ދ. ކުޑަހުވަދޫ ތަރައްގީކޮށް، އެރަށަކީ ތަރައްގީގެ މަރުކަޒަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫގެ ތަރައްގީއަށް ސަރުކާރުގައި ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ދ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ އަތޮޅެއް ކަމަށާ މަސްވެރިކަމާއި އެ ނޫން ވެސް ބައެއް ދާއިރާތަކުން އެ އަތޮޅު ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި އެކާމިޔާބީތަކުގެ ސަބަބުން ކުޑަހުވަދޫ މިހާރު އޮތީ ތަރައްގީއަށް ވަރަށް ބޮޑަށް ފައްކާވެފައި ކަމަށާއި އެ ރަށުގެ ހޮސްޕިޓަލާއި ސުކޫލާއި، މަގުތައް ތަރައްގީކޮށް ކުޑަހުވަދޫއަކީ ތަރައްގީގެ ބޮޑު މަރުކަޒަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުޑަހުވަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ކުރެހުމާއި ފައިސާ ހަމަޖެހި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރުތައް ކުޅެވޭނެ ޒޯން ސްޓޭޑިއަމެއް ވެސް އެ ރަށުގައި އަޅުއްވާނެ ކަމަށެވެ.
"މި ރަށް މި އޮތީ ތަރައްގީއަށް ހަމަ ފައްކާވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި މި ސަރަހައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި މިރަށް ތަރައްގީ ކުރާނަން. އަދި އެފަދަ އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް މި ރަށުގައި ގާއިމު ވާނެ. އަޅުގަނޑު މި ދެންނެވި ގޮތަށް ހޮސްޕިޓަލް ތަރައްގީވުމުގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާ، ފެރީ ޓާމިނަލް ހެދުމާ، މި ރަށައް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓާ އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ މަޝްރޫއުތަކެއް ލަސް ނުވެ ފަށާނެ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާ ބަޖެޓްގައި ގިނަ މަޝްރޫއުތައް ހިމަނުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މީނާ ކިޔެވި ޔުނިވަރސިޓީއަކީ ޔުނިވަރސިޓީ އޮފް ލައިން. މާސްޓަރވެފައިވަނީވެސް ދޮގުހެދުމުގެ ރޮނގުން. ދިވެހިރައްޔިތުންނޭ. މިއާދަމުގެ ދަރިޔާ މިހާތަަނަށް ދެއްކި ވާހަކައަށް ބަލާ ވިސްނާ. ދޮގެއްނޫނީ އަދި މިހާތަނަށް ހަދާފަނެތް.
ތެދެއް ތިބުނީ. ވަރަށް ލަދުހަޔާތްކުޑަ އިންސާނެއް މިއީ. ނަޝީދަށްވުރެވެސް ނުބައިކަން ގަދަ.
އެޔަރޕޯޓް ނިމިފައެވެ. ބަދަރު ނިމިފައެވެ. ފެނާ ނަރުދަމާ ނިމިފައެވެ. މަގުތައް ޒަމާނީ ފެންވަރަށް ހަދާ ނިމިފައެވެ، 24 ގަޑީއިރުގެ ކަރަންޓް ޔަޤީންވެ ނިމިފައެވެ. ސުކޫލާ ހޮސްޕިޓަލް ތަރައްޤީވެ ނިމިފައެވެ، ދެން ކަލޭ ގެންނާނީ ކޮން ތަރައްޤީއެއްހެއްޔެވެ؟ އެތަންތަން ނަގާފާ އަލުން ހަދާނީހެއްޔެވެ؟
އެކަމަކު ތިރަށު އެންމެން ނިކުމެ ތިތިބީ ކޮންމޮޔައެއްވެގެން. ތި ސޯލި ހުރީ ތިރަށަށް މިދިޔަ ސަރުކާރުން ގެނެސްދިން ތަރައްގީފެނިފަ ކުޅުހިކަފައޭ ކިޔާއަޑުއެހިން.
އެބުނާ ތަރައްޤީއަކީ އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަމާއި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މިނިވަންކަމުގެ ތަރައްޤީ...
ދޫންޏާ. މަށަށްވެސް ވަރަށްހީވޭ ތިއީހެން އެކިޔާ ލަވައަކީ. މިއިބިލީހުން ރަނގަޅެއް ނުވާނެ. މިކަމުން ސަލާމަތްދެންވެސްވާނީ ދިވެހި މުސްލިމްތައްޔިތުން އެކައްޗެއްކިޔާ މިމުސީބާތުން ސަލާމަތްވާން މަސައްކަތްކުރުމުން. އެފްބީގައި ޝެއަރކޮށްލާ އެއްޗަކުން ނުވާނެ އެއްކަމެއްވެސް. މަގުތަކަށް ނުކުމެ ހޮންކޮންގ ރައްޔިތުންހެން ހުއްޓާނުލާ މުޒާހަރާކުރަންވީ.
އިބޫ ދެއްކީ ގޯސް ވާހަކައަކަށް ވަނީ ދައްކާ ވާހަކަޔާ ޢަމަލުކުރާ ގޮތާ ދެގޮތް މީހަކަށްވާތީ. އިސްލާޟްދީނަށް ފުރައްސާރަކުރާކަށް ފުރުޞަތެއް ނުދޭނަމޭ، ފިޔަވަޅު އަޅާނަމޭ ބުނާއިރު ފަޒުނާ އެ އޮތީ މީސްމީޑިއާގައި އެކަމަށް ޝުކުރު އަދާކޮށްފަ. ތި ރަށުގައި ނުކުރެވި ހުރި ތިޔަ ބުނާ ކަންތައް ކުރީސް ކަލޭމެން ޔާމީން ހޮވި ނަމަ. އެކަމަކު ތަރއްޤީ ބަލައި ނުގަނެ. މި މުނާފިޤުންގެ އަވައިގަ ޖެހުނީ. ބުނާ އެއްވެސް ކަމެއް މި މުނާފިޤުން ނުކުރާނެ. ނުކުރާނަމޭ ބުނެފި ކަމެއް ވިއްޔާ ކުރާނެ. #ބޮއިކޮޓްހިންނަވަރުއިބްރާހީމް!
ކުޑަހުވަދީޫގެ ސިޢްޚީ ޚިދުމަތް ރަނގަޅު ކުރަން ޖެހެއެވެ. ސްކޫލަށް ޖާގައިގެ ދަތިކަން އިންތިހާއަށް ވަނީ ބޮޑުވެފައި. ނުހެދި މަގުތަކުގައި ފެންބޮޑުވެ މަގުތައް ޗަކަހެދޭ މިންވަރު ބޮޑު. މިއީ ހައްތާވެސް ކޮށްދޭން ޖެހޭ ކަންތައްތައް. އެހެންވީމާ އިކްލީލު ތިޔަ ވިދާޅުވާ ހުރިހާ ކަމެއް ފުރިހަމައެއް ނުވޭންނޫންތޯ؟ އަދި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަވެސް ހައްލު ކުރަން ޖެހޭ. މަންޓާ އެއަރއިން ބަލި މީހުން އުފުލޭ ގޮތްވެސް ހަދަން ޖެހޭ. އެހެންވީމާ އިބޫ ދެއްކެވީ ގޯސްވާހަކައެއް ނޫންނެއްނު
ކުޅަދާނަ ސޮރެއް މިއީ. ދޮގުހެދުން ހައްދުން ނެއްޓިފަ. އެއީ މި ބައިގަނޑުގެ އެންމެ ފާޅުކަން ބޮޑު ސިފަ.
