ލ.ފޮނަދޫއިން ފުރައިގެން ޑިންގީއެއްގައި އެއަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ކަމަށް ބުނާ އައިމިނަތު ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތް ފުލުހުން އަލުން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝީމާ ގެއްލުނު ކަމަށް އެ ޑިންގީގައި ދެން އިން އަހުމަދު ފަޒީލް ބުނެފައިވާ ސަރަހައްދަށް ފީނައިގެން މިހާރު ދަނީ ބަލަމުންނެވެ. ފުލުހުންނާއި ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ ޝިމާ ހޯދުމަށް އެސަރަހައްދައް ފީނައިގެންނާއި ވައިގެ މަގުން ބަލާފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުންނާއި އެ މައްސަލައިގައި ޝައްކުކުރެވޭ ކަންކަން ހުރުމުން ފުލުހުން އެމަސައްކަތް ހުއްޓައިލިއެވެ.
މިކަމާ ގުޅިގެން "ވަގުތު" އިން ގުޅުމުން ފުލުހުން ބުނީ ލ. އަތޮޅުގައި ޝިމާ ގެއްލުނު މައްސަލަ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށާއި އެކަމާގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
"ޝިމާ ގެއްލުނު މައްސަަލަ އާއި ގުޅުން ހުރި މަސައްކަތްތަކެއް މިހާރު ލ. އަތޮޅުގައި ފުލުހުން ދަނީ ކުރަމުން" ފުލުހުން މައުލޫމާތުދިނެވެ.
ޝިމާ ގެއްލުނު ހާދިސާގައި އެ ޑިންގީ އިން ދަތުރުކުރި ފަޒީލް ސަލާމަތް ވެފައިވަނީ ފަތައިފައި ގޮސް ސިކްސްސެންސެސް ލާމު ރިސޯޓުގެ ފަރާހަމައިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޝިމާގެ އާއިލާއިންނާއި އަދި ބައެއް ފަރާތްތަކުން ވަނީ ފަޒީލް ޝިމާ ގެއްލުވާލި ކަމަށް ތުހުމަތުކޮށްފައެވެ. އެހެން ނަމަވެސް ފަޒީލް ބުނެފައި ވަނީ ޝިމާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި ވާކަމަށެވެ.
ފަޒީލް އަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ދާދި ފަހުން އެއަތޮޅު ފޮނަދޫގައި 40 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައިވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
މިހުރިހާކަމަކީވެސް ލާދީނީ ރިޕޯޓާއި ދުރަށް މީހުން ގެންދިއުމެވެ.
1 އަހަރު ދަނީ އަދި ހަމަ ކުރެވުނު ކަމަކީ ރިޕޯރޓް އެެއް ނެރެވުން، އެ ނޫނީ ހަމަ ބޮޑެތި ބޮޑެތި ބޭފުޅުން ޗުއްޓީ ހޭދަކުރެއްވުން ރަސްމީ ދަތުރު ތަކުގައި ހަމަ އެޖެންޑާ 19.
ދޮގުނަހަދާ އިނގޭ. މަހޭ އަމީތާބުއާވެސް ބައްދަލުކުރި ހަމަ މިއަހަރު. އަދި ސުނިލްޝެޓީއާވެސް ބައްދަލުކުރި. މިހިރީ ވެސް ތި ލިސްޓުންބައެއް
އިރާ ދަކުރެއްވިއެޖެއްޔާ އަ ދި ފެއްނާނެ
އެމްޑީއެންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށް މިހާރު ޖައްސާ ސްޓަންޓުތައް.
- ގެއްލިފައިވާ މީހެއްގެ ތުހުމަތު އޭނަގެ އަނބިމީހާގެ ބޮލުގަ އެޅުވުން.
-ޝިމާ ފެނޭތޯ އަނެއްކާވެސް މަސައްކަތްކުރުން
-ޔާމީންގެ މައްޗަށް ޝަރީއަތްހިންގާ، ޖަލައްލާން ހުކުމްކުރާކަމަށް އަޑުފެތުރުން.
-ބޮޑެތި ވައްކަމާއި ކޮރަޕްޝަންރޯމާދުވާލު ހިންގާ ރައްޔިތުންގެ ވިސްނުމާކުޅުން.
ދިވެހި ފުލުހުންގެ ކިބައިގައި ތިކަންހޯދާ ގަނެވޭނެހާ އިލްމަކާއި ހިލްމެއްނެތް. އަދި ކިޔެއްތަ އެފަދަ ގާބިކްކަމެއްވެސް ނެތް. ތިޔަ ކުއްޖާ ހޯދޭނެކަމާމެދު ޝައްކެއް ނުކުރަން ޔަގީންކުރަނީ. އެހެން ނޫންނަމަހީ މިހާރުވާނީ ހޯދިފައި.
ކަލޯ ރާއްޖެއަށް ކުރީޒަމާނުގައި ރަންނަމާރިއެއް އަރާ ރީތި އަންހެންކުދިންތަށް ވަނީ މަރާފަ އެކުދިންތަށް ހޯދުމަށްް މަސައްކަތްކުރިއްޔާ މާ ތާހިރުވާނެ......... މިހިރީ އެމްޑީއެން ހަދާނުން ފުހެލުމަށް ޓަކާ ގުނބޯ ސަރުކާރުން ޖަހާ ރޮކެޓު.
އެންމެ ފަހުން ރަންނަމާރިއައްވީ ރަސްގެފާނު ދޯ ބޯހަލާކު
ފުލުހުންގެ ތެރޭގައި މިވަރުގެ ތަހްގީގްތަށް ހިންގޭނެވަރުގެ ވިސްނުންތެރި ހިކުމަތްތެރި ބަޔަކުނެތް މިހާރަކު، ފައިސާގެ ފަހަތުގައި އެންމެން ތިބީ ފޮރުވިގެން، މަރުކޮމިޝަނޭކިޔައިގެންވެސް ހިންގަނީ ޖަރީމާ، ރައްޔިތުން ނުކުމެގެންނޫނީ ދެނެއް މިގައުމު ހަމަމަގަކަށްނޭޅޭނެ.
މާތް ﷲ ގެ އިރާދަ ފުޅާ އެކު އަދި ފެންނާނެ .... ކަހީނަކު ބުނި ބޭރު ކަރަޔަކަށް ޔޮޓެއްގައި ދިޔައީވެސް ވެދާނެ އެހެން ކަމަށް ވެސް