ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކި ކުރަން ރައްޔިތުން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮަތަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ޖޭއެސްސީން ވިދާޅުވީ، ފަނޑިޔާރު އާދަމް މުހައްމަދު އާ ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން. ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތަކެއް ނެތިގެންދާ ފަދަ ގޮތަކަށް އޭނާ އަމަލު ކޮށްފައިވާކަމަށް އެ ކޮމިޝަނަށް ފާހަގަވެފައިވާކަމަށެވެ.

އަދި ކޮމެޓީއަށް ސާބިތުވެފައިވާ އެ ކަންތައްތަކަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކަށް ވުމުން އޭނާ ފަނޑިޔާރު ކަމުން ވަކި ކުރުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާވިތުވެފައިވާ ކަންތައްތަކަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކަކަށް ވުމުން، ގާނޫނު ނަންބަރު 10/2008 (ޖޭއެސްސީގެ ގާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އެ ދެފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިން." ