ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ވޮލެންޓިއަރުންގެ ޕްރޮގްރާމް އިފްތިތާހްކޮށްފިއެވެ.

ކެމްޕޭން ވޮލެންޓިއަރުންގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ މިހާރު ހައްދުންމަތީ ގަމުގައި ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ވޮލެންޓިއަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ނަމާއި އައިޑީކާޑް ނަމްބަރު ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރުމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އެދެއެވެ.

ރައީސް ޔާމީން ކެމްޕޭންގެ ފުރަތަމަ ވޮލެންޓިއަރުގެ ލިޔުން މެޑަމް ފާތުން އާއި އަދުލީ ހަވާލު ކުރައްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަރީފް
ރައީސް ޔާމީން ކެމްޕޭންގެ ފުރަތަމަ ވޮލެންޓިއަރުގެ ލިޔުން މެޑަމް ފާތުން އާއި އަދުލީ ހަވާލު ކުރައްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަރީފް

ރައީސް ޔާމީންގެ ކެމްޕޭން އިފްތިތާހް ކުރުމަށް ފަހު ކެމްޕޭންގެ ފުރަތަމަ ވޮލެންޓިއަރުގެ ލިޔުން މެޑަމް ފާތުން އާއި ވަނީ ހަވާލު ކުރައްވާފައެވެ. ލިޔުން ހަވާލު ކޮށްދެއްވީ ކެމްޕޭން އޮފީހުގެ ފަރާތުން އަދުލީ އިސްމާއިލް އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާލު

    ތިހުރިހާކަމެއްކުރާއިރު ޔާމީން ކޮބާތަ؟

  2. ދީދީ

    ޖަލްސައަށް އައިމީހުން ވަރަށް ގިނަކަން ފާހަގަކޮށްލަން! . މަރުޙަބަ!4643

  3. ށހޔފހފ

    ކޮން ނަމްބަރަކަށްތަ އެސްއެމްއެސް ކުރަންވީ