ވޯޓު ފޮށިން ބަލިކުރަންޏާ ކުރަންވީ ކަމަށާއި އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ވައްޓައި ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކުރިން ވެރިކަން ވައްޓާލާނެ ކަމަށް އިދިކޮޅު ފާރާތް ތަކުން ބުނަމުންގެންދާތީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިން މަސައްކަތް ކުރެއްވީ ގާނޫނީ އިމުން ބޭރުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ކަމަށެވެ. އެގޮތަށްކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން މިހާރު ދައްކަނީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޯޓު ފޮށިން ބަލިކުރަންޏާ ކުރަންވީ, ރައީސް ޔާމީން ވެރިކަމުން ވައްޓާލާ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއް ނޫންތޯ؟ ފުރަތަމަ އެމީހުންގެ އެތެރޭގެ ކަންކަން ހަމައަކަށް އަޅުވައިގެން ނޫންތޯ އެހެން ބަޔަކާ ދިމާއަށް އާދެވޭނީ،" ޑރ.ޚަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރައީސް ޔާމީން މިގައުމަށް ގެނެސް ދެއްވަމުން ގެންދަވަނީ އެއަށްވުރެ މާ ހެޔޮބަދަލުތަކެއް ކަމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވަނީ އެއަށްވުރެ މާބޮޑަށްވެސް ރަނގަޅު ކަންތައްތަކެއް ކަމަށެވެ.

"މިސަބުތަކަށްޓަކައި ރައްޔިތުންގެ ވޯޓު ރައީސަށް ލިބި ވަޑައިގަންނަވާނެ އިރާދަ ކުރެއްވިއްޔާ،" ޑރ.ޚަލީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދާދިފަހުން މ.ކުނޫޒު ކުރިމަތީ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަކަށް ދާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމަށް ފަހު އިލެކްޝަންސް ކޮމިޝަން ވެސް މިނިވަންކޮށްފައި ކަމަށެވެ.

"ރައީސް ޔާމިން ގާނޫނީ އިމުގެ ތެރެއިން ގޮޅިއެއްގައި ހައްޔަރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރަން. އިރާދަކުރެއްވިއްޔާ މި އަނިޔާވެރިކަން ހުއްޓުވުމަށްފަހު އަދި ރައީސް ޔާމިން ބޭލުމަށްފަހު ނޫނިއްޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު މިހެން ވިދާޅުވެފައި ވާއިރު ދިގު މެދުކެޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވުމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖޭޡް

    ރައީސްޔާމީނުގައި އެންމެ ބާރަށް ދައިގަތީ އެމަނިކުފާނު އެންމެ ގާތްކުރެއްވި ބޭފުޅުން އެގޮތުން އަދިބައި ނާޒިމް ފާރިސް އާއި މާއުމޫނު އަދި އެއްކަލަ މަގުމަތިވީ 12 ވަކަރުގޭ ކުދިން

  2. ހުސޭނުބެ

    މިވެރިކަން މަގުމަތިން ވެއްޓޭނީ ފުރަތަމަ ސަމީރު ބޮލުގައި އިސްތަށި ފެޅި ދުވަހަކުން!! ފުރަތަމަ ބޮލުގަ އިސްތަށި ފެޅުވޭތޯ ބަލާ!!!

    • ސައްލޭ

      މީނަ ދެން މީ ކާކު ރޔ ވެރިކމަުން ބާލަން. ސްޓެލްކޯއިން ސައިޒަށްވުރެ ބޮޑޫ މަގާމެއް ހޯދީ ޔާމީނަށް އާދޭސްކޮށް ރޮއިގެން. ރައިސް މިއަދުވެސް އެކަމަށް ހެކިވާނެ. ދެން ޚާއްސަމަޖްލިސް ގޮޑީއަށް ކުިރމަތިލާ ސްޓެލްކޯގެ އިންޖީނު ދޯނި މީނަ ބޭޏުންކުރީ އަޮޅުގަތެރޭ ދުއްވަން ކެމްޕއެން ކުރަން. ސިދާ ކޮރަްޕޝަން.
      ދެން އަނެއްކާ މީނަ ދިޔަ ސްކޫލެއް އެގޭ މީހަކު މިގަުމުގަ އެބަހުރިބާ؟

  3. ޢަލީ

    ހޮވުނަސް ނުހޮވުނަސް މަ ވޯޓް ދޭނީ ޔާމިނަށް... ވޯޓް ކަރުދާހުގަ ދަނޑިކޮ ކުރެހިޔަސް ކެނެރީގޭ ބޮޑު އިބިލީހަކަށް މަވޯޓެއް ނުދޭނަން.. ވަރަށް ސަލާމް..

