ޗައިނާ އިން ރާއްޖޭގެ ގިނަ ރަށްތަކެއް ހިފައިގެން، ކޮންޓްރޯލް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކި ވާހަކަތައް ޗައިނާ އިން ދޮގުކޮށް، އެވާހަކަތަކަށް ރައްދު ދީފިއެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ 18 ވަރަކަށް ރަށް ޗައިނާގެ ބާރުގެ ދަށުގައި ވާކަމަށެވެ.. މިކަމާއި ގުޅިގެން އަވަށްޓެރި އިންޑިއާ އިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ޗައިނާ އިން މިވަނީ ނަޝީދުގެ އެވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ނެރުނު ބަޔާނުގައި ވަނީ، ނަޝީދު ދެއްކި ވާހަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، ޗައިނާގެ ކުންފުނި ތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނިންމާފައި ވަނީ އެންމެ 7 ރަށެއްގައި ކަމަށާއި އަދި ރާއްޖޭގައި އިންވެސްޓް ކުރާ ޤައުމުތަކުގެ ތެރެއިން ޗައިނާ އޮތީ 6 ވަނާގައި ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ރަނގަޅުވެފައި. މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކާއި ޗައިނާ އޮތީ އުފަލުން،" ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 30 ގައުމެއްގެ ކުންފުނިތަކުން 124 ރަށަކަށް އިންވެސްޓްކޮށްފައި ވާއިރު ރާއްޖޭގައި ހުރި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ޗައިނާގެ އިންވެސްޓްމަންޓްތަކަކީ އެންމެ 5.6 އިންސައްތަ ކަމަށް ބަޔާނުގައި ވެއެވެ.

"މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ހިންގަމުން އަންނަ 100 އަށްވުރެ ގިނަ ރިސޯޓުުތަކުގެ ތެރެއިން ޗައިނާގެ ކުންފުނިތައް ބައިވެރިވަނީ މަދު ރިސޯޓުތަކެއްގައި،" ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ޗައިނާ އާއި ގުޅުމަށް ތާއިދު ކޮށް، މިހާރު އެކަމާއި ދެކޮޅު ހަދައި ވާހަކަ ދެއްކުމުން އެ އެ ޤައުމުން ވަނީ މިކަމާއި މެދު ސުވާލު އުފެދޭކަންވެސް ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ބަނޑު ދޮންނައޭ ދަ ގައްދާރޭ ދަ ސޯމާލިޔާ ޕައިރޭޓެއްގެ ދަރިކޮޅޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ.

  2. ޖޮއްބެ

    ކެރަފާ ބާޣީ ހަދާނެތަ ތެދެއް.....؟؟؟

  3. ހުސައިން ހިލްމީ

    މިގައުމުގައި އުފެދުނު ބޮޑު މޮޔައެއް

  4. ތިބެބަލަ

    ޗައިނާ އިން ކެނެރީގެ ނަޝީދަށް ރައްދު ދީފިނަމަ ދެން އޭނާ އަށް ހުންނާނެ މިހާރު ރަނގަޅަށް އެއްޗެއް ބޮވިފައޭ މަމެން ބުނަން ނެތީމު ދޯ. ކެނެރީގެ ނަޝީދު އަދި ރަންރީނދޫ ޓްވިޓަރޭ ތަމެން ދެކޮޅަށް ތިބެގެން ތެޔޮ ބިޑި ބޯން ވީއެއް ނޫން ތަމެން ވެރިކަމުގައި މުލިއާގޭގައި ތިބެގެން ތަމެން ދޭތި ދެކޮޅަށް ތިބެގެން ތެޔޮ ބިޑި ބުއި ގޮތަަށް ދޯ.

  5. ޜަސީދު

    މަހުލޫފު ބުނި އެއްބެއްސަޑަރު ރެގަނުޒާހިޜަ ވަރައް ކައިރިން ބެލި ވާހަކަ ،މަހުލޫފު މުއިޒު ކުރެން ސުވާލު ކޮން ލަން ވީނު މި އިސްޓެޓު މަން ޓާ

  6. ބުންވަރު

    މީނަގެ މޮޔަކަން މިހާރު މުޅިދުނިޔެ އަށް ވެސް މިދަނީ އެގެމުން ދެން އެމްޑީޕީ ކުދިން ވެސް މިކަމަށް ވިސްނަން ވެއްޖެ

  7. ށުމޮން

    މީނާ ޕާސްޕޯޓް ހިފަހައްޓާ. މިކަލޭގެ އުޅެނީ ހިންދު ކަރައިން ކުޅީ ސިފައިން ގެނެއް އާއްމުންގެ ތެެެރެއިން ބަޔަކު ގަތުލު ކޮއް ވެރިކަމަށް އަރަން.. އެމްޑިޕީ ލޮބުވެތި ރައްޔިތުން މީނާ ބޭރު ކޮއް ޕާޓީ އާއިގެން ކުރި އަށް ދާން އެބަޖެހޭ...
    މީގައުމަށް ހަރާމްކޯރު ވި ބޭކަޅެއް...

    • މަ

      ބޭކަޅެއް ނޫން ބައިކަޅެއް

  8. ާވަތުބަތާނަ

    އެ އުޅެނީ މޮޔަ ބޮލަށް އަރާއިގެން. އަންނި

  9. ޙަސން

    އެއީ އަދި ޅަކުއްޖެއް. އަގައިން ސޮނިފޭބުންވެސް އަދި ނުހުއްޓޭ. އެހެންވީއިރު އެކޮށްކޮ ކިޔާފާނެ ކޮންމެ އެއްޗެއްވެސް.

  10. ހަބޭސް

    ތިކަން ދެން އެއްމެ ރަގަޅަށް ތަރިޖަމާ ކޮށްދެވޭނީ މަހުލޫފަށް އޭނާއަކީ މިގައުމުގައި ފިތުނަ ފަސާދަ އުފެއްދުމަށް ދޮގު ހަދާ ވިއްސާ ފެކުޓުރީއެއް ގެ މެނޭޖަރެއް