ހޮނިހިރު ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު 13 އަށް އަރާފައިވާ ކަމަށެވެ. މިމައްސަލައިގައި މުޅިން ވެސް ހައްޔަރު ކޮށްފައި ވަނީ ފިރިހެނުންނެވެ.
ތިން މީހަކު ހައްޔަރު ކޮށްފައި ވަނީ ރޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ކަނޑުބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އިންޑިއާގެ ސަލާމަތީބާރުތަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ދިވެހި ފުލުހުންނާއި ސިފައިން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 150 ކިލޯ އަށް އަރައެވެ.
ކަނޑުބޯޓުގެ އިތުރުން އެބޯޓުން މަސްތުވާތަކެތި ނެގުމަށް ދަތުކުރި ރާއްޖޭގެ ދޯންޏެއް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. ބޯޓުގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.
ފުލުހުން ވިދާޅުވީ ބޯޓުގައި ތިބި ހަ މީހުންނާއި ދޯނިން ހައްޔަރު ކުރި ދެ ދިވެހިންނާއި ފަހުން ހައްޔަރު ކުރި ތިން މީހުންނަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ބަންގްލަދޭޝްގެ ދެ މީހުންނަށް، 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތިން ގޯންޏަކަށް އަޅާފައި ހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯއަށް އަރަ އެވެ. އަދި އެ ތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕޮލިސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.
ދެން އަވަހަށް އެމީހުން ދޫކުރާތަން ފެންނާނީ،
އައިސިސް ތަ ؟؟؟
ފުޓޯ ަ ،ވަރަށްރީއްޗެވެ، އެކަމަކު،ދެންއިވޭނީ،ކޯޓުން،ދޫކޮއްލައިފި،ބުނާއަޑެވެ،
ފުލުހުންގެ،އިހުމާލުން،ސަލާމަތްވެއްޖެ،މިހެން،ބުނާއަޑެވެ.މިއީމިޤައުމުގެ،ހާލަތު.
ބޯހަލާކް މިޔޮއްގައުމެއްވާދޯ ސަހަރޯ މަފްކުރާށޭ ކުށަކައް މިކަން މިވަންޏާ
ވިއްކާލާ އޭރުން ބަޖެޓް ޑެފިސިޓް ކުޑަވާނެ. ތީބަޖެޓް ސަޕޯޓެއް.
ތިޔަ ޑްރަގުތައް ގެނައީ އައްޑު ހިތަދުއަސްބަތްވާ އަދި އެމްޑީޕީ އާއި ހެދި މަރުދޭ ސޮރެކެވެ. އެއާޕޯޓުން އެސޮރު އުފުރާލާގެން ގެންދިޔަ އިރު އަހަރެން މަންމަ ބާލާ އެއާޕޯޓަށް ގޮސްފައި ހުރީމެވެ...ގެންދިޔައަސް ހަމ ަވާނެ އެއްކަމެއްވެސް ނޮއޮންނާނެވެ. ވެއްދި ދޮރުން ނިކުމގެން ދާނެވެ.
ބޯޓުގައި އިނީ އީރާނު ދިދައެއް ފުރަތަމަ ޖެހިގެން އައިދުވަހު ކުއްލިއަކަށް ޕާކިސްތާނު ދިދައަކަށް ބަދަލް ވިކަމަށް ނަންހާމަކުރަން ބޭނުންނުވާ އެމްއެންޑީއެފް މީހަކު ބުނި.