ކަލޭ އަޅެފަހެ ދޮގު ހަދާހަދާ ފޫއްސެއްވެސް ނުވޭތަ؟
ހީކުރަނީ ސޯލިހު ކީމަ ތިހަދާ ހުރިހާ ދޮގަކީވެސް ސޯލިހު ދޮގަށް ވާނެކަމަށްތަ؟ ބަލަ އިބިލީހާ ކަލޭގެ ދުލުގައި ގޮއްޖެހެންދެންވެސް ދޮގުހެދިދާނެ. އަދި ކަލޭ ބޭނުންނަމަ، އިބިލީހާއެކު ނަރަކައިގެ އެންމެ އަޑީގަ ހިލިހިލައި ޖެހިގެންވެސް އޮވެވިދާނެ. ކަލޭ ތިހަދާދޮގު ގަބޫލުކުރާނެ ދިވެހިރައްޔިތަކު ނެތް
ނަޝީދަކީ މަހީކުރިގޮތުން އެންމެ ނުބައި މީހަކީ. އެކަމަކު މިހާރު މިފެންނަ މަންޒަރުތަކާ، ރޯމާ ދުވާލު ޓީވީޗެނަލްތަކުން ލައިވްކުރާއިރުވެސް ބިރެއް ސިހުމެއް ނެތި ބޮޑެތި ދޮގުތަށް ހަދާ މިއާދަމުގެ ދަރިޔާއަކީ، މިހާރު މައެންމެ ރުޅިއަރާ އިންސާނާ. ނުބައިކަން ހައްދުން ނެއްޓި ﷲ ތައާލާއަށް ނިސްބަތްވިޔަސް އެކަމުގައިވެސް ބިރެއްނެތި ދޮގުހަދާލާ. ސުބުހާނަﷲ މިހިރީވާ ނުބައިނުލަފާ އިންސާނެއް.
މިނުބައި ދޮގުވެރި ކަލޭގެ ރައްރަށަށް އެރީމަ އެއްވެސް ރައްޔިތަކު ގެއިން ނުނުކުމެ ތިބެބަލަ. މިއީ އިންސާނުންނާ އެއްޖަމާއަތެއްގައި ބަަހައްޓަންވާ ވަރަށްވުރެ ދޮގުހެދުން ގިނަ ނުލަފާ އިންސާނެއް.
ސޯލިހަށްވުރެ ބިރުކުޑަކަމާއެކު ދޮގުހަދާ މީހަކު އަދި މިއުޑުދަށުގައި ވިހެން ހީނުވޭ. މިއީ ދެވަނަ މުސައިލަމަތުލް ކައްޒާބު.
އޭ ކޮބައިހޭ ޝަހިންދާ؟ ކޮބާހޭ ނޫޝީން؟ ދިވެހި މުސްލިމް ރައްޔިތުންގެ ފައިސާއިން އެމީހުންނަށް 25 ލާރިވެސް ޚަރަދުކޮށްގެން ނުވާނެ. އެމީހުން ތިބެންޖެހޭނީ މިހާރު ޖަލުގައި. ކަލޭގެ ހުވައަށް އިހްތިރާމް ނުކުރެވުމުން ކަލޭ ތިހުރީ އޮޓަމެޓިކުން މަގާމުން އަޒުލްވެފައި. މިހާރު ތި ސެކިއުރިޓީ ދީ ރައްޔިތުންގެ މުދާ ކަމުގައިވާ ލޯންޗްތަކުގައި ކަލެއަކަށް ދަތުރެއް ނުކުރެވޭނެ. ރައްޔިތުން ނުކުމެ މީނަ ސައިޒް ކުރަންއެބަޖެހޭ.
އިސްލާމް ދީނުގެ ދިފާއުގައި ނުކުންނަން ނުކެރުނު ގައުމު ތަރައްގީ ނުކުރެވޭނެ. މިއަދުވެސް މިފެންނަނީ ގައުމު ދަވަމުންދާ މަންޒަރު.
މީ ވަރަށް ގޮތްކުޑަ މީހެއްކަން މި އެގެނީ
ތަރައްގީއެއް ނޫން ކުރަންވީ. ލާދީނީ އިބޫކަން މިހާރު ގައުމުގެ އެންމެން އެއޮތްގެން ގަބޫލު ކުރަނީ. މަޑުން ހުރެގެން ނަޝީދާ ބައިވެރިވެގެން މިގައުމު ލާދީނީ ކުރަންް ނޫޅެ ފެއްސިގެން ދެވޭތޯ ބަލާ އަވަސް ގޮތަކުން
އެޑްވާންސްޑް ސެޓިފިކެޓްގަޑެއްހައި ހިސާބުވެސް ތައުލީމީ ގޮތުން ނެތް ސޮހަލެއް! ގްރޭޑް 9 ގެ ވަކިހިސާބަކުން މިހަކާ އިދެ ބެޗި ގޮލައެއް!
ވައުދަކީ ކަލެއަކަށް އެކައްޗެއްވެސްނޫން. ރައީސްކަމަށް ކުރި ހުވައަކީ ﷲ ގަންދީ ކުރި ހުވައެއް. އިސްލާމްދީން ހިމާޔަތްކުރަން ކަލޭކުރި ކަމެއް ބުނެބަލަ. ކަލޭ ކުރިހާވެސް ކަމަކީ، އެރިޕޯޓްގެ ވަހަކަ ދެއްކުން ހުއްޓުވީ. ނުބައި ޖަރީމާ ހިންގިމީހުނަށް ބޮޑުމުސާރަދިނުމާއި އެމީހުން ފޮރުވައިދީ އެމީހުންނަށް ރައްކާތެރިކަންދިނީ. އިންސާނަކަށް ވާވައުދު އެއްޗަކަށްވާނީ ﷲ ގަންދީ ކުރި ހުވައަކީ އެއްވެސް އެއްޗަކަށްވެގެންނޫންތަ، އިބުރާހީމް މުޙައްމަދު ސޯލިހޫ؟؟
ރައީސްތިހެންވިދާޅުވެލެއްވުމުން ވަރަށްއުފާވި ނަމަވެސް މިކަން ބިލާހަކަށްވެއްޖެނަމަ ވަރަށްދެރަ
މިހެންމިބުނީ އިންތިޚާބުގެކުރީގައިވެސް ދެއްކެވިވަރަށްގިނަވާހަކަފުޅު ބިލާހަކަށްވުމުގެއިތުރުން
ފެންނަނީ އެކަމުގެ އިދިކޮޅަށް އިކްލީލްގެނަމުގަ ކޮމެންޓްކުރައްވާފައިވާފަދައިން އިތުރުތަރައްޤީއެއް
ކުރައްވާކަމުގައިބައްލަވާ އެތަންތަން ނުނެންގެވުން އެދެން
މީނަ ލަދެއްވެސް ނުގަނޭ މިހާސަރު ބޮޑި ގޮވާން ކޮންމެ ރަށަކށްއަރާ!
ވެރިކަމަށް ކެމްޕޭނުކުރިއިރު ވައުދުވީމެއްނު ދީން ޙިމާޔަތްކުރާނެކަމަށް އަދި ވެރިކަން ލިބުމުން ހުވައެއް ކުރީމެއްނު "އަހުރެން އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި" އޭ ކިޔައިގެން ފުރަތަމަ ވީ ވަޢުދާ ކުރި ހުވައަށް އިޙްތިރާމުކޮށްބަލަ.. ދެން ތަރައްޤީއޭ ކިޔައިގެން ނުވާވަރުންވިޔަސް ވާހަކަ ދައްކަބަލަ.. ކުރީ ސަރުކާރުން އެއަރޕޯޓާއި، ބަނދަރާ، މަގުތަކަކާ ފެނާ ނަރުދަމާ ހަދައި ނިންމާފައިއޮތް ރަށަކަށްގޮސް މީހުންގެ ސިކުޑިދޮވެލަން މޮޅުވާހަކަ ދެއްކިޔަސް އެބަ އެނގޭ ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެކަންކުރި މީހުންނަށް ފިޔަވަޅުނާޅައިގެން ރައްޔިތުން ރުޅިއައިސްފަ ތިބީމަ ރައްޔިތުންގެ ވިސްނުން ދުނިޔަވީ އެހެން ކަންތައްތަކަކަށް އަނބުރާލަން ދައްކާ ވާހަކައެއްކަން.. ނަސީދު ފާޅުގައި ދޮންމީހުންނާ ގުޅިގެން އެކޮޅުން ލާދީނީ ކާޑު ކުޅޭއިރު، ރައްޔިތުންގެ ބޮލަށް ޗިޕުޖަހަން މާ ދީނަށް ލޯބިކުރާ މީހަކަށް ހެދިގެން ރަށްރަށަށް އައިސް ތި ފޮނިކަނޑަނީ... މީ ދިވެހިން .. މީދާ ކެއި އުނބެއްނޫން ބޮލަކަށް ހުންނަނީކީ..
ިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...
މިހާރު އަތުނުޖެހޭ ދަރަޖައަށް ތަރައްޤީކުރެވިއްޖެއެވެ. ދެނ
މިހާރު އަތުނުޖެހޭ ވަރަށް ތަރައްޤީކުރެވިއްޖެއެވެ. ދެން އެއްފަހަރަކަށް ހުއްޓާލަންވީނޫންތޯއެވެ.
މީގެކުރީން އައިސްފަ ބުނީ އިންޓަނޭސަނަލް ޕޯޓެއް ހަދާވާހަކަ މިފަހަރު އެވާހައެއް ނުދައްކާދޯ އެވައު ދު ފުއްދީތޯއްޗެއް؟
ލަ ދުގެކަންފުޅެއްވެސްހުރިނަމަ ކުޑަހުވަ ދުއައް އަކާކައް ނުކެރުނީސް ދޯ؟
އަނެއްކާ އަނެއް ހުވަފެން ، ފަހަތަކަށް ނުދާނެ ދާނީ ކުރިޔަށް ، ކޮންމެމީހަކުހުއްޓަސް، އެރަށް ތަރަށްޤީވަމުން އެދަނީ އެރަށު ތައްޔިތުންގެ ދުރުވިސްނުމުގެ ސަބަބުން.
އެރަށަށް ޔާމީން ގެނެސްދީފައިވާ ތަރައްޤީ ފެނިފަ ކޮންމެސް އެއްޗެއްނުނެލަންވާނެ. މިސަރުކާރުން މިފަދަ ރަށްރަށަށް ކޮންދޭންޖެހޭމަދު ކަމެއް ކޮށްލުމުންވެސް ސިޓީއެއްގެ ދަރަޖަ ދެވޭ ފެންވަރުގެ ތަންތަންމިއީ. ފޮނި ނުކަނޑާ އަޅޭ ކަމެއްކޮސްލަދީބަދަ. ތީ ރާއްޖޭގެ ނިސްބަތުން އެއްމެ ތަރަށްޤީ އެއްރަށް.
ކުޑަހުވަދޫން މީނައަށް މަރުޙަބާކީތަ؟ އަޅެ ފަހެ މިކަލޭގެ ލަދެއްވެސް ނުގަނޭދޯ؟
ލާދީނީއެމްޑީއެން ބަންދުކުރޭ، ލާދީނީ ސަރުކާރު އިސްތިއުފާ.
ތަރައްގީގެ މަރުކަޒަކަށް ކުޑަހުވަދޫ ހަދާނަން: ރައީސް
16 ގަޑިއިރު ކުރިން ( އޮކްޓޯބަރ 17, 2019 )
ތަރައްގީގެ މަރުކަޒަކަށް ކުޑަހުވަދޫ ހަދަނި ކުޑަހުވަދޫއިން ލިބޭޭ އެއްޗަކުންދޯ؟
މީރިޔާސީވައުދަކީ.