ވ. ފުލިދީ ސްކޫލުގެ ޕްރީ ސްކޫލު ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މައުލުމާތު ލިބޭ ގޮތުގައި އެމައްސަލަ އަކީ މިއަހަރު އޯގަސްޓުމަސް ތެރޭގައި ހިނގައިދިޔަ ކަމެކެވެ. އެ ޓީޗަރު ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާ ލައިނުގައި މަޑުކޮށްގެން ހުއްޓާ ޓީޗަރު އެއްޗެހި ކުއްޖާ ދިމާލަށް އެއްޗެހި ކިޔައެވެ. އަދި ނުރުހުމާއެކު މޫނުގައި އަތުން ޖަހާ ކޮށްޕާލަ އެވެ.

ވީޑިއޯ އާންމުވުމާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުޑަކުދިންނާ ދޭތެރޭ ކުރާ އިހާނެތި އަމަލުތަކަށް ވަގުތުން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި މިކަން އެނގުނު ހިސާބުން މައްސަލަ ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލާވަޅު

    ޓީޗަރު ސަސްބެންޑް މިހާރުން މިހާރައް ކުރަންޖެހޭ އަދި ޓީޗަރުން ހޮވުމުގަިއ ވަރައްރަންގަޅައް އިވެލުއޭޓް ކުރަންޖެހޭ މިއީ މިގަޢުމުގެ މުސްތަގްބަލް ބައްޓަންކުރާ އެއްމެ މުހިއްމު އެއްދާއިރާ. ފަރްސަނަލިޓީ އަދި ބެކްގްރައުންޑް ޗެކުކޮށް ހަދަން މަޖުބޫރުކަމެއް މީ ބޭރުދުނިޔޭގަިއވެސް ކުރާ ޕްރެކްޓިސްއެއް މިކަންކން ހަރުދަނާކުރަންޖެހޭ އެބަ ބުލީކޮށް ކުދިން ހަލާކުވެ ނަޕްސާނީ އަނިޔާލިބޭކައް އެއްވެސް ބަޔަކު ބޭނުމެއްނުވާނެ.

  2. ޒީ

    އަހަންނަށް ވެސް އިންސާފު ލިބޭނެދޯ!