ޓޫރިޒަމް ދުވަހުގެ މުނާސަބާތުގައި ކޮންފަރެންސް އެއް ބާއްވާއިފިއެވެ. މި ކޮންފަރެންސް އަކީ 2019 ވަނަ އަހަރުގެ ޓޫރިޒަމް ދުވަހާއި ގުޅިގެން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވުނު ކޮންފަރެންސެކެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ގިނަ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޮޑުން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019
މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019

މި ކޮންފަރެންސް އަކީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުން ހަރަދުކޮށްގެން ބާއްވާފާއިވާ ހަރަކާތެކެވެ.ދުނިޔެގެ ފަތުރުވެރިކަން ފާހަގަ ކުރަން މި ފަހަރު ރާއްޖޭގައި ގިނަ ހަރަކާތްތަކެެއް ބާއްވާފައި ވާއިރު މި ކޮންފަރެންސަކީ ފަތުރުވެރިކަމުގެ މުނާސަބާގައި މިއަހަރު ބޭއްވުނު އެންމެ ފަހު ހަރަކާތެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019ގެ މަގުސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މި ސިނާއަތް އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އިސް ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުގައި ތިބެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019
މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019

ކޮންފަރެންސްގައި މައިގަނޑު 4 ބައެއް ކުރިޔަށް ދިޔައިރު ކޮންމެ ޝެޝަނެއްގައިވެސް އެކި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. އަދި ފަތުރު ވެރިކަމުގެ ސިނާޔަތުގައި ހުރި ގޮންޖެހުންތަކާއި، އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި ކުރިޔަށް އޮތްތަނުގައި މި ދާއިރާ އިތުރަށް ފުޅާކޮށް، ތަރައްގީ ކުރެވޭނޭ ގޮތްތަކުގެ ވާހަކަ ހިއްސާކޮށްފައިވެއެވެ.

އެގޮތުން ބޭއްވުު ސެޝަންތަކުގެ ތެރޭގައި ޓެރަރިޒަމް އެންޑް ސެކިއުރިޓީ އިން ގްލޯބަލް ޓޫރިޒަމް ކްލޯޒްޑް ޑޯ ސެޝަންއެއް ވަނީ ބާއްވާފައެވެ. މި ސެޝަންގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އިނގެރޭސިވިލާތުން ވަޑައިގެން ތިއްބެވި ތަޖުރިބާކާރެއް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޕެންލްގައި ވާހަކަ ދައްކަވަމުން ދުނިޔޭގައި ފެންމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެ އެޅޭނޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހިއްސާކޮށްފައެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019
މިއަދު ކްރޮސް ރޯޑުގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެއަށް ފަހު ދެން ކުރިއަށްދިޔައީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ބޭއްވި "އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެންޑް ސަސްޓެއިނަބިލިޓީ" ސެޝަނާއި ސޯޝަލް އިންކްލޫސިވްނެސް، އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ފަގީރުކަން ކުޑަކުރުމާ ގުޅޭ ސެޝަނެއްގެ އިތުރުން ދިވެހި ފަންނާނުންނަށް ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތައް ފުޅާ ކުރުމާއި ބެހޭގޮތުން "އާޓިސްޓްސް ސެޝަން" އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަހީ

    ޢޭ އަލިބެ އެއީ ސަރުކާރު ޙަރަދުގަތޯ ނޫނީ އާއްމު ރައްޔިތުންގެ ތަންތަން ތޯ ކޮން 19 އެކޭ ބާސާކަނޑަން ވ ފައްކާ ވާނެ ހީހީ ހަލާކު...