ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާ ރޭ ބައްދަލުކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިންގް އެސިސްޓަންޓް ސެކްރެޓަރީ ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާއި ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި، ސުލްހައާއެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމާއި، އިގްތިސާދީ ތަރައްގީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

މި ދަތުރުފުޅަކީ މިއަހަރު މިނިސްޓަރ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއަށް ވަޑައިގެން އެގައުމުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާވެސް ބައްދަލުކުރައްވައިފައެވެ.

މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. މިނިސްޓަރ ނިއުޔޯކޮށް ވަޑައިގެންފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އުމަރު

    ދެން ސޫޓިން އޮތީ ކޮންޤަވްމެއްގަތޯ

    10
  2. ހުސެން

    އިންޑީޔާ ކަނޑުގެ ސަލާމަތުގެ ވާހަކަ ދައްކާނީ އިންޑީޔާ އިން.އިންޑިޔާ ގެ ދާޙިލީ ކަންކަމާ ރާއްޖެއިން ބެހޭކަށް ނުޖެހޭ،ޟާހިދު އަކީ އިންޑީޔާ ގެ ޙާރިޖީ ވަޒީރުތޯ؟އޮޅިއްޖެ،ބަލަގަ ރާއްޖޭގެ ކަނޑޫގެ ސަލާމަތާ ބެހޭގޮތުންނޭ ރާއްޖޭގެ ޙާރިޖީ ވަޒީރު ވާހަކަދައްކަންޖެހޭނީ ،އޮޅިވަޑައިގެން ނުއުޅުއްވަބަލަ

    11
  3. ޖާޒީރާ ބޯއީ

    މިނިސްޓާރ ޝާހިދު އަވަދިނެތި ގައުމުގެ އިގްތިސާދު އަދި ސަރުކާރު ހަމަމަގަށް އެޅުވޭތޯ މަސައްކަތް ކުރާއިރު އަނެތްކޮޅުން ނަޝީދާއި ސޯލިހު އަޅުވެތިކަމާގެން ތެޅިފޮޅެނީ. ބޮޑުދެގެރި ތަޅަނީ.

  4. ބުރޯ

    އިންޑިޔާ ކަނޑުގަ ނުރައްކާތެރި އެއްޗަކަށް އުޅެނީ މިޔަރު .މަސައްކަތް މިކުރަނީ މިޔަރު ދިރުވާއާލާކުރަން . އެމެރިކާ އޮތީ މާދުރުގަ އިންޑިޔާ ކަޑަށްއެމީހުން އައުމަކީ އެކަނޑަށް އޮތް ނުރައްކަލެއް ،ކައިރީގަ ތިބި އެ ކަނޑަށް ނިސްބަތްވާ ގައުމުރަކާ ކަނޑަ އިންވެގެން ތިބި ގައުމު ތަކުން އެކަނޑުގެ ސަލާމަތަށް މަސައްކަތް ކުރާނެ . އެކަމަކަށް އެމެރިކާ ބޭނުމެއްނުވޭ

  5. ސަޒާ

    މީ ކިހެނެއްވެގެން އުޅޭ މިހާގަޑެއް

  6. ތަރޭ

    އަމަލުވެގެން އުޅޭމީހެއް ޝާހިދަކީ މީނާގެމަސައްކަތަކީ ޤައުމުސަލާމަތް ކުރުމެއްނޫން ބޮޑޭވުން ޤައުމާއި އިންޑިޔާކަނޑު ވިއްކާލަން މިކަލޭގެ މިއުޅެނީ ބޮލެކޭކިޔާފައި ޖަހާފައި ހުންނަނީ ކާޅުކެއި އނބެއްޖަހާފައި ދޯދޯ!

  7. ނޯނޭމް

    މީނާގެ ކަމަކީ ދައުލަތުގެ ލާރިން ދުނިޔޭގަ ބުރުޖެހުން. އަހަރުމެން ފެލައިގެން ސައިކަލުގަ ސްޓިކާ ފީ ނަގައިގެން ވެރިން ކުރާ އިސްރާފް.