ހއ. ތުރާކުނު ހުޅަނގު ބޭރުން މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ފެނިގެން، އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަތުލާގަތް އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނުވަ މީހުން އަނެއް ބޯޓުގައި 10 މީހުން ތިބި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެ ބޯޓު އަތުލައިގެނެފައި ވަނީ ތުރާަކުނުގެ ހުޅަނގު އުތުރުން 29 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އަދި މި ދެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ އަތޮޅު އުލިގަމު ބޭރުގައި ބަނދަރުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުުގައި، މި ދެ ބޯޓުގައި ނަގާފައި ހުރީ އިންޑިއާ ދެ ދިދައެވެ.

"މި ބޯޓުތަކަކާއި ގުޅޭކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި ވުޒާރާތަކާއި ގުޅިގެން އިތުރަށް ދަނީ ބަލަމުން". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކެކެކެ

    ރާއްޖެއަށް ފިޔާ ހިފައިގެން އައި ދެ ބޯޓު އެއީ.

    4
    1
  2. ޛެމެން

    ދޫކޮށްލާ އިންޑިޔާ ދިދަހުރިއެއްޗެއްގަ އަތެއް ނުލެވޭނެ

    5
    1
  3. ވެރިން

    ތީ ހަމަ ރަށުކުދިން ކޮޅެއް،ދޫކޮށްލާ

  4. މަށަެ

    މޯދީބޭ ރުޅި އަތުވެދާނެ ފިޔަޔާ ހިލަވެލި ބަނދުނުކުރަނީސް އަވަހަށް ދޫކޮށްލާ މިއީ އިންޑިޔާގެ އަވަށެކޭ މިހާރު ވަރަށް ދެރަކަމެއް ތިކުރީ

  5. އަހްމަދު

    އިންޑިޔާގެ ދިދަނަގާފާހުރި އެހެންކޮންމެސް ގައުމެއްގެ ބޯޓްތަކަކަށް ވާނީ.

  6. ޓޯހަ

    ތިނަދޫ އަށް މަސްތުވާ އެއްޗެހި ގެންނަ މަގު