އައްޑޫ ނޭޗާރ ޕާކުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އައްޑޫގެ އާއްމު ފަރާތަކުން މަޖިލީހުގެ ސަމާލުކަމަށް ގެނައި ނޭޗަރ ޕާކުގެ މުވައްޒަފުންގެ ކޮރަޕްޝަނުގެ މައްސަލަ އެސީސީއިން މިހާރު ވަނީ ބަލަން ފަށައިފައެވެ.

އާއްމުފަރާތަކުން މި މައްސަލަ ފުރަތަމަ ހުށަހެޅީ މަޖިލީހަސެވެ. އެފަރަތުން މަޖިލީހުގެ އެންވަޔަރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އަށް ފޮނުވި ސިޓީއެއެއްގައި ބުނެފައި ވަނީ ވަނީ މި ޕާރކް ހިންގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި މަޖިލީހުން އެމައްސަލަ ބަލައި ދިނުމަށް އެދޭކަމަށެވެ. މަޖިލީހުން މިހާރު ވަނީ އެކަން އޭސީސީގެ ސަމާލު ކަމަށް ގެނެސްފައެވެ.

އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މިތަން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕާރކު ހުޅުވުމާއެކު މިތަނަށް ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

އައްޑޫގައި އޮންނަ މި ހިތްގައިމު ޤުދުރަތީ ޕާކްގެ ހިތްގައިމުކަން ބަޔާންކޮށްދީ "އަފިރިންގެ ނޭޗަރ ޕާރކު" މި ނަމުގައި ޚާއްސަ ލަވައެއް މިހާރު ވަނީ ނެރެފައެވެ.

"އަފިރިންގެ ނޭޗަރ ޕާރކު" ލަވައިގެ މެލޮޑީ ހަދާފައިވަނީވެސް ޝަހުދާން އާއި އަޒަލް އެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ފާތުމަތު ސަޢީދެވެ. ނޭޗަރ ޕާރކުގެ ހިތްގައިމުކަމާއި އެތަނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ދައްކައިދޭ މި ލަވައިގެ ވީޑިއޯ ގްރަފީ ހަދާފައިވަނީ ގްރެފައިޓް އައިލެންޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު