ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޖަޕާނުގެ އައު އެމްޕެރާ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރާ ނަރުހީޓޯއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ޖަޕާނުގެ އައު އެމްޕެރާ ތަޚުތައް އިސްކުރުމުގެ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ދުނިޔޭގެ 170 ޤައުމެއްގެ ޢިއްޒަތްތެރިންނާއި ބައެއް ޤައުމުތަކުގެ އިސްވެރިންނާއެކު ޖުމްލަ 2000 ޢިއްޒަތްތެރިން މިޙަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައު އެމްޕަރާ ތަޚްތަށް އިސްކުރެއްވުމާ ގުޅިގެން ބޭއްވެވި ރަސްމީ ފަރިއްކޮޅުގައިވެސް ދުނިޔޭގެ އެކި ޤައުމުތަކުން ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން ޖަޕާނުގެ ވެރިކަން ހިންގާބާރާއި ޤާނޫނު ހެދުމުގެ ބާރުގެ އިތުރުން އެޤައުމުގެ ޢަދުލު އިންސާފުގެ ބާރުގެ އިސްފަރާތްތަކާއި އެހެނިހެން ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި މި ޙަފްލާ ކުރިޔަށްދިޔައީ މުނިފޫހި ފިލުވުމުގެ ބައެއް ޙަރަކާތްތަކާވެސް އެކުގައެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަބްދުއްލާ

  އެމްޕެރާ ނަރުހީޓޯ އަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

  15 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )

  '' މިއަދު ބޭއްވެވި ޖަޕާނުގެ އައު އެމްޕެރާ ތަޚުތައް އިސްކުރުމުގެ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ދުނިޔޭގެ 170 ޤައުމެއްގެ ޢިއްޒަތްތެރިންނާއި ބައެއް ޤައުމުތަކުގެ އިސްވެރިންނާއެކު ޖުމްލަ 2000 ޢިއްޒަތްތެރިން މިޙަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ''

  މިއެންމެނަކީވެސް ތައުލީމީގޮތުން މީނަ ފެންވަރުގެ މީހުންބާ؟

  22
  2
  • ވާނުވާ

   ފެންވަރު ހުއްޓަސް ނެތަސް އެއީ މި ގައުމުގެ ރައީސް. ކަލޭ ތިހާ ފެންވަރު ހުރި މީހާ އަށް ނޭންގެ އެންނު މީހަކަށް ރެސްޕެކްޓް ކުރާކަށްވެސް

   4
   13
   • އަލީ

    ކަލޭ މީގެ ކުރިން ހުރި މީހާއަށް ރެސްޕެކެޓު ކުރިންތަ؟ ކަލޭ ހިތް ހަމަ ޖެހޭ މީހާއަށް އެންމެން ތިބުނާ އެއްޗެއް ކުރަން ޖެހޭތަ؟ ކަލޭ ހިތްހަމަ ނުޖެހެންޏާ އަނގަޔަށް އައި އެއްޗެއް ކިޔަންވީ ދޯ.... ދަސްކޮށް ދިނީ ކަލޭމެން.

  • Anonymous

   ވެރިމީހާއަށް އިޙްތިރާމް ކުރުން އޮންނާނީ އޭނާގެ ހުވާގެ މަތީގަ ހުރިހާ ހިނދަަކު. ހުވާއާ ދެކޮޅުވެ، އިސްލާމީ ގައުމެއްގައި ﷲ ގެ ކަލާމް ފުޅަކީ ދޮގެއްކަމަށް ބުނާ މީހުންނާއި، އަދި ﷲ ގެ ނަބިއްޔާއަށް ފުރައްސާރަކޮށް ގުރުއާން ދޮގުކުރި ބައިގަނޑަށް ހިމާޔަތްދީ އެމީހުން ފިލުވާ އެކަން ކުއްވެރިނުކުރި ވެރިއަކީ މަގާމުން އަޒްލުވެފައި ހުރި މީހެއް. ﷲ ގެ ރަހުމަތެއް އެމީހާގެ މައްޗަށް ނުވާމީހާއީ ﷲ ގަންދީ ދޮގުހުވާ ކުރާމީހުން.

 2. Anonymous

  ވަރަށް ނުބައި ސިފަ ޖަހަންފަށައިފި. ﷲ ގެ ރަހުމަތުން މިބައިގަނޑު ފަޟީހަތް ކުރައްވާ ނިކަމެތި ކުރައްވާށި. އާމީން.