  4. ހެވެންޓްއައި

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ތަމެންނަށް މަމެންގެ ވެރިކަން ހަރާމްކޯރު ބޮޑު ދެހުކުމޭ މެންނަށް ކަޓް ދީގެން ވެސް ނުވެއްޓުނޭ ދެން ކުޅަދާނަ އެއް ނޫނޭ މަމެންގެ ވެރިކަން ގާނޫނުގެ ތެރޭން ވެސް ވައްޓާލަން އަދި ގާނޫނުން ބޭރުން ވެސް ވައްޓާލަން. ތަމެން ދެން ކެނެރީގެ ނަޝީދު ކުރިމަތީގައި ކުރު ސްކާރޓް ލައިގެން ކޮއްޅަށް ހުރެ ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދަ ސީލާ ދޯ. އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ތައުޒަންސް ޓައިމް ޔޫއާރ އަ ފެއިލިއަރ ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް ޔޫ ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް. ހޭވް ޔޫ ގޮޓް ނޯ ޝޭމް ޔޫ ލުކިންގް އިންސޭން ޔޫއާރ އަ ފެއިލިއަރ ފެއިލިއަރ ފެއިލިއަރ ހަހަހަހާހާހާހާ ހަހަހަހާހާހާހާ ޑާންސް ޑާންސްް ޑާންސް ޑާންސް..

  5. ކީއްވެތޭ

    ޖީއެސްޓީ ނަގާ ގައުމެއްގައި ވިޔަފާރި އުސޫލުން އެއްވެސް ކަމެއް ކުރެވޭނީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްގެން ނެވެ. މިހާރު މަމެންނަށް އެބަ ޚަބަރު ލިބޭ މާލެ ތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ބްރިޖް މަސައްކަތަށާއި އަދި ހުޅުމާލޭގައި ހަދާ ފްލެޓްްސް ތަކުގެ މަސައްކަތް ކުރުމަށް ޗައިނާ މީހުންނަށް ސަޕްލައި ކުރާ ވާހަކަ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަން ވެސް ޖެހޭނީ އެޗްޑީސީން ބަލާ އެކަން ހުއްޓުވަން. ސަރުކާރުން އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދު މުގުރާލާނަމަ ދެން އެމެރިކާ ގޮތަށް މިރާއްޖޭގައި އުޅޭނީ މުޅިންވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ނެވެ. މިކަން ވެސް ޖެހޭނީ ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި މިހާރުން މިހާރަށް ހުއްޓުވަން އެޗްޑީސީން. ކޮންސްޓްރަކްޝަން ސައިޓް ތަކުގައި މަސައްކަތް ކުރަން ޖެހޭނީ ސީދާ ގަވާއިދާއި އެއްގޮތަށް އުޅޭ ބަންގާޅީން ނެވެ. އެމީހުންގެ ފައިސާ ބަލާ ބަންގާޅުން އަންނަނީ އަންހެން އެޖެންޓުންނެވެ. މިކަން ކަން އިނގޭތީވެ މިބުނަނީ.

  6. ޙަފްޞާ / މާލެ

    މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު 2018 ރައީސް ޔާމީން ކާމިޔާބުކުރައްވާނީ އިދިކޮޅުން ލަދުގަންވާލާވަރުގެ މަތީ ނަތީޖާއަކުން! މިކަން އެގޭތީ އެ ތެޅި ބާލަނީ މީސްކޮޅު ވިޔާވިޔާ ވެގެން ނުގޮސް ހިފެހެއްޓޭތޯ!!!

  7. ޚަލީލު

    ކަލޯމެން ކުރިންބުނި ކޯޓުން އަމުރުނެރޭށެވެސް ނެރުނީމައި ވީކިހެނެއް ތިބެތިބެގެން އަގައޭކިޔަ

  8. ސީލާސީލާ

    މިހާރު އެމްޕީއެލް ސަރަހައްދުން ރޭގަނޑު މުދާ ބޭރުކުރުން އޯކޭ ދޯ. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތެ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ތަމެން ދަ ރާއްޖެތެރޭ ސްޓޭންޑަރޑް މާލެ އަށް އެޕްލައި ކޮށް ގެން ނުހިނގާނެ ކަން މިހާރު ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ އެޒާތުގެ ސެންސްލެސް ލޭޒީ ބިންމަތި ފައިވާން ދަމަމުން މަގުމައްޗަށް ރަތް ކުޅު ތަޅަމުން ދާ އުސޫލު ޖެހޭނީ މާލޭން ފުހެވެން. އެކަން މަމެން ކުރާނަމޭ. ތަމެން ދެން ސީލަ ބަލަ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ. ހޭވް ޔޫ ގޯން ނޯ ޝޭމް ޔޫ ލުކިންގް އިންސޭން. ސީލާ ސީލާ ސީލާ ސީލާ.

  9. އަންސަލް

    ޔާމީން އަހަރުމެން ކައި ނިންމައިފި. އަޅުވެތި ކޮށްފި. ޕްލީސް ޔާމީން. ޔޫ ގޯ އަވޭ..