މާލޭގެ ޕާކިން ޒޯނެއްގައި ހުރި ބައިސްކަލެއް ރޫޅަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ހީނާމާގެ ޕާކިން ޒޯންގައި ހުރި ބައިސްކަލެއް ރޫޅާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު 12:16 ހާއިރު ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި ރޫޅާލަން އުޅުނު ބައިސްކަލުގެ ފޮޓޯއެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެއީ ކަޅު ކުލައިގެ ބައިސްކަލެކެވެ.

ކިޔުންތެރިންގެ ހިޔާލު