މިހާރު އައްޑޫ އަށް ކުރަމުންދާ ވިއްސާރާގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ލަސްވެދާނެ ކަމަށް މޯލްޑިވެސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވިޓެއްގައި ފުލުހުން ވަނީ އައްޑޫ އަށް ކުރަމުންދާ ވިއްސާރާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅަން ނަންބަރުތަކެއްވެސް އާއްމު ކޮށްފައެވެ. އަދި ފުލުހުން ވިދާޅުވީ، އެހީ އަށް އެދޭ ފަރާތްތަކުން ގިނަވުމުން އެހީ ފޯރުކޮށްދިނުން ލަސްވެދާނެ ކަމުގައެވެ.

އެގޮތުން ހިތަދޫ ރައްޔިތުން ހިތަދޫ ޕޮލިސްގެ ނަންބަރ 9791612 ނުވަތަ 6888825، ހުޅުމީދޫ ގައި ނަމަ 9791366 އަދި އައްޑޫ ސިޓި ގަމުގައި ނަމަ 6898026 އަށް ގުޅުއްވުމަށް އެދިލައްވާފައިވެއެވެ.

ރެއިން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި އެކި ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެ މިހާތަނަށް 50 ގެއަކަށް ފެންވަދެފައިވެއެވެ.