އިސްލާމް ދީނަށް ފުރައްސާރަ ކުރި ގދ. ތިނަދޫ މީހާގެ ނަފްސާނީ ޓެސްޓުތަކެއް ހަދަން މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ނަފްސާނީ އެސެސްމެންޓްތަކެއް ހެދުމަށާއި، އަދި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިންގ ސެޝަންތަކެއް ދިނުމަށް އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގައި ކަމަށެވެެ.
އިސްލާމް ދީނާއި ދެކޮޅަށް އެރަށުން ނުކުތް މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ.
ޢިސްލާމް ދީނަށް ހަޖޫ ޖަހާ ކޮންމެ މީހަކީ ނަފްސާނީ ބަލިމީހަކަށް ހެދޭތޯ ވަރަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ....
ހަމައެކަނި ފާހަގަ ދޯ ވަނީ.
މިކަމުން އެނގެނީ އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ ކޮންމެސް ނަފްސާނީ ބައްޔެއް ހުންނަ މީހެއްކަން.. ނަފްސާނީ ބަލިކަމެއް ނެތް ކޮންމެ މީހެއް އިސްލާމްދީން ޤަބޫލުކުރާނެކަން..
ނާޒިމް ސައްތާރާ އާނިޔާ ވެސް ތި ޓެސްޓް ހަދަން ފެނޭ
މުދައްރިސް ތިބުނަނީ ހުރިހާ ކާފަރުންނަކީ ނަފްސާނީ މީހުނޭތަ؟
އިސްލާމްދީނަށްފުރައްސާރަ ކުރާމީހުން މާލެއިން ހައްޔަރު ކުރަން ފަށާނެބާ؟
މިސަރުކާރުގެ. ހުރިހާ މިނިސްޓަރުންނާ ރަށްޔިތުން މަޖިލީހު މެންބަރުންވެސް ނަފްސާނީ ޓެސްޓް ތަކެއް ހަދަންޖެހެ
މިސަރުކާރުން ތިކަން ކޮށްފިއްޔާ ޔަގީނުންވެސް އޭނަވާނީ ނަފްސާނީ މީހަކަށް