ޕީޕީއެމް އާއި ދިވެހި ސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ، ޑިމޮކްރަސީގެ ނަމުގައި ދިވެހިރާއްޖޭގައި ހާޖާނުހަދާ މީހުނަށް "ހަޖަމް ނުކުރެވިގެން" ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، ޕީޕީއެމް އާއި ދިވެހި ސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހަގީގީ މަޝްރަހް ބޭރުދުނިޔެއަށް މި ޓްވިޓަރ އެކައުންޓްތައް ބޭނުންކޮށްގެން ހާމަކޮށްދެއްވާތީ، ޑިމޮކްރަސީގެ ނަމުގައި ދިވެހިރާއްޖޭގައި ހާޖާނުހަދާ މީހުނަށް "ހަޖަމް ނުކުރެވިގެން" ކަމަށެވެ.

"ހަޤީގަތުގައި މިކަން މިކުރަނީ ދިވެހިރާއްޖޭގެ އަމާން އަމާންކަމާއި، ދިވެހިރާއްޖެއަށް ކޮންމެ މީހަކަށްވެސް އައިސް ގޮސްވެ، ހިތްހަމަ ޖެހިލައިގެން އުޅެވޭކަން މި ޓްވިޓާ އެކައުންޓްތަކުން ޕްރޮމޯޓް ކުރާތީވެ" އޭނާ ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ މިއީ އަވަށްޓެރި ސްރީލަންކާގައި ހުންނަ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ޕީޕީއެމްއަށް އާއި ސަރުކާރަށް ސަޕޯޓްކުރާ ފަރާތްތަކުގެ ޓްވިޓާ އެކައުންޓްތަކަށް ދިން ހަމަލާއެކެވެ.

ސަސްޕެންޑް ކޮށްފައިވައިވާ ޓްވިޓަރ އެކައުންޓްތަކުގެ ތެރޭގައި، ޕީޕީއެމްގެ "އަސުރުމާ" އާއި "އަމާޒޭ ޔަޤީން" އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ރަސްމީ ޓުވިޓާ އެކައުންޓު ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިއެފް

    ޙަޤީޤަތާއި ޚިލާފުވާހަކަ ދައްކަންޏާ ސަސްޕެންޑުކުރާނެ. ޑީފެކްޝަނުން މަސައްކަތްކުރަނީ މުޅި މަސްރަހު އޮޅުވާލަން. ދެން އަތްޖަހާ. ބޭރު ދުނިޔެއަށް އޮޅުވައެއް ނުލެވޭނެ.

  2. ލޮލް

    ރާކަނިމަސް ކެވިއްޖެ

  3. އަގުހަ

    އެހެންވީމަ ދެން ޓްވީޓަރ ހިނގާކުފުންޔާ ދެކޮޅަށް ސަރުކާރުވައްޓާލަން އުޅޭކަމުގެ ދައުވާކުރަންވީނުދޯ

  4. ެރުޒާނާ ޗޮއްޕަޓު

    ތިކަހަލަ ޗެނަ؛ތައް ކޮންޓްރޯލް ކުރަނީ އެއުޅޭ ގުއި ނުދޮންނަ މީހުންނެއްނު. ވީއިރު އަހަރުމެން ކަހިރުވަކެކޭ ހިތަށް އަރާނެެތަ ތި ކަންކަމުން. ހުނ ހީކުރާގޮތް އޮތަ؟ ބަލަ އަހަރުމެންނަކީ އެހެން ދީން ހޯދަން އުޅޭ ބައެއް ނޫން. އަހަރުމެން އޮތީ އެންމެ މާތް ދީން ހޯދާފަ. ވީމާ ޑަރުވެސް ހީނުވާނެ.

  5. ނަސީދު

    ހަޖަމެއް ނުވާނެ