ޤާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ކޮށްފިއްޔާ އެމީހަކާ ޤާނޫނުތައް އަރާ ހަމަކުރާނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، މިހިނގާ ފެބުރުއަރީ މަހުގެ ސޯޅަ ވާ ހުކުރު ދުވަހު ނުނީ އެނޫންވެސް ދުވަހަކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް އެއްވެސް އަމަލެއް، އެއްވެސް ފަރާތެއް ކޮށްފިއްޔާ އެމީހަކާ ޤާނޫނުތައް އަރާ ހަމަކުރާނެ ކަމަށެވެ.

ޤާނޫނު ތަންފީޒު ކުރުމުގައި މި ސަރުކާރުން ވަކި މީހަކަށް ނުވަތަ އެ މީހެއްގެ ޝަރަފަކަށް، އިއްޒަތަކަށް، ޤަދަރަކަށް ނުބައްލަވާނެ ކަމަށާއި، މި ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް (ޚިދުމަތެއް ދިނަސް، ޤާނޫނު ތަންފީޒު ކުރިޔަސް) ކުރަމުން ގެންދާނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން އެންމެންގެ މައްޗަށް ހަމަހަމަކަންމަތީގައި ކަމަށްވެސް ޢަލީ އާރިފް ވިދާޅުވިއެވެ.

"މި ސަރުކާރުން ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބުނާ އުސޫލުން އެންމެންގެ މައްޗަށް ހަމަހަމަކަންމަތީގައި ކޮންމެ ކަމެއް (ޚިދުމަތެއް ދިނަސް، ޤާނޫނު ތަންފީޒު ކުރިޔަސް) ކުރަމުން ގެންދާނެ" ޢަލީ އާރިފް ވިދާޅުވިއެވެ.

ޖަރީމާއެއް ހިންގިޔަސް ލާނެ ޖަލެއް ނުހުންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ބުނުމަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ޖަރީމާއެއް ހިންގައިފިނަމަ ލާނެ ޖަލުތައްވެސް ހުންނާނެ ކަމަށާއި، އޭނާ ވެސް ޤާނޫނާ ހިލާފު ވެއްޖިއްޔާ މި ސަރުކާރުން ދިވެހި ރައްޔިތުންނާއި ދޭތެރޭގައި ހަމަހަމަކަންމަތީގައި ޤާނޫނު ތަންފީޒު ކުރަމުން ގެންދާނެ ކަމަށެވެ.

ބޮޑެތި އެއްވުންތަކުގެ ނަމުގައި ހަރަކާތްތައް ރާވާ، އާންމުންނަށް ލަނޑުދީފައި އެމީހުން ތިބެނީ ރާއްޖޭން ބޭރުގެ ކަރަކަރައިގައި ފިލައިގެން ކަމަށާއި، ޤާނޫނާ ހިލާފުވެގެން ގެންގޮސް ޖަލަށް ދާން މިޖެހެނީ އެފަދަ ހަރަކާތްތަކަށް ވަޑައިގަނަންވާ އާންމު ފަރާތްތައް ކަމަށްވާއިރު، އެހާލަތަށް ދާން ރަށްރަށުގައި ތިއްބެވި އާންމުން 16 ވަނަ ދުވަހުގެ ބޮޑު އެއްވުމަށް މާލެ ވަޑައިނުގެންނެވުމަށް ޢަލީ އާރިފް ގޮވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތައް ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް ހިނގާނެކަން ޔަޤީން ކުރެއްވުމަށާއި، ޤާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްފިއްޔާ އެމީހަކާ ޤާނޫނުތައް އަރާ ހަމަކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޢަލީ އާރިފް މިރޭވެސް ތަކުރާރު ކުރެއްވިއެވެ.

