ހޯމް މިނިސްޓްރީގެ އޮފިޝަލުންތަކެއް ގޭގެއަށް ގޮސް ފާސް ކުރަމުން ދާކަމަށް މީސް މީޑިއާގައި ފެތުރެމުން ދަނީ ދޮގު ހަބަރެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހޯމް މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުނެ ބަޔަކު ގޭގެއަށް ވަދެ ފޭރެމުންދާކަމަށް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަމަށާއި އަދި އެއީ ހަގީގަތެއް ނެތް މެސެޖެއް ކަމަށެވެ. އެފަދަ އެއްވެސް ރިޕޯޓެއް މިހާތަނަށް މީހެއްގެ ފަރާތުން ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ދައުރުވަމުން ދާ މެސެޖުގައި ވަނީ ހޯމް އެފެއާޒްގެ އޮފިޝަލުންނޭ ބުނެ އޮޅުވައިލައިގެން ގުރޫޕަކުން ގޭގެއަށް ވަންނަމުން ދާކަމަށެވެ. ކުރިއަށް އޮތް އިންތިހާބަށް އެންމެން އަތުގައި އޮތީ ސައްހަ އައިޑީ ކާޑެއްތޯ ޔަގީން ކުރަން ބޭނުންވާ ކަމަށް "ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒް" ގެ ފަރާތުން ފާސް ކުރަން ބޭނުންވާ ކަމަށް ބުނާ ސިޓީީއެއް އެމީހުން އަތުގައި އޮންނަ ކަމަށް އެ މެސެޖުގައި ވެއެވެ. އަދި އެ މީހުންނަކީ ހޯމް އެފެއާޒްގެ ފަރާތުން ގެތަކަށް ވަންނަމުންދާ ބައެއް ނޫންކަމަށާއި އެމީހުންގެ މަގުސަދަކީ ގޭގެއަށް ވަދެ ފޭރުން ކަމުގައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ދައުރުވަމުން ދާ މެސެޖުގައި ވަނީ "ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒް" ކަަމަށާއި އެހެން ކަމުން އެ މެސެޖަކީ ރާއްޖޭގެ ހޯމް މިނިސްޓްރީގެ ނަމުގައި ބަޔަކު ނެރެގެން އުޅޭ މެސެޖެއްކަން ޔަގީން ކުރަންވެސް ދަތިކަމަށެވެ. މިކަމާ ގުޅުގެން ފުލުހުން ބުނީ ބެލި ބެލުމުން މިހާތަނަށް އެނގިފައިވާ ގޮތުގައި އެ މެސެޖަކީ ސައުތު އެފްރިކާގައި ހިނގަމުންދާ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    އެހެންވީއިރު، ކަރެކްޝަންސް ގެ ޔުނީފޯމް ލައިގެން ގޭގެއަށް ދޭތަ އެބަ؟ މަ ރައްޓެއްސަކު އުޅޭ މަޢުލޫމާތު ދެވިގެން ފާސް ދައްކާށޭވެސް ނުބުނެ. ޔުނީފޯމުގަ ތިބީމައޯ އެހެންނޭހީއޯ. މާ ބައިވަރު ސުވާލުކުރީއޯ ގޭގަ މީހުން ނޫޅޭގަޑިތައް އޮޅުންފިލުވާ.

  2. ދެންތި

    ވަދެބަލަވާގޮތް ބަލާލަން!