މިއަހަރުގެ މިހާތަނަށް ފެނިފައިވަނީ ޖުޒާމް ބައްޔަށް ޕޮޒިޓިވް ވެފައިވާ 3 މީހަކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނައިތައްލުމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅައިފަައިވާ މިންގަނޑަށް ރާއްޖެ ފެތޭ ކަމަށެވެ. އަދި އެކަން ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފައި ވަނީ 1997 އަހަރު ކަމަށާއި އޭގެ ފަހުން ރާއްޖެއިން ޖުޒާމް ބައްޔަށް ޕޮޒިޓިވް ވަނީ އަހަރަކު 7-3 މީހުން ކަމަށް އެ އެޖެންސީ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުބީ އެފަދަ ބަލިމީހުންނަށް ހޮސްޕިޓަލް ތަކުން ވަރަށް ކައިރިން އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވާކަމަށާއި، އެބަލި ހުންނަ މީހާއާއި އެއްތަނެއްގައި ދިރިއުޅޭ އާއިލާ މީހުންނަށާއި ތިމާގެ މީހުންނަށް ބަލީން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް މިހާތަނަށް ކިޔައިދީފައި ވާނޭ ކަމަށެވެ.

އެހެންކަމުން ޖުޒާމް ބަލި ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އެޖެންސީ އިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރު އެބަލި އެއްކޮށް ނައްތައިލުމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައި އެޕްރޮގްރާމް ގެ ދަށުން ގދ. ފަރެސްމާތޮޑާ ގައިވެސް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާކަމަށެވެ.

އެޗްޕީއޭ އިން މިކަން ހާމަކޮށްފައި ވަނީ ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން، އެރަށުގައި ޖުޒާމް ބަލި ފެތުރޭ ކަމަށްބުނެ އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް އެކަން އިއުލާން ކުރިފަހުން އެ ސިއްހީ މަރުކަޒުން ވަނީ ޖުޒާމް ބަލި ފެތުރޭ ކަމަށް އިއުލާން ކުރެވުނީ އޮޅިގެންކަމަށް ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ ޖުޒާމް ބައްޔަކީ ގަވައިދުން ބޭސްކޮށްފި ނަަމަ ރަނގަޅުވާ ބައްޔެއް ކަމަށެވެ. ޖުޒާމް ބަލި ރައްޖޭގައި ބޮޑަށް ފެތުރިގެން ގޮސްފައި ވަނީ 1960 ވަނަ އަހަރުެ ތެރޭގައި ކަމަށް ތާރީހުން އެނގެއެވެ. އެހެން ނަމަވެސް އެޒަމާނަކީ ބޭސްފަރުވާ ކުރިއަރައިފައި ނުވާ ޒަމާނެއް ކަމުން އެފަދަ ބައްޔެއް ޖެހިއްޖެ ނަމަ މީހުން ދިރިއުޅޭ މާހައުލާއި އެބަލި ހުންނަ މީހަކު ދުރުކޮށް އެކަހެރި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  އިރުއިރުކޮޅާ ކީކޭ ތިކިޔަނީ، ކޯންޗެއް ފޮރުވަން އުޅެނީ، ތެދު މަޢުލޫމާތެއްވެސް ހާމަކުރަން ނުކުޅެދިފަ، މިވެނިކަމެއްނުން ހުރިހާކަމެއް މިދަނީ މިހެން.

  13
 2. އަން

  އަންހެނަކު ވެރިޔަކަށް އިސްކޮށްފިބަޔަކަށް ކާމިޔާބުނުވާހުއްޓެވެ.

  12
  1
 3. ޖަނާ

  މުޅިންވެސް އޮޅުވާލުން.މަކަރާއި ހީލަތް.މިއޮތީވާ ވެރިކަމެއް.