މިއަދަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތްއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީ މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅުވާދިނުމުގެ ފަހަތުގައިވާ އެއްމެ އިސް ބައިވެރިޔާ ކަމުގައިވާ، ދިވެހި ރާއްޖޭގެ ގުޅުން – ދިރާގުގެ 31 ވަނަ އަހަރީ ދުވަހެވެ.
ކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މި ދުވަސް ފާހަގަކޮށްފައިއެވެ.

މިއަހަރުގެއަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިއެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައިވާ ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، #31WithDhiraagu މި ހޭޝްޓެގް ބޭނުން ކުރެއްވުމަށްފަހު ދިރާގުގެ ސަބަބުން ދިރިއުޅުމަށް ގެނައި އުފާވެރިކަމާ ހެޔޮބަދަލުތައް ކޮންމެންޓް ކޮށްލައްވައިގެން އެލް.ޖީ 65 އިންޗިގެ 4ކޭ ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑް ބަރ އެއް ނަސީބުވެރި އެއް ފަރާތަށް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައިވެއެވެ.

ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން ދިރާގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ، "ދިރާގަށް މިއަދު 31 އަހަރު ފުރޭ އިރު، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ދިރާގުގެ ބޮޑު ހިއްސާއެއް ވާކަމީ އަޅުގަނޑާއި ދިރާގުގެ ހުރިހާ މުވައްޒަފުންވެސް އެކަމަކަށް ނުހަނު އުފާވާ އަދި ފަޚުރުވެރިވާ ކަމެއް. ދިރާގުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިރާގުގެ ހީވާގި މުވައްޒަފުންނާއި ލޮބުވެތި ކަސްޓަމަރުން. ކަސްޓަމަރުން ދިރާގަށް ކެނޑިނޭޅި ދެމުންދާ އިތުބާރު އަޅުގަނޑުމެން ވަރަށް ހެޔޮ ހިތުން ބަލައިގަނެ ފަށްފަށުން ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ އިތުބާރު ހިފަހައްޓާ، ކަސްޓަމަރުންނަށް އަޅާލައި، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮތުން" ކަމަށެވެ.

ދިވެހި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ޤައުމެކެވެ. ވުމާއެކު، މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުވާސަލާތީ އިންފްރާސްޓްރަކްޗަ ގާއިމު ކުރުމުގައި، އެހެން ޤައުމުތަކާއި ޚިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ޤައުމެކެވެ. މި ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ. އަދި 2012 ވަނަ އަހަރު ދިރާގުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް ވިއުގަ އަކުން މުޅި ރާއްޖެ ގުޅައިދީފައިއެވެ.

ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. އެގޮތުން ދިރާގުން ވަނީ މި އަހަރު އެޕްރީލް މަހު ހައިސްޕީޑް ފައިބަރ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75% އަށް ފޯރުކޮށްދީފައިއެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ދަނީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

މުއާސަލާތީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދިއެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަށް ފަރުމާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ހަމަ އެ ކުންފުނިންނެވެ. 5ޖީ ޚިދުމަތް މިހާރު ލިބެމުން ދަނީ ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައިއެވެ. އެހެން ކަމުން، މިފަދަ ޒަމާނީ ޚިދުމަތެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުން ވެގެން ދިޔައީ ދިވެހި ރާއްޖެއަށްވެސް ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ދިރާގުގެ ޚިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިކަން ޔަގީނެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.