ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ނުހިންގާ ދާއިރާއެއް މިހާރު ވަރަށް މަދުވާނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު ގޮތުގައި ބަދަލުކުރުމަށް މިއަދު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެކަންކަން ކުރެވެން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން ކަންކަން ކުރިއަށް ގެންދާ ސްޕީޑު ލަސްކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް މަޝްރޫއެއް ނުހިނގާ ދާއިރާއެއް މިހާރު މަދު ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް މީގެ ދެމަހެއް ކުރީގާ ހިތަށްއެރި ސަރުކާރުން އަޅުގަނޑުމެން އެދޭ މިންވަރަކަށް ސްޕީޑުގާ ބައެއް ކަންކަން ކުރިއަށް ނުދާ ކަމަށް ހިތަށް ވަތް، ބައެއް ބޭފުޅުންގެ. އެހެން ނަމަވެސް.... ސަރުކާރުން މިހާރު އެވަނީ އެންމެ ބޮޑު އެއް މަސައްކަތް ކޮށް ނިންމާފަ. އެއީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން. މަސައްކަތް ކުރިއަށް ދާނެ ގޮތުގެ މަގު، ރާސްތާ މިހާރު އެވަނީ އަޅުގަނޑުމެންނަށް ނިމިފަ. ހަމަ އެއާ އެކީގާ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ މިހާރު ސަރުކާރުން ޕްރޮޖެކްޓެއް ނުހިންގާ ދާއިރާއެއް ވަރަށް މަދުވާނެ މިހާރު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ޕްރޮޖެކްޓުތަކެއް ފުޅާ ގޮތެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގާނީ އެމްޑީޕީގެ ވިސްނުމުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހުވާ

    ތިޔައީ ހަމަޖެހޭ މީހެއް ނޫން އެއްވެސް ކަމެއް ނުހިގާ ފައިސާސް ނެތް

    43
    1
  2. ބިންތި

    ކަލޭ ދެބޯގެރި ދުއްވާނެ ކަމެއްނެތް. ޕްރެޖެކްޓޭ ކިޔައިގެން ދެބޯގެރި ދުއްވާނެ ކަމެއްނެތް. ދިވެހިން ބޭނުންވަނީ އެމްޑީޕީގެ އަނދިރި ޖަމްއިއްޔާ އެމްޑީއެން އުވާލަން. އަދި ކީރިތިރަސޫލާއަށް ދުއްތުރާކޮށް ރިޕޯޓު ނެރުނު އެޖަމްއިއްޔާގެ އެންމަނަށް ފިޔަޅު އަޅަން. ހަމަބުނާއިރަށް ޝޭޚް ޢިމްރާނާއި، ރައީސް އިބޫ ހީކަރުވާގަންނާނެ. މިފަހަރު އަހަރެމެން މިތިބީ ދޫކުރާ ގޮތަށްނޫން.

  3. އަޙުމަދު ޙަމީދު

    ކޮން ރަށެއްގައި ބާ މަޝްރޫޢެއް ހިނގަނީ؟

    41
    1
    • މުހައްމަދު

      އަހަރެމެންގެ ރަށަށް ޕުރޮޖެކްޓް އާއި ތަރަޤީ އަންނަ ވަރުން ދެފައި ކާރި ނުވޭ.. ބޯހަލާކު..

  4. Anonymous

    ކަލޭ މީގެ ކުރިން ވެސް 3 ރާސްތާއެއްގެ ޕްލޭން ގެންގުޅުނު. ކޯއްޗެއް ހަންބޭލުނީ.

    46
    1
  5. ޙުސެން

    ވިނަނޮޅާ ސާުފު ކު ރުންބާ

    38
    1
  6. މާމިގިލީ މީހާ

    މާމިގިލީގައި ސަރުކާރުން ކޮން ޕޮރޮޖެކްޓެއް ތޯ ހިންގީ. ސަރުކާރުން މާމިގިލިއަށް ވީ އެއްވެސް ވައުދެއް އަދިވެސް ނުފުއްދައި. މިހާރު ސަރުކާރަށް 1 އަހަރު ފުރޭން ކައިރިވީ. ދޮގުހަދާ ސަރުކާރު. ކުންޑާ ސަރުކާރު. އަންދާ ގާނޫނު..

    46
  7. އިކްރާމް އަބުދުއްސައްތާރު

    ވޯޓު ހޯދުމަށް ދޮގުހަދަން ފެށީ ދޯ.. ނޯޗަންސް..

    އެމްޑީޕީ އަށް ދެން ވޯޓެއް ނުދޭނަން ... ތިޔަބައި މީހުން ދީނާއި ދެކޮޅު އަދުއްވުންނަށް ހިތްވަރު ދީ

    އެމީހުންގެ ބައި ކުރިއަރުވާހާހިނދަކު.. ވަރަށް ސަލާމް

  8. ހައްޖަ

    ސްޓުރެޓެޖިކް ޕްލޭން އަކީ އަމިއްލަ އަތުން ލިޔާއެއްޗެއް ލިޔެވިދާނެ އެކަމަކު ގިނަފަހަރައްވަނީ ކިހިނެއް އެދުރެއްނުވާނެ..ކިހިނެއް ތި ޕްލޭންއަށް އަމަލުކުރަނީ.. ތިއުޅެނީ ހަތް އުޑުމަތިން ބާއްވާލެއްވި ފޮތަށާއި ކަންކަމައް ބޯނުލަބަން ވެގެން.. ނިކަން ވިސްނާލަބަލަ..ފުރަތަމަ އިހްލާސްތެރިވެ..ތެދުވެރިކަމާއި އީމާން ތެރިކަން ބަހައްޓައިި ގެންދޯ ތިޔަކިޔާ ޕްލޭނަކައް ބޯލެނބޭނީ..

  9. ޚޖޖހހ

    ޕުރޮޖެކްޓެއ ހިންގޭ ދާއިރާއްވެސްނެތް

  10. ޙހ

    ޕްރޮޖެކްޓަރެއް ނެތް ރަށެއް ނުހުންނާނެ،! ޢެވެސް ޔާމީނު! ޙާސަރު ނުގޮވާ މައިތިރިވޭ ދެންވެސް!

  11. ބޯކިބާ

    މިއީ މަތީފަޑިގައި ތިބޭ މާލޭގޮލާމެން ދައުލަތުގެ ފައިސާ ރަށަށް ކަހާލަން އަބަދުވެސް ކިޔާ އެއްޗެއް. ރަށުގަ 300 މިލިއަން ޑޮލަރަށް ބުރިޖު އަޅަމުން ސިއްހީމަރުކަޒު 25ބުރިއަށް ނަގަމުންދިޔައިރުވެސް ބުނީ ހުރިހާރަށެއްގަ އެއްވަރަކަށް މަޝްރޫއު އެބަ ހިނގައޭ، ބުނިއިރު އެހެންރަށްރަށުގަ ހިނގީ ފާހާނާ މަރާމާތުކުރުންކަހަލަ ކަންކަން، އަދަދު ހަމަކުރަން 2 ފާހާނާ މަރާމާތުކޮށްލީ.

  12. ޢަބްދުއްލާ

    ސަރުކާރުގެ ޕްރޮޖެކްޓެއް ނުހިންގާ ދާއިރާއެއް މަދުވާނެ: ނަޝީދު

    2 ގަޑިއިރު ކުރިން ( އޮކްޓޯބަރ 17, 2019 )

    ތިބުނީ ޔާމީނުސަރުކާރުގައި ދޯ؟

    އަޅެބުނެބަލަ ހއ ފިއްލަދޫއަށް ސުނާމީގައި ލިބުނު ގެއްލުމަށް ބޭރުންލިބުނު އެހީގެ ތެރެއިން

    ފެންފޮދަކާ ނުލާ ދިރުވާލި 8 މިލިޔަ ރުފިޔާ މިހާރު ގުޔަށްވެ އަވަދިވެއްޖެއެއް ނޫންތަ؟

    މީދޮގެއްތޯ އޭގެ ހައްގުވެރިކައިރީ އަހާބަލަ؟

  13. ޕިޔޯނު

    މަނޫޅެން ތިލާދީނީ އިބިލީހުގެ ވާހަކަ ދައްކާކައް

  14. ކެޔޮޅު

    ކޮން އިރަކު ކޮންރަށަކު ކޮންތަކު ކޮންދަ އުރަކު ކޮންބަޔަކާ ކާކުހަވާލުކޮށްގެން ކާކުދެނަހުރީ މިހިރަ ދޮޅުރޯނާ؟

  15. ކެޔޮޅު

    މިކަލޭގެވެސް އަވަހަށް ގުރަ އިދުވަ އް ގެންދަންފެނޭ!

  16. ކެޔޮޅު

    މިސަރކާރުން މަސްރޫެއް ހިންގި ރަށެ އްނޯ އްނާނެ؟

  17. އާދަމް

    މި މީހާގެ ބުއްދީގައި މައްސަލަތަކެއް އުޅޭހެން ހީވެއެވެ.

  18. އަޙްމަދު

    ހަމަަަޢިން ނެއްޓޭ ޥަގުތު އަގަތަލަން ވީމާ އެވަގުތު އަނގަގަދަވޭ

  19. ކާފަ

    އިސްލާމްދީން ނައްތާލުމުގެ މަޝްރޫއުަތައް ނުހިންގާ އެއްވެސް ރަށެއްނެތް!

  20. ޖާޒީރާ ބޯއީ

    ކުރީގެ ރައީސް ނަޝީދު ޕްރޮޖެކްޓް ތިޔަކިއުއްވަނީ ކޯޗަކަށްބާ؟

  21. އޭދަފުށީ މުހައްމަދު

    މިހިރަ ދޮގު ހަދަ މޮޔަ ކަލޭގެ އާ! އޭދަފުށީ ދާއރާގައި ހިނގަމުން ދަނީ ކޮންމަސައކަތެއް؟ ކެންދޫ ދާއިރާގައި އަދި ތުޅާދޫ ދާއިރާގައި ހިނގަނީކޮން ކަމެއް؟ މިހެން ގޮސް މުޅި ބ.އަތޮޅަށް ބަލައިލިޔަސް ފެންނަނީ ވީރާނާކަން. ދޮގު ހެދުމުގައިވެސް ހައްދު ފަހަނައަޅާފައި.

  22. ކާފަބޭ2019

    އާންމުކޮށް މިރާއްޖޭގެހުރިހާރައިއްޔަތުން ލޮލުރޯގާ ޖެހިފަތިބީމަ މިރާއްޖޭގަހިންގާމަސްރޫއުތައް ނުފެންނަނީކަމަށްތޯތިޔަވިދާޅުވަނީ؟ ދަރުމަވަންތަ ހޮސްޕިޓަލުގަ އައިޖީއެމްއެޗްގެ ލޯގޯއާއިދިދަބޭނުން ކުރާތީ މިފެންނަނީވެސް ތިޔަވިދާޅުވާގޮތަށްތޯ؟

  23. Anonymous

    އެހެންވެގެން ވޯރޅްޑް ބޭންކުން އެ އަންގަނީ އިޤްތިޞާދު ދަނީ ބޮކި ޖަހާފަ އަޑިއަށޭ. ކަލޭ ބުނީމަ އަޑު އަހާނީ ކަލެއަށް އީމާންވާ ކަލޭގެ އަޢުވާނުން އެކަނި. ލާދީނީ ގަންޖާބޯ.

  24. އިބޫ

    ސަރުކާރުގެ ާދީނީ ފުރޮޖެކްޓެއްނުހިންގާ ރަށެއް ނޯން ނާނެ