ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

"ދެންމެ ތޫފާނެއްގައި ވައި ޖެހޭ މިންގަނޑަށް ކޮޅިގަނޑު ވަނީ ބަދަލުވެފައި" މެޓު އޮފީހުން ވިދާޅުވިއެވެ.

މި ތޫފާނަށް ދެވިފައިވާ ނަމަކީ "މަހާ" އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ވަގުތު" އަށް ވިދާޅުވީ ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް، ރާއްޖެ އަށް ތޫފާނުގެ އަސަރު ކުރާނޭ ކަމަށެވެ.

"މަހާ" ގެ ނަމުން ދެވިފައިވާ މި ތޫފާނުގެ ސަބަބުން ކުރިއަށް އޮތް ވަގުތުތަކުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ ރާއްޖޭގެ މައްޗައް އަރަމުން ދާނެ ކަމަށް މެޓުގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެެވޭނޭ ކަމަށް މެޓު އޮފީހުން ވިދާޅުވެފައި ވާއިރު މި ތޫފާނަށް ދަނީ ހީނުކުރާހާ ވަރުގެ ބަދަލުތައް އަންނަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަސަންޑި

  ކޯފާ.... އަދިވެސް ދީންގަބޫލު ނުކުރާމީހުންގެ ބަސް ގަދަވަނީ

  43
  3
 2. ﷲއަކުބަރު.

  މާތްﷲ ގެ ކޯފާ ޢަދިވެސް މާތް ރަސޫލާ ސ.އ.ވ އަށް ފުރައްސާރަކޮއް ޖޯކް ޖަހާފަ ބާރައް އަތްޖަހާ ސަލާމަތައް ެެެ

  46
  2
 3. ާަާމަ

  ޔާ ﷲ ފާފަކުރާމީހުންގެ ސަބަބުން އަޅަމެންގެމައްޗަށް އާންމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ. އަޅަމެންނަށް ހެޔޮމަގުދައްކަވައި ފާފަފުއްސަވާނދޭވެ. އާމީން.

  44
  2