ގއ ދެއްވަދޫގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފިއެވެ.
މިއީ މި ހަފްތާ ތެރޭގައި ހިނގާދިޔަ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުގައި މި މާރާމާރީ ހިންގަން މެދުވެރިވި ސީދާ ސަބަބު ނޭގޭއިރު، އެ މާރާމާރީގެ ވީޑިއޯ މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި، އަންހެނަކު އައިސް ޖޯލި ފަތީގައި އިން މީހެއްގެ ގައިގާ ޖަހާ މަންޒަރު ފެނެއެވެ. އަދި މަގުުމަތީގައި ދެ މީހުން ދެ މީހުންނަށް ތަޅައިގަންނަ މަންޒަރުވެސް ފެނެއެވެ.
އެ ވީޑިއޯގައި ހަޑިހުތުރު ބަހުން ވާހަކަދައްކާއިރު، އެ ވީޑިއޯގައި އިތުރު އަންހެނަކުވެސް އެ މާރާމާރީގައި ބައިވެރިވާ މަންޒަރު ފެނެއެވެ. އަދި އެކަކު އަނެކަކަށް ޒުވާބު ކުރާ މަންޒަރުވެސް ފެނެއެވެ.
މިއީ ފޮޓޯތަކަކާއި، ވިޑިއޯތަކެއްގެ މައްސަލާގައި ހިނގި މާރާމާރީއެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި ދައުރުވަމުން އަންނަ ވީޑިއޯގައިވެސް ފޮޓޯތަކެއްގެ ވާހަކަދައްކައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ކޮބާތަ ވީޑިޔޯ
ޕްލޭ ބަޓަން އަށް ފިއްތާ ފިއްތާވެސް ޕްލޭއެއް ނުވި.
މަވެސް ފިއްތާލައިފިން ވަރަކަށް
??????
ކަލޭންނޭ.. ވީޑިއޯ އެއްނުން އެއީ ސްކްރީންށޮޓެއް. އެ ކިހިނެއް ޕްލޭވާނި
ސްކްރީން ޝޮޓެކޭ ލިޔެފައި އޮތެއްނު
އެތާ އޭނީ ނޫންތަ މިއީ އެ ވީޑިއޯ ގެ ސްކްރީން ޝޮޓެއް ކަމަށް ލިޔެފައި