ރ. އުނގޫފާރު ކައުންސިލުން ބުޅާތައް މަރަން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް "ވަގުތު"އަށް ވިދާޅުވީ، ބުޅާތައް މަރަން ކައުންސިލުން ނިންމި ނިންމުން މިރޭ ބާތިލްކޮށްފައިވާކަމަށެވެ.
މީގެ އިތުރަށް މިއަދު ގެޒެޓްގައި ޝާއިރު ކުރި އިއުލާނުވެސް ވަނީ ބާތިލްކޮށްފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ބުޅަލާއި، ގުޅިގެން ނިންމި ނިންމުމާއި، އިއުލާނު ބާތިލް ކުރީ ކައުންސިލްގެ ގަރާރަކުން ކަމަށެވެ.
އުނގޫފާރުގައި ބުޅާ ގިނަވެ އާއްމު އުނދަގުލަކަށް ވުމުން ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މަރާލައިގެން ގެންނަ ކޮންމެ ބުޅަލަކަށް 100 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެއިލާން ސަރުކާރުގެ ގެޒެޓްގައި އާއްމު ކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އުނގޫފާރު ކައުންސިލަށް އަމާޒުވިއެވެ.
އަދި ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ރާއްޖޭގެ ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ވެސް ކުށެކެވެ. ޖަނަވާރަކަށް އަނިޔާކުރާ މީހުން ތިން މަސް ދުވަހަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
އެހެންކަމުން އުނގޫފާރުގައި ބުޅާތައް މެރިނަމަ، އަދި އެބުޅާތަކަށް ކައުންސިލުން ފައިސާ ދިންނަމަ ބުޅާ މެރި މީހުންނާއި ކައުންސިލަރުންނަށް ވެސް ޖަލު ޙުކުމެއް އައުމުގެ ފުރުސަތު އޮތެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބުޅާ ގިނަ ކަމުން ބައެއް ދަތިތައް ދިމާވި ނަމަވެސް އަދި މިހާތަނަށް އެއްވެސް ރަށެއްގައި އުނގޫފާރު ކައުންސިލުން ކުރަން އުޅުނު ބާވަތުގެ ކަމެއް ކުރަން އުޅުނުކަން އެނގިފައެއް ނުވެއެވެ.
އަލްހަމްދުލިއްލާހި
ތީކުރަން ހެޔޮވާވަރުގެ ކަމެއްވެސްނޫން ރަސޫލާ އަވަހާރަފުޅުލަށްޕަވާފަ ހޭފުޅުލެއްވިއިރު ބޮޅާ ނިދާފައޮތީ އެކަލޭގެފާނުގެ ގަމީސްކޮޅުމަތީގައި އެވަގުތު އެކަލޭގެފާނު ކަންތަށް ކުރެއްވީ ހެދުމުގައި ބުޅާ އޮތްހިސާބު ކަފާލައްވާފަ ބުޅާހޭނުލެވޭގޮތައް މަޑުމަޑުން ތެދުވެ ފަތިސްނަމާދާއް ދުރުވީ
ކަލޭމެން ތިއުޅެނީ ކޮއްފަ ނުކުރާނެކަމެއް ނޭގިގެންތަ؟ ހު ރިހާ ރަށް ރަށުގަ ތިބި މީދާތައް މަ ރަން ނިކުންނަން ވީނުން، އޭ ރުން މުސާ ރަވެސް ހަލާލުވާނީ.
މިޒަމާނުގެ ބުޅާތަކުގެ ބައެއް މާތްކަން
1. މީދާ ހިފައި ކެއުން ހުއްޓާލާ އިންސާނުންގެ ކާނަ ކެއުން
2. ކުރަފި ހޯނު ބޮނޑުފަދަ ތަކެތި ހިފައި މަޖާކޮށްފައި ދޫކޮށްލުން
3. ސީ ވަޅުލުމުގެ ބަދަލުގައި ހާމަ ހަރުތަންތަނަށް އައިސް ސީލުން
4. ފެންނަގާ ފުޜާޅުތަކުގެމައްޗަށް އަރާ ބޮޑުކަމު ދިޔުމާއި ކުޑަކަމުދިޔުން އާދައަކަށް ހެދުން
5، ގޭގެޔަށް ވަދެ އަރާމު ތަންތަނުގައި އޮވެ ވިހެއުން
6. ރޭގަނޑެކޭ ދުވާލެކޭ ތަފަތެއްނެތި ކޯޅުން
7. ގޭގައި ލޯބިން ގެންގުޅޭ ބުޅާވެސް ބޮޑުކަމުދާންޖެހުނީމާ ފުރާޅުމައްޗަށް އަރާ ބޮޑުކަމުދިޔުން
ވީމާ މިހާ މާތް އެއްޗަކަށް ގޯނާކޮށްގެންނުވާނެއެވެ.