މިދިޔަ ހޮނިހިރު ދުވަހު މަސްތުވާތަކެއްޗާއެކު އެތުލާގަތް ބޯޓުންނާއި ދޯނިން ތިން ގޯނީގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ.

ފުލުހުން ވިވާޅުވީ، މިހާތަނަށް ބެލިބެލުމުން ތިން ގޯނީގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެ ތިން ގޯނީގައި 70 ޕެކެޓު މަސްތުވާތަކެތި (އަންދާޒާ ކުރެވޭ ބަރުދަނުގައި 70 ކިލޯގްރާމް) ހުރި ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އަތުލާގަތް ކަނޑު އުޅަނދުގައި 150 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ.

ފުލުހުން ވިދާޅުވީ، އެ ދެ އުޅަނދު ވެސް ބަލާފަސްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ދެ މުވައްސަސާ ގުޅިގެން ހިންގި އެ އޮޕަރޭޝަންއަކީ އިންޑިއާ އަސްކަރިއްޔާ އިން ދިން މައުލޫމާތުތަކަކަށް ބިނާކޮށް ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެކެވެ.

އެބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި ދޯންޏެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެެވެ. ފުލުހުން ވިދާޅުވީ، ހައްޔަރު ކުރެވުނު މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ކަނޑުބޯޓަކުން ހޮނިހިރު ދުވަހުގެ ރޭ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހީދު

    މީހުންގެ ނަން ހާމަ ނުކުރިޔަސް ދޯނީގެ ނަން ހާމަ ކޮށްލާނަމަ.

  2. ކޮރަލް

    އެކަށީގެން ވާ އަދަބު ނުދެވެއެވެ .