ކުރީގެ ސަރުކާރުގައި ރައީސް ނަޝީދަށް އަމާޒުކޮށް ބޭރުގެ ގައުމުތަކުން ހިމާޔަތް ހޯދައިގެން ތިބޭ ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް މީގެ ކުރިން ގާނޫނަށް ގެނެސްފައިވާ ބަދަލު އުވާލުމަށް ހުށަހެޅި އިސްލާހު ރައްޔިތުނެގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައި ވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ.

މި އިސްލާހު ފާސްކުރުމާ ދެކޮޅަށް މަޖިޅިހުން އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. މި އިސްލާހު ފާސްކުރުމަށް ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފާސްވުމަށް ޖުމްލަ ބޭނުންވާ އަދަދަކީ 32 ވޯޓެވެ. މި އިސްލާހު ފާސްކުރުމަށް 63 ވޯޓު ވަނީ ލިބިފައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދޭ މެންބަރެއްވެސް އޭގެ ތެރެޔަކު ނުހިމެެނެއެވެ.

މިއަދު ބަދަލު ގެނައި ގާނޫނުގައި އޮތީ ބޭރު ގައުމެއްގެ ހިމާޔަތުގައި ނުވަތަ އެގައުމެއްގެ ރައްޔިތެއް ކަމުގައި ހުންނަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެގައުމެއްގެ ރައްޔިތުކަން ނުވަތަ ހިމާޔަތް ދޫކޮށްލާތާ ޖުމްލަ 10 އަހަރު ދުވަސް ފަހުން ކަމަށެވެ.

މި އިސްލާހަކީ މިދިޔަ އަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށައިފައިވާ އިސްލާހެކެވެ. ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ އަމާޒުކޮށް ފާސްކޮށްފައިވާ ބިލްތައް އަލުން މުރާޖާކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަދަވީ

  ތިހެން ވިއްޔާ އެމްޑީޕީ ދެން އޮތް އިންތިޚާބެއްގައި ފެއިލްވީ

  45
  2
 2. ާަަިައިނާ

  ހެ ހޭ ??????

  12
  2
 3. އަލީ

  ބުދުބެ

  8
  1
 4. ހަބީ

  ޔާﷲ ކޮންމެ ފަދަ ޤާނޫނެއްހެދިޔަސް އަދި ޤާނޫނުގައި އެންމެވަރަށް އަނގައިން (ދެމިޔަކަނުން) ސޮނިބާލާމީހާ ވެރިކަމަށްލާން ލިޔުނަސް މިއުޅޭ ކެނެރީގޭ ނަޝީދު(އަންނި) އަށް މިރާއްޖޭގެ ވެރިކަން ނުދެއްވާންދޭވެ.!

  20
  1