ޢަލީ އާރިފް މިހެން ވިދާޅުވެފައި މިވަނީ، ފެބުރުވަރީ މަހުގެ 16 ވާ ހުކުރު ދުވަހަކީ "ބޮޑު" ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން އެފަދަ އެއްވުމެއް ބާއްވަބް ނޫޅޭކަމަށްވެސް ބުނެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނުނނު

    ÷ޕިންކީ ކުދިން ކޮޅައް ވެސް ގާނުން ހިގާނެކަން ހަދާން ކުރާތި......

  2. އަބޫ

    ކީއްވެބާ ގާނޫނު އަސާސީ އެމް.އެމް.ޕީ.އާރުސީގެ ލާރިގަޑު ކާލި އެންމެންގެ މައްޗަށް ނުހިނގަނީ.

  3. އަބޫ

    ފެބްރުއަރީ 1 ވަނަދުވަހު ހުކުމް އިއްވިތަނާ ކިތައްމީހުންތޯ ފުރައިގެން ދިޔައީ.ދެން ވަލީއުލް އަމްރު ވަރުއަރުވައިގަތީމަ އަނބުރާ މާލެއައީ.

  4. ޔޮޔޮހުން

    އަލީއާރިފާއި އަބުދުއްރަހީމް ގެ މައްޗައްވެސް ހަމަ ތިބުނާ ޤާނޫން ހިނގާނެކަން ހަނދުމަނެތި ނުދާދި އެދުވަސް ދުރެއްނޫން ކައިރި.

  5. ކްލޯސްޑް

    ފެބް ސޯޅަ ގެނެސްގެން އެމެން މާލޭގައި ދަ ރާއްޖެތެރޭ ވަން ސެންސް މިސިންގް ބިންމަތީ ފައިވާން ދަމަމުން ހިނގާ އެނަރޖީ ޑްރިންކް ބޮއިގެން ކޮއްޅަށް ތިބެވޭ ރާއްޖެތެރޭ އާލާތުން ގޮވައިގެން ގެނެސް ދަ ގްރޭންޑް މާލޭގައި މުޒާހަރާ ޖައްސަން އެއުޅެނީ ގައުމަށް ގައްދާރުވެފައިވާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ އުނގުވިއްކައޭ މެން އެމެން ރިޗަރޑް ބްރެންސަނޭ އާއި ސިއެސްޓާ މެންނަށް އުނގު ވިއްކާ ސަކް ޖެއްސި ގޮތަށް މުޒާހަރާ ކުރާ ހުރިހާ ބެންޑޭ މެންނަށް ސަކް ޖައްސަ ދީގެން ނެވެ. އެއީ އެއް ގޮތަކަށް ވެސް އެކަން ވާންވާނެ ގޮތެއް ނޫން އެކަން ޖެހޭނީ ހުއްޓުވެން. އެނިމުނީ ޗެޕްޓަރ ކްލޯސްޑް..

  6. އައިނޯ

    ރަންރީނދޫ ޓްވިޓަރޭ މެން ބަތާހަރާމީ އުސޫލުން ޕްރޮޕެގެންޑާ ފަތުރައިގެން އެމެން ހީކުރީ ބްރިޖް މަތިން ރާޅު އަޅައޭ ބުނުމުން ބްރިޖް ނާޅާ މަމެން ހުއްޓާލާނެ ކަމަށްތޭ މީ ކެނެރީގެ ނަޝީދެއް ނޫނޭ ދުވަހަކު ވެސް އަމިއްލަ އަތުން ފައިން މަސައްކަތެއް ނުކޮށް ހުރެ މަކަރާއި ހީލަތުން ދޮގު ހަދައިގެން ރާއްޖޭގެ ވެރިކަމަށް އައިސް ގަރުދިޔަ ފެކްޓަރީ ރިހާކުރު ފެކްޓަރީ އަޅަން ބުނެ އެކަނޑުކޮހަށް އެކަން ނުުވުމުން ރަންރީނދޫ ޓްވިޓަރޭ މެން ހީކުރީ މަމެންނަށް ބްރިޖް ނޭޅޭނެ ކަމަށްތޭ. ނުވާނެ ތިޔާ ކަމެއް ތިޔާ ހެން. އެއޮތީ ބްރިޖް އަޅާ ނިންމާފައި. ތަމެން ޖެހޭނީ ދެން ކޮއްޅަށް ތިބެ ދެފައި ދަނޑި އަށް ރޭން އޭ މަމެން ބުނަން ނެތީމު ދޯ. އޯއް އައި ނޯ ޔޫ ހިއަރ މީ ނައު. ތަ ރޮށި ލޯވަޅޭ ކިޔާބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން އިނގޭ.

  7. ދަރުހޮވާ

    ކޯއްޗެއްތޭ މަމެން ޕިންކީންގެ ޓްވިޓަރ އެކައުންޓްސް ތައް ސަސްޕެންޑް ކުރީއޭ އަދި އެކަން ކުރީ ރަންރީނދޫ ޓްވިޓަރޭ މެން އަޑީގައި ތިބެގެން ލަންކާނޭ މެންނޭ. އޭއި މިތިބަ ލަންކާނޭ މެންނޭ ތަމެންގެ މައްޗަށް ވެސް ވަރަށް ލާރޖް ކޮށް ކުއްލި ނުރައްކަލުގެ ހާލަތު ޖައްސަން ޖެހިދާނެ ތަމެންގެ ފައިދަށުން ބިންޑަނޑު ދެމިގެންދާ ފީލިންގް ގެނެސްދޭނެ އުސޫލުން. އެއިރުން ދެން މާ ތާހިރެއް ނުވާނެއެއް ނޫންތޭ ދޯ. އަވަހަށް ސަސްޕެންޑް އަންލޮކް ކޮށްލާ ހަމަ މިހާރު އެނޫން ނަމަ ވަރަށް ގޯސް ވާނެ ކަން ތަމެންނަށް އިނގޭނެ އެއް ނޫންތޭ. ލައްބަ ލައްބަ ޕިންކީން ވިދާޅުވި ގޮތަށް ތިޔާ ކަން މަމެން ލަންކާނޭ މެން ކުރާ އަދި ބޯލަނބާ ކިޔަމަންވާ ހުށިކަމޭ ރަންރީނދޫ ޓްވިޓަރޭ މެން ދެން ދަގަ ވަލަށް ދަރުހޮވަން އިނގޭތޭ. ދަރުހޮވާދޯ.

  8. ހަނޑޫހޮވާ

    މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގެ ފުރަތަމަ 5 އަހަރުގައި މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅޭނީ ދެވަނަ ޓާރމް ގައި މާލެ އާއި ވިލިގިލި އާއި ދެމެދު ބްރިޖް އެޅޭނީ އަދި މާލެ އާއި ތިލަފުއްޓާއި ދެެމެދު ބްރިޖް އެޅޭނީ އަދި މާލެ އާއި ގުޅިފަޅާއި ދެމެދު ބްރިޖް އެޅޭނީ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ހިއްކާލެވޭނީ. މިކަން ކަމަކީ މީކުރަން މަމެން ރާވާފައި ހުރި ކަންކަން. ދެން ރަންރީނދޫ ޓްވިޓަރޭ ބިއުޓީ ކްއީނޭ މެން ވެސް ތަމެން ޗެކް މާރކް ޓަޓޫ މަމެންނަށް ދޭންވީއޭ އެއިރުން ހުންނާނީ ރަނގަޅަށޭ މާ ބޮޑަށް ނުފުއްޕާ މަމެން ބުނާ ގޮތަށް ތަމެން ހަދާ ނިންމާ ބަދިގެ އަށް ވަދެ ހަނޑޫ ހޮވަން ތަމެން ތިބީމާ ހުންނާނީ ރަނގަޅަށޭ މަމެން ބުނަން ނެތީމު ދޯ.

  9. ސަސިސު

    މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާ ނިންމާ ރާއްޖެ އަކީ އެއީ ސާރކް ސަރަހައްދުގައި އޮތް ވިޔަފާރީގެ ކެޕިޓަލް އަށް މާލެ ސަރަހައްދު މިބަދަލު ކޮށްލަނީ އެއީ ހަމަ އެކަނި މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެކަނި އެވެ. އެކަން ނުކުރެވޭނެ އެހެން އެއްވެސް ސަރުކާރަކަށް. އެމްޑީޕީ ވެރިކަމުގައި ކެނެރީގެ ނަޝީދު ކަނޑުކޮސް ކަމުން އިންޑިއާ މީހުން އަތުން ކަޓް ނަގައިގެން އޭނާ އެކަން ކުރަން އުޅެން ހަދައިގެން އޭނާ އަތަށް އޮތީ ބްރިޖް ގޮވާ ފެބް ހަތެއް އޭނާ އަށް ލައްވާލާފައޭ މަމެން ބުނަން ނެތީމު ދޯ. މަމެން ޕިންކީން ނާއި އިގްތިސާދީ ރޮގުން ރަންރީނދޫ ޓްވިޓަރޭ ތަމެން ވާދަ ކުރަން ބޭނުން ނަމަ އިންޖިނިއަރިންގް ދަސް ކުރަން އަންނަން އުޅެގަ. ކިޔާ މަމެން އަޑު ދަށުން ތަމެން އިންޖިނިއަރިންގް ގެ ބޭސިކް އިނގޭ. އައިޔު ބަބިތު ތަތިތު ސަސިސު ސަސިސު ސަސިސު ކިޔަމުން ދޭ އިނގޭ ހިތު ދަސް ވަން ދެން. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ގުޑް ގާރލް..

  10. ފާތުން

    ތިކުދިން ނަށް ވެސް

  11. ޢާދަންބެ

    ޙަ ހަ ގާނޫނޭ ގައުމެއްތަމީ ކޯޓެއްނެއް ރައީތުން މަޖިލީހެތްނެތް މިނިވަން މުއައްސަސާތަކެތްނެތް ދެންކޮން ގާނޫނެތް ކޮންތާކަށް ގާނޫނު ހިފައިގެންދަނީ ވާރެކޯޓައް

  12. Anonymous

    ވަރަށް ރަނގަޅުވާހަކައެް މިއަދު އަލީއާރިފް ތިއަ ވިދާޅުވީ، ޢަޅުގަނޑުމެންވެސް މި ދައކަނީ ހަމަ ތިއަ ވާހަކަ، ޤާނޫނަށްވުރެ މަތީގައކަކަށްވެސް ނުހރެވޭނެ، އަދި ޤާނޫނުގެ ކުރިމަތީގަ އެންމެންވެސް ވާނީ ހަމަހަމަ،ތަފާތަކީ ޤާނޫނުގެ ވަރުގަދަ ބިއަ ދިގު އަތުގެ ފިރުމާލުން އެކިމީހުންނާ ދިމާލަށް އަންނާނީ އެކި ވަގުތުގައިކަން.

  13. އަލްޖިބްރާ

    އެހެންވީމަ މިހާރު އެންމެ ފުރަތަމަ ހިފާހައްޔަރު ކުރަންވީ ޔާމީނު އެއްނު ؟ އޭނާއެހެރީ ޤާނޫނު ނަގާ އަންބޮޑިއަށް ޖަހައިގެނެއްނު ؟ ތިޔަ އަލީ އާރިފަކަށް އެކަމެއް ހަޖަމެއް ނުކުރެވުނެއްނު ؟ތިޔަތިބީ މިޤައުމުގައި ފާޅުގައި ބަޣާވާތް ކުރާ މީހުން ! އަދި ކަލެއާއި އަރާ ހަމަކުރާ ވަގުތުވެސް އެބައާދޭ !