ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ހުކުމް ތަންފީޒު ކުރަމުންދާ ބޮޑު ކުއްވެރިއެއް ކަމަށާއި އެމަނިކުފާނު ރާއްޖެއާއި ހަވާލު ކުރުމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މުހައްމަދު އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މުހައްމަދު މިހެން ވިދާޅުވީ އިންޑިއާގެ "ދަ ހިންދޫ" ނޫހާއި ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާ އިން ރައީސް ނަޝީދު ރާއްޖެ އާއި ހަވާލުކުރަން ސަފީރު ގޮވާލެއްވިއިރު އަންނަ ހޮނިހިރު ދުވަހު ރައިސް ނަޝީދު އިންޑިއާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ މިހާރު ރާއްޖޭގެ މަޝްރަހުގައި ހިގަމުންދާ ކަންތަށް ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭރުގެ މަންދޫބުންނަށް ރާއްޖެ ވަނީ ހުޅުވިފައި ކަމަށެވެ.

ސަފީރު ވިދާޅުވީ ދާދި ފަހުން ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޑރ.މުހައްމަދު އާސިމް އިންޑިއާއަށް ފޮނުވަން ދިވެހި ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިންޑިއާ ސަރުކާރުން ވަނީ އާސިމާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ރާއްޖޭގެ މަންދޫބަށް އިންޑިއާ ސަރުކާރާއި ބައްދަލު ނުވިނަމަވެސް ރާއްޖޭގެ މަޝްރަހުގައި މިހާރު ހިގަމުންދާ ކަންތަށް ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭރުގެ މަންދޫބުންނަށް ރާއްޖެ ވަނީ ހުޅުވިފައި ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރު ސިފައިން ފޮނުވަން ކުރީގެ ރައީސް ނަޝީދު ގޮވާލި ގޮވާލުމަކީ ގައުމަތް "ގައްދާރު ވުން" ކަން ފާހަގަ ކުރައްވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

ސަފީރު އަހުމަދު މުހައްމަދު ވަނީ އަދި ކުރީގެ ރައީސް ނަޝީދު އަކީ އޭނާގެ އަމަލުތަށް ހުރި ގޮތުން ދިވެއްސެކޭ ބުނެވެން ނެއް މީހެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާ ވާހަކަ ގަދައަށް ފެތުރިފައިވީނަމަވެސް އިންޑިއާ ސަރުކާރުން އެފަދަކަމެއް ކުރަންއުޅޭ ކަމުގެ ވާހަކައެއް ރަސްމީކޮށް އެނގިފައިނުވާ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާނު

    ރަގަޅު ވަރަށް ރަގަޅު، ތިވާހަކައަށް މަ ވަރަށްބޮޑަށް ތާޢީދު، ސާބަހޭ ސަފީރު ފިސާރިކެރިގެން ވަނީ.....

  2. އހ

    މިހާރު ލަންކާ އައްވެސްމީހަކުފޮނުވައިފިން ތިކަންކުރަން އަނެއްކާ އެހެންމީހަކު އިންޑިޔާއައްފޮނުވަންވީ މަޑޭމެންނަކައްނުވާނެ އެއްވިސް ކަމެއް ފުލުންނާއި ސިފައިން ފޮނުވަންވީދޯ

  3. ބާޤީ މައުމޫން

    މީ އިންޑިއާ އަޑީގައޮވެގެން ނަޗީޑު ލައްވާ ކުރުވާކަމެއް...

  4. ހުސޭނުބޭ

    ކުޑަވެސް ޝައްކެއްވެސްނެތްގޮތުގައި ޔާމީނު ވަނީ އިންޑިޔާ ސަފީރު ބްލެކްމެއިލްކޮށްފައެވެ. ކެކެކެކެކެކެކެކެ......... ދެން ގޮވާ މިހެން.......... އަދި ކިރިޔާ އިންޑިޔާއަށް ތި ފެނުނީ މައްސަލައިގެ ބޮޑުފަނި.

  5. ޙަސަން އަބޫބަކުރު

    އަށްޑިހައިގެ އަހަރުތައް ގުނަމުން ދިޔައިރު ދިވެހި ސިފައިންނާއި ފުލުހުން ހަތިޔާރުތަކާ އެހާދޯޅަ ބައެއްނޫން. ޢެއީ އެތަކެތި ބަޑިގުދަނުގައި ފޮރުވި އެންދެރިމާގޭ އިލްޔާސްގެ އަތްޕުޅުގައި ބަޑިގުދަނުގެ ތަޅުދަނޑި އޮންނާތީ. ނަޝީދަށްވެސް އިލްތިމާސް ކުރަން. ވެރިކަމާއި ހަވާލުކުރީމާ ގަންނާކުރެއްވި ބިރުން ފައިބައިގެން ދިޔައީ، ދެން ވެރިކަމާތޮޅެން ނަހަދާ

  6. Anonymous

    ނަސީދުއާއިކުޅެންނުހަދާ

    • ކޯބްރާ

      ތިޔަ ނަޝީދުއަކަށްވުރެ އަހަރެމެނަށް މުހިންމު މަސްމާރުކޭޓު ދޮރުމަތީގައި އޮންނަ ފައިފުހޭ އެތިގަނޑުވެސް.

  7. ވަކަރު

    ޥަރައް ހީވޭ މީނަ އާ މޯޑި ބައްދަލު ކުރާނެހެން

  8. ޝިފާ

    މީ މުޅި ދިވެހި ގައުމާ ދިވެހީންނަން ހަރާމް ކޯރުވެފަ ހުރި އާދަމްގެ ދަރިއެއް ބަލަ މީ ކެނެރީގެ ގައުމެއްނޫން އަދި ކާމިނީގެ ގައުމެއްވެސްނޫން އަދި ބުރުމާގެ ކައްޓެއްވެސް ނޫން ހަމަ ކޮންމެ ދިވެހި ދަރިއެކޭ ނަޝީދުއެކޭ މައުމޫންއެކޭ ބުރުމާއެކޭ ޔާމީނެކޭ ވާނީ އެއްވަރު މިޣައުމަށް ދެއް ކޮން ހާވަރަކަންތަ މި ބާގަޑު އަހަރެމެން ޤައުމޭ ކިޔާ މި ފެލެއަރުވަނީ މީ އަހަރެން މުޅި ރައްޔަތުންގެ ޤައުމެއް ނަޝީދު އަކަން ނުބުނެވޭނެ އިންޑިޔާ ސިފައިން މިތަނަން އަރާކަން މައުމޫންއަކަން ނުބުނެވޭނެ ކައްޓަކަންވެސް ނުބުނެވޭނެ މީ ބައިގަޑު އިންޑިޔާ ސިފައިން މި ގައުމަށް އަރަންފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނަގަންވީނު އޭރުން އިގެދާނެތަ މި ބައިގަޑުގެ އެދުންވެރިކަން ފެންނަކަމަށް ވޯޓްދޭނީ ޖީއެމްއާރއިން ލާރި ބަޑުއޅާފަތިބް ޤައުމަށް ގައްދާރުވެފަ ތިބި މީހުން

  9. ނުރަބޯ

    އިންޑިއާ ސިފައިން އެއިރުއޮތީ ހަމަ އަންނަގޮތަށެވެ. ރާވާލާފައި އޮތީ ބާޣީން ވަރުގަދައަށް މުޒާހިރާޖައްސާ ދުވަހަކު އިންޑިއާ ސިފައިން އަރައިގައްނަގޮތަށެވެ. އެހެންކަމުން ބާޣީން ތިބީ އެކަމާ އުފަލުން ފުރިގެން ފިސާރި ފޯރިޔާ ޖޯޝްގަ އެވެ. މީގެ ދެމީހަކު ބައްދަލުވާއިރުވެސް ހިނިގަނޑެއް ޖަހާލުމާ އެކަކު އަނެކެއްގެ ކޮނޑުގައި ޖަހާލާ އުފާކުރަމުން ދިޔައެވެ. އެއިރު އިންޑިއާގެ ސަރުކާރުގެ އެކިފެންވަރިގެ ވެރިން ދިޔައީ ސިފައިން ފޮނުވަންޖެހިދާނެ ކަމަށް އިންޒާރަކު ފުލު އިންޒާރެއް ދެމުން ނެވެ. އެއީ މިކަމާ މެދު ޗައިނާއިން ބުނަނީ ކީކޭތޯ ބަލާށެވެ. އެއިރު އަދި ޗައިނާއިން މިކަމާމެދު ޗުއްޕުވެސް ނުބުނެއެވެ. އެހެންކަމުން ޗައިނާގެ މި ހަމަހިމޭން ކަމުގެ ސަބަބުން އިންޑިއާ އަށް އިތުރު ހިތްވަރު ލިބިގެން ދިޔައެވެ. އެއިރުވެސް ނަޝީދު ދިޔައީ އިންޑިއާގެ ފޫކޮޅުގައި ކޮށްޓަމުން ހަނދާންކޮށްދެމުންނެވެ. އެއިރުދެން އިންޑިޔާއަށްވެސް ހީވެފައި އޮތީ މިހާރުދެން ދިވެހިރާއްޖެ އަކީ ރިމަންމެންގެ ތަނެއްކަމެވެ. ކޮންމެއަކަސް ޕްރޮގްރާމަށް އަމަލީ ސިފަގެންނަން ކުޑަތަންވީތަނާ އަނހާ ސަހަރޯ....!!! އެއްކަލަ ޗުއްޕުވެސް ނުބުނެ ނިދާފައޮތް ޗައިނާއިން އެ ދިނީ ވަރުގަދަ ހޫނު އިންޒާރެކެވެ. ޝަހާދަތް އިނގިލި މަޅާލާފައި އެދިން ހޫނު އިންޒާރުގައި އެންގީ ނަމަނަމަ ކަލޭމެން ދިވެރާއްޖެއާ ނުބެހޭހުށިކަމެވެ. އަދި ތިމަންމެންގެ މި އިންޒާރާމެދު ކުށްހީ އެއްވެސް ނުކުރާހުށި ކަމެވެ. އެހިސާބުން އިނޑިއާގެ މުންޑު ސަރުކާރަށް ޖެހުނީ ލައްބައިކަ އޭބުނެ އެއްކަލަ ފައިލް ލައްޕާލާށެވެ. އެހިސާބުން އެއްކަލަ ބާޣީ ބައިގަނޑުގެ ޖަޯޝް ފިނިވެ އެންމެން ގަބު ވީއެވެ. މިވީ ކިހިނެތް ހެއްޔެވެ. އަނިޔާވެރިންގެ ކިބައިން މާތްﷲ މިބިން ސަލާމަތް ކޮށްދެއްވާ ރައްކާތެރިކޮށްދެއްވީއެވެ. އަލްޙަމްދު ލިﷲ.

  10. ާހޯހޯ

    މަވެސް ތާއީދު