ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބަނގުލަދޭޝްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގު ކުރަމުންދާ މައްސަލާގައި ހޯދަމުންދަނީ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 41 އަހަރުގެ އޮނަވަރު ހޮސެން ކަމަށެވެ.

އޮނަވަރު ހޮސެން ހޯދަމުން އަންނަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވަނީ އޮނަވަރު ހޮސެން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝްންގެ ނަންބަރ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ވަނީ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު