ސުލްޙަ މަސަލަސްކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ދިވެހިރާއްޖެއިން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ 74 ވަނަ އ.ދ. ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ހާޞިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ އެކަންކަމުގެ ސަބަބުން ޤައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ ކަމުގެ އިތުރުން، ސުލްޙަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބައްޓަންކުރެވިފައިވާ އެންމެ ފުރިހަމަ އޮނިގަނޑު ތަކަވީހިނދު ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުންމަތީ ދެމި އޮންނާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ވާއިރު މިކަންކަން ހާޞިލްކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާއި އެކުގައިވެސް ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން، މަޢުލޫމާތު ހިއްޞާކުރެވޭ މާހައުލެއްގެ ތެރެއިން ޙައްލުހޯދުމުގައި ރާއްޖެ ދެމިއޮންނާނެކަމަށެވެ.

އަދި ރައީސް ވަނީ، ރާއްޖެއިން އ.ދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެކަން ހާމަކުރައްވައި އ.ދ.ގެ ޗާޓަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެޖަމާޢަތުގައި ހިމެނޭ އެންމެހާ ޤައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އ.ދ. ގެ 74 ވަނަ އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން ރާއްޖެ އަލުން ބައިނަލްއަޤްވާމީ އިސް ސަފުގައި ހަރަކާތްތެރިވާން ފަށާނެކަމުގެ ހެޔޮ ޚަބަރުވެސް ރައީސް ވަނީ ދެއްވާފައިވެއެވެ.

އ.ދ. ދުވަހުގެ ގޮތުގައި 1948 ވަނަ އަހަރުން ފެށިގެން ފާހަގަކުރާ ދުވަހަކީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޗާލު

  އިސްލާމް ދީނަށް ފާޑުކިޔާ ފުރަށްސާރަ ކޮއް އިސްލާމް ދީން ދިފާއު ނުކުރިޔަސް ސަރުކާރު ދިފާއު ކުރުމަށް ގޮވާލެވޭ، އަދި ސަރުކާރުގެ ސިޔާސަތު ތަކަށް ތާއީދު ނުކުރާ އަދި އެމް،އެމްޕީ،އާރުސީ ހިޔާނާތުގަ ބައިވެރިވާ ފަރާތްތައް ސަރުކާރުގެ ތިބި މީހުން އަށް އިސްތިއުފާއަށަ ގޮވޭ އިރު އެމް،ޑީ،އެން ގެ މީހުން ސަރުކާރުގަ އިސް މަގާމްގަ ތިބި އިރު އެމީހުން އިސަތިއުފާއަށް ގޮވާކަށް ނުކެރެ، ސަބަބަކީ އެ ރިޕޯޓަކީ ސަރުކާރުން ބޭނުން ވާ ރިޕޯޓަކަށް ވުން ނުވަތަ ސަރުކާރުގެ ސިޔާސަތު ކަމުގައިވުން. ދެއްތޯ؟!

 2. ހުސޭނުބޭ

  އިސްލާމްދީނަށް ފުރައްސާރަކުރަން އެއްބާރުލުންދޭތަން އެކަނި މި ފެންނަނީ! ކަލޯ ކިނބުލާ!

 3. ބިޖޫ

  ޢެމް ޑީ އެން އުވާލާފަ ދެންބުނޭ އެއްބާރުލުން ދޭށޭ އެރައްލިބިދާނެ އެއްބާރުލުން ނޫނީ ރައްޔިތުންގެ އެއްބާރުލުމެއް ނުލިބޭނެ

 4. ސުލްހަ

  ރައީސް ސާލިހު ބައިވެރިވެގެން އެމްޑީއެންގެ ރިޕޯރޓްނެރެ ދިވެހިންތެރެ ފިތުނަފަސާދަ އުފައްދަމުންދާއިރު އަޅާނުލީމަ ބައިނަލް އަޤުވާމީ ސުލްހަ ޤާއިމްކުރަން ކޮއްކަމެއްތަކުރެވޭނީ. ރައީސް އަށް މުސާރަދެނީ ދިވެހިރައްޔަތުންނެ. ޢިންޑިޔާނުވަތައެމެރިކާޔަކުންވެސްނޫނެ އދ. ލަކުންވެސް ނޫނެ. ފުރަތަމަ ހުވާކޮށް ހަވާލުވެފަހުރި މަސްއޫލިޔަތު އަދާކޮއްބަލަ. އޭގެފަހުގަ ކުޅެންދޭބަލަ.