ރާއްޖެގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑްގެ ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައި ބާއްވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑް ހަރަކާތް ކުރިއަށް ދާނީ މިފެށޭ މަހުގެ 1 ވަނަ ދުވަހު އާއި 2 ވަނަ ދުވަހު ކަމަށެވެ. ނޮވެމްބަރ 1 ވަނަ ދުވަހު އޮންނަ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭއާއި ބޭންޑް ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ގައި 16:30 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ހަރަކާތްތައް ކުރިއަށްދާއިރު ހުރިހާ ރައްޔިތުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާގޮތަށް ވެސް އެމްއެންޑީއެފުން ވަނީ ހަމަ ޖައްސާފައެވެ.

ނޮވެމްބަރު ދެ ވަނަ ދުވަހު މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ދައްކާލުން އޮންނާނީ ޖުމްހޫރީ މައިދާނުގައި އެދުވަހުގެ 16:30 ގައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީއްކުރާނީ!

    ހެހެހެ ނޮވެންބަރު 3 އާ ގުޅިގެން އެއްވެސް ހަރަކާތެއް ރާވަން ލަދުވެސް ގަންނާނެ ނުބާއްވައެއްވެސް ނުކެރޭނެ. ކެކެކެ

    4
    1
  2. ާަމާނީ

    ރާއްޖެތެރޭގަ ނުބާއްވަނީ ކީއްވެ؟ އަހަރެމެންގެ ދަރިންވެސް ތިބީ ތިބަލާ ފޮޓޯ ނަގާ ހިތުން

    4
    1