ތިން އަތޮޅެއްގައި ހަދާ ތިން ކޯޒުވޭއެއްގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި މި ކޮންޓްރެކްޓް ހަވާލު ކުރެވުނު ފަރާތް ކަމުގައިވާ އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އިންޖިނިއަރ އަލްފާޟިލް ސާނީޒްއެވެ.

3 ރަށެއްގައި ކޯޒްވޭ އެޅުމައް ކޮންޓްރެކްޓް ސޮއި ކުރުމުގެ ރަސްމީޔާތު ވަގުތު އިމޭޖަސް:- މުހައްމަދު އަފްޒަލް

މި ކުންފުންޏާއި ހަވާލު ކުރެވުނު މަސައްކަތްތަކަކީ ތ.ވޭމަންޑޫއާއި ކިނބިދޫގެ ކޯޒްވޭ އެޅުމަށް އީއައިއޭ ހެދުމުގެ މަސައްކަތާއި، ގދ. ފަރަސްމާތޮޑާއާއި ފަރަސްމާތޮޑާ އެއަރޕޯޓްގެ އިތުރުން ގދ. މަޑަވެލި އާއި ހޯޑެއްދޫގެ ކޯޒްވޭ ހެދުމަށް އީއައިއޭ ހެދުމާއި، ޑިޒައިން ކުރުމުގެ މަސައްކަތާއި މ. މުލިއާއި ނާލާފުށީގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެމަސައްކަތެވެ.

ތ.ވޭމަންޑޫއާއި ކިނބިދޫގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތަށް ޖުމްލަ 185،000.60 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ،މި މަސައްކަތް ހަވާލުކުރެވިފައި ވަނީ 33 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ގދ. ފަރަސްމާތޮޑާއާއި ފަރަސްމާތޮޑާ އެއަރޕޯޓް އަދި ގދ. މަޑަވެލި އާއި ހޯޑެއްދޫގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައި ވަނީ 174،661.50 ރުފިޔާއަށް 80 ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ.

އަދި މ. މުލިއާއި ނާލާފުށީގެ ކޯޒްވޭގެ ޑިޒައިނާއި އީއައިއޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 210،000.33 ރުފިޔާއަށް 39 ދުވަސް ތެރޭގައި ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަބީލް

    އަސްލަންޓޭގެ އިޕޮކައް މިހާރަކައް އައިސް ވަރައްގިނަ ޕުރޮޖެކްޓު ލިބޭކަމައް ފާހަނގަވޭ..

  2. ޖާބިރު

    އަންނަނީ އަންނަނީ! ލޯކަލް ކައުންސިލް އިންތިޚާބު އަންނަނީ! ހާވައިގެންފައި އިންތިޚާބަށް ފަހު ހުއްޓާލަނީ! ރައްޔިތުމީހާ ވިސްނާ ތިބެނީ! ރުފިޔާ ނެތީ!

    21
    1
  3. ޣީހުޓާވރ

    ކޮބާ ލ. އަތޮޅުގެ ދެ ސަރަޙައްދެއްގައި ހަދާދޭން ބަޖެޓްކޮށް އިޢްލާން ކުރި 2 ކޯޒްވޭ ކޮންމެ ސަރުކާރަކުންވެސް ލ. އަތޮޅުގެ ކަންކަމާ އިހުމާލުވެ ނާޖާއިޒު ފައިދާ ނެގާލެއް ވަރަށް ބޮޑު

    14
    3
  4. ބުރޯ

    ހުސް ހުވަފެން. ކައުންސިލް އިންތިހަބަށް ރައްޔިތުންހޭލުންތެރިވޭ.

    4
    1
  5. އަހްމަދު

    ކައުންސިލް އިންތިހާބުގެ ކެމްޕޭންފެއްޓުނީއޮތަ؟