މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާ މައުލޫމާތު ދީފައިވާ ގޮތުގައި މިއަދުގެ މެންދުރު 13:00 ފެށިގެން ހަވީރު 17:00 ހަމައަށް މި ހުދު ސަމާލު ދެމިގެން ދާނެއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މާދަމާގެ ހެނދުނު 10:00އާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލައިލާ އިރު، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެއެވެ. އަދި އުތުރާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ނަމަވެސް، އެހެން ހިސާބު ތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ. އެހެންކަމުން އެ ސަރަހައްދު ތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އެދެވިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    އިންޒާރު ނޯޓިސް ލިބެނީ ޝަހިންދާ ފަދަ މުޖުރިމުންގެ ސަބަބުން މީހުން ނުބައިވެ ﷲއަށް ގޮންޖަހަމުން ގެންދާތިީ ކަލަކުވޭ ބިރުވެތިވޭ

  2. ގުގުރޭ

    މިހާރަކަށް އަހިސް ރާއްޖޭގެ މޫސު މަށް މިވަނީ ކިހިނެއް ހުދު އެލާޓެއް ނެރެފަ ރަތް އެލާޓެއް ނެރެފަ ފެހި އެލާޓެއް ނެރެފަ ރީންދޫ އެލާޓެއް މި ނެރެނީޔޯ؟ މި ސަރުކާރުއައި ފަހުން މޫސު މަށް ވެސް އަސަރު ކުރީދޯ ދެން ކީކޭ ބުނާނީ

    4
    1