އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަޔާތްޕުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި މެސެޖުގައެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި ހިތްތައް ސާބިތު ކުރުމަށް ކަމަށެވެ.

އަދި މި މުނާސަބާ ފާހަގަކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައިކަން ފާހަގަކުރައްވައި، އެމަތިވެރި ޛިކްރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުންކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

"އަނެކުންނަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތަކެވެ. ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑެވެ." ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ދުވަސްވީ މީހުންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައްކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ވާވް

  އެންމެ ރިވެތި ސިފަތައް! އެއި ތެދެއް.

  33
 2. Anonymous

  މުނާފިގު ކަލޭގެ. ކަލޭގެ ހިތުގައި ނަބިއްޔާއަށް ލޯތްބެއް އޮތްނަމަ، މޑނ ގެ ޑެވިލްސްތަކަށް ހައްގު އަދަބު ދޭނެ.

  69
  1
 3. އިއްބެ

  ދުޢާއަކީ ރައްޔިތުންގެ މަޖްލިސްގައި، ފިރުއަނު ފަދައިން ބޮޑާކަން ދައްކަމުން ގެންދާ ޝައިޠާނާގެ ވަކިތަކުން ދިވެހި ޖުމްހޫރިއްޔަތުގެ ރައިސާއި ރައްޔިތުން މާތްﷲ ސަލާމަތްކުރެއްވުމެވެ.އަދި ލާދީނީ ބައިޑު ހިތިގޮތަކަށް ނިމިގެން ދިއުމެވެ.

  20
  • ޛ

   އާމީން.

 4. ރަޝީދު

  އަހަރެމެން ބޭނުންވަނީ ބަހާއި ޢަމަލާއި ދިމާވާ ރައީސެއް.މިހާތަނަށް ދިމާވެފައިއެއްނެތެވެ.ދެންސަލާމް.

  23
 5. ސޯލިހު

  މި ސޯލިހު މުނާފިގަކާ ވައްތަރުތަ އިބޫސޯލިހު ބުނެދީބަލަ...

  19
 6. އަޙްމަދު

  ކޮބާ ނަޝީދުއާއި އެނާއާއި އެކު އުޅޭކުދިން. މާދަމާ މަޖްލިހުގައި ރައީސުގެ އެރުބާރު ނެތްކަމުގެ ވޯޓެއް ނުނެގިއްޔާ ރަނގަޅު!

  18
  1
 7. އަލީމޫސާ

  ހިތާ ދެކޮޅަށްވެސް ބުނެވުނު އެތި ރަގަޅު.

  21
 8. ޢަބްދުއްލަޠީފު

  . ކަލޭ ހީކުރީ ތިކުރާ ކަންތައް އަހަރުމެންނަށް ރޭކާނުލާނެކަމަށްތަ. ކަލޭމެން ޑިމޮކްރެސީ ކުޅެން އަހަރުމެންގެ ލޮބުވެތި ނަބިއްޔާ އާއި އަހަރުމެންގެ އިލާހާއި އަދި ފޮތް ނަގައިގެން ތެޅިބާލާނެ ކަމެއްނެތް. މިހިރީކީ އެއްފަރާތް އަނެއްފަރާތާ އަޅާކިޔޭނެ ފަރާތްތަކެއްނޫން. މީ އެންމެ މަތިވެރިފަރާތުން ބާވައި ލައްވާފައިވާ އާޔަތްތަކުގެ މަތިވެރި މަފްހޫމަކީ. ولم يكن له كفوًا أحد . މުނާފިގުން އައިސް ބުނާނެ. ކަލޭގެފާނު ތީ ﷲ ގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމެވެ. އަދި ﷲ ވެސް ދެނެވޮޑިގެންވޭ ތީ އެއިލާހުގެ ރަސޫލާކަން. އަދި ﷲ ހެކިވެވޮޑިގެންވެޔޭ މުނާފިގުން އެހަދަނީ ހުސްދޮގޭ. މި އާޔަތްތައް ބާވައި ލެއްވިތަނާ ކުއްލިއަކަށް ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޞަޙާބީންނާއެކު އިންނަވަނިކޮށް މުނާފިގުންގެ ރައީސް އައިސް އެކަލޭގެފާނާ މުޚާޠަބުކޮށް މިބަސްތައް ތަކުރާރު ކުރުމުން އެމީހުން ފަޟީޙަ ވީގޮތަށް ތިހިރީ ފަޟީޙަތްވެފަ ދެން ކޮންމެހެން އަހަރުމެން ހައްދަން ތެޅިބާލާނެ ކަމެއްނެތް. ދެންވެސް ރަގަޅުކަމެއް ކުރާނަމަ ކެނެރީގޭ ބުއްޅާބެ ހިފާ ހައްޔަރުކޮށް އިސްލާމްދީނަށް ފުރައްސާ އޭނަބުނެގެން ކުރި ކުރުވި މީހުންނަށް ޙައްގު އަދަބުދީ. ނޫނީ އިސްތިޢުފާދީ. ނޫނީ ހަރަށްވަދެފިލާ އޮވޭ. ކަލޭފެނުނަސް އަހަރުމެން މިހިރަ ހުޅުފަޅާއިގެން ދަނީ. ބޮޑު ހިޔަޅު ހެދިގެން އުޅޭނެ ކަމެއް ނެތް.

  27
 9. ވނދނ

  ތިޔަހެން ވިދާޅުވުމަކުން ނުފުދޭ މަނިކުފާނު ތިވިދާޅުވާ ބަސްފުޅަކީ އިޚުލާސްތެރިކަމާއެކު ވިދާޅުވާބަސްފުޅެއްނަމަ އެނުލަފާރިޕޯޓް ނެރުނުމީހުންނައް ފިޔަވަޅުއަޅުއްވާ

  20
 10. ސުލޭމާނު

  މުނާފިގުވެ. ބަޔަކު ސަލާމަތްކުރަން ދިވެހިންގެ ލޮލުގައި އަނދުން އަޅުވަން ތި އިބިލީސް ތި މަސައްކަތްކުރަނީ.

  24
 11. ލައްކަ ވާހަކަ

  ބަހުން މެޓާ، ކަމުން ޗޯ..

  18
 12. މިއަދު

  އެހެންވެތަ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރާމީހުންނަށް މިސަރުކާރު އައިފަހުން މާގަދަފަދަ ބާރެއް ދީގެން ތިހުންނަނީ

  24
 13. ޕީޕީސީ

  މައު މޫންް އާއި އަންނި އާއި ޔާ މީން އަށް ވުރެ އަދި ފެންނަފެނު މުން ރައިސް އިބޫ ވ.ރަގަޅު
  ********

  2
  21
 14. މމ

  މުނާފިގު ކަލޭގެ. ކަލޭގެ ހިތުގައި ނަބިއްޔާއަށް ލޯތްބެއް އޮތްނަމަ، މޑނ ގެ ޑެވިލްސްތަކަށް ހައްގު އަދަބު ދޭނެ.

  21
  2
 15. ބަންސީ

  ރައީސްމީހާ ހީކުރަނީ އަނގައިން ބުނެލާއިރައް އަހަރެމެން ކަލޭތީ ތަގުވާވެރިއެެއްކަމައް ނިންމާނެ ކަމައްތޮއެވެ.

  22
 16. ޖުމާ

  އިބްރާހީމް މުޙައްމަދު ޞާލިޙު އަކީ ޢަމަލާ ބަސްފުޅު ދިމާނުވާ ބޭފުޅެއް.މީހުން ދައްކާވާހަކަ ކޮޕީ ކުރައްވާބެފުޅެއް. ހަމައެކަނި ބަހަކަށް ބަހެއް ވިދާޅުވާ ބޭފުޅެއް.އިބްރާހީމް މުޙައްމަދު ޞާލިޙު ތިހުރިހާކަމެއް އެނގިވަޑައިގެން ހުރެ އެގޮތަށް ޢަމަލުފުޅު ނުބަހައްޓަނީ ކީއްވެތޯ.އެގޮތަށް ތޯ ވެރިކަމަށް ވަޑައިގަތުމަށްފަހު ޢަމަލުފުޅު ތިބަހައްޓަވަނީ.އިންސާފުންތޯ ކަންތިކުރައްވަނީ. ކީރިތި ރަސޫލާ ނަމޫނާފުޅަކަށް އެއްވެސް ކަމަކަށް ބެއްލެވި ފަ އެބޮތްތޯ. ހަމައެކަނި ތިމާގެ ޕާޓީ ހިތްރުއްސުން.ޢާއިލީ ވެރިކަމަކަށް މުޅި ޤައުމު ބައްޓން ކޮށްފަ ނޫންތޯ މިއޮތީ.ދިވެހިރާއްޖޭގެ ވެރިއަކަށް އިސްވެވަޑައި ގަތް އިރު ތިމާއާ އިދިކޮޅަށް ތިއްބެވި ހުރިހާ ބޭފުޅުންގެ ދުވަސް ދުއްވާލަން.ކީރި ތިރަސޫލާ ނަމޫނާ އަކަށް ބެއްލެވި ފަ ނެއް ޒައްރެއްގެ މިންވަރުވެސް.

 17. ޢނސފ

  ބޭފުޅާ ގެ އޮފީސް ކޮޅުގަ އެ އުޅޭ ސަބްރާ މެން މީ ހުތުބާ އަށް ހޮޓްބާ ކިޔައިގެން ،އުޅުނު ދައްޖާލުން ، ބޭފުޅާ ގެ ސަރުކާރުން މުސާރަ ދީފަ ބައިތިށް ބާފަ އެތިބެ ސަހިންދާ ، އޭނާގެ ބޭބެ ކ އިބްރާ ، އާނިޔާ މެން ، ދެންވެސް އެއުޅޭ ލާދީނީ ބައިގަނޑު ޖަލަށް ލާފަ ތިހިން ކިޔާ...އެމީހުން ދެށްކީ ސިޔާސީ ވާހަކަ އެށް ނުން...އެމީހުން ބެހުނީ އިސްލާމް ދީނާ....

 18. ޙސހސހ

  ޢެހެންވިއްޔާ ކީއްވެ ރަސޫލާ ސއވ އަށާއި އިސްލާމް ދީނަށް ބަޔަކު ފުރައްސާރަ ކުރީމާ ފިލައިގެން ދާން ދޫކުރީ. ޢަދިވެސް ރެޑް ނޯޓިން ނުނެރެނީ. މަކަރުވެރިކަން ހާދަބޮޑޭ. ދިވެހިންގެ ތެރެއިން 138000 މީހުން މީނާޔަށް ވޯޓުދިނީ މިކަހަލަ މަކަރުވެރި ގޮތަކަށް ވެރިކަން ކުރަންތަ.