ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ބަލަމުން އަންނަ ކަމަށާއި އެމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 62 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ކުރެވޭ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާ މައްސަލަ ފާހަގަ ކުރެވޭތީ އަނިޔާ ލިބޭ ކުދިންގެ އާއިލާތަކުން ގެންދަނީ ތަކުރާރުކޮށް އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތީ ހަމަ އެވިދާޅުވާ ސޯލިހ ބަލަންތިބޭކަންކަން މާދަމާ ތިމީހާދޫކޮށްލާނެ ދެންކީއްކުރަންތަ ހިފަހައްޓަނީ ސަދޫމަށް މިޤައުމުވެގެންދާއިރުވެސް ވެރިންބަލަން
އޭރުންނޯ ހޯހޯ؟ އޭރުން ކަލޭ ހުންނަން ޖެހޭނީ މުޅި އުމުރު ހުރަގޭގައެއްނު؟