުރިކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައެވެ.

އެމްއެންޑީއެފް ގެ ފަރާތުން ކެމިކަލް ގުދަންތައް ބަލާ ފާސްކުރަން ނިންމާފައިވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކކ

    ހާދަ ހަތިޔާރެކޭ ތި ފެންނަނީ ފޮޓޯއިން ހަހަހާ

    5
    1
    • ބޮއިކަޓް ޢަލީ

      ރަގަޅަށް ބަލާލީމަ ފެންނަނީ ހުސް ކީސް

      3
      2
      • އ

        ކެމިކަލް ގުދަންތަށް، ވާޑާންގެ ބަލައިލީމަ ފެންނާނެ ތިލަފުއްޓަށް ބަދަލުކުރަން ޖެހޭ ތަންތަން.... މީހުން ދިރިއުޅޭ ހިސާބާ ދުރުގަ ގުދަން ބަހައްޓަން ޖެހޭނީ

  2. ހަމް

    ހުރިހާ ގުދަން، ގަރާޖު ބަލަން ޖެހޭނެ....ކޮންމެ ގުދަނެއްގަ ވެސް ހުއްދަ ނުހޯދާ ހުރެދާނެ އަލިފާން ހިފާ ޒާތުގެ އެއްޗެހި ގިނަ އަދަދަކަށް ބަހައްޓާފަ.... ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން މަޖުބޫރު

  3. ފެންނަންހުރިހަގީގަތް

    ކޮންއެއްޗެ ބަލާފާސްކުރާކަށް ބޭނުމީއަވަސް ފިޔަވަޅު ވަގުތުން އެކުސަން ނޯޗާންސު