އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރާ މީހުނާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ 3 ބާރަށް ޝޭޚް އަލީ ޒާހިރު އިލްތިމާސްކުރައްވައިފި.

ޝޭޚް ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށާއި މާތް ނަބިއްޔާ (ސ.އ.ވ) އަށް ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ކުށެއް، ޖަރީމާއެއް އަނިޔާއެއް އަދި ހައްދުފަހަނަ އަޅައިދިއުމެއް ކަމަށެވެ. އެހހެން ކަމުން އެފަދަ ކަންކަން ކުރާ މީހުނާ މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ 3 ބާރަށް ގޮވާލާ ކަމަށް ޝޭޚް ޒާހިރު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޝޭޚް ޒާހިރު މިމޭރުމުން ވިދާޅުވެފައި މިވަނީ ދިރާސާ ރިޕޯޓުގެ ނަމުގައި މޯލްޑިވެސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ)އަށް ވަރަށްބޮޑަށް ފާޑުކިއުން އަމާޒުކޮށްފައިވާ ދަނޑވަޅެއްގައެވެ.އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ. މިކަމާ ގުޅިގެން އެތައް ދިވެހި ރައްޔިތުންނެއް އަދި ދީނީ އިލްމުވެރިންނެއް އަންނަނީ އެމްޑީއެން އަށް ފާޑުކިޔައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

އެމްޑީއެން އުވާލުމަށް ގޮވާލަމުންދާ ފަރާތްތަކުން ދަނީ ބޭން އެމްޑީއެންގެ ނަމުގައި ހޭޝްޓެގެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އެ ޖަމިއްޔާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލިބެ

  ޝެއިހް އަލީ ޒާހިރު ވިދާޅުވެދެބައްލަވާ މި ދެ ކަމުގެ ހުކުމް
  އެޕޮސްޓަަސީ (ދީނުން ބޭރުވުން)
  ބުލެސްފެމީ ( ދީނަށް ފާޑުކިޔާ ، ފުުރައްސާރަ ކުރުން )
  އަޅުގަންޑަށް ޝެއިހަކު ބުނެދެއްވީ ބުލަސްފމީގެ ހުކުމް މާ ސީރިޔަސް ވާނެކަމަށް .
  ދިވެހި ރައްޔިތުންނަށް ބުނެދެބައްލަވާ

  18
 2. ކެޔޮޅު

  ސާބަސް ސޭހު އަލީޒާހި ރު ހައްޤުބަސް ބުނަންޖެހޭ.

  23
  1
 3. ޓްރޭސް

  ޝައިޚު ދަންނަވަންތޯ . މިހާރު 3 ބާރު އޮތީ އެއްބާރަށް ބަދަލުކޮށްފަ. އެއީ ކެނެރީގޭ ބާރު. މިޤައުމުގެ ހަލާކު.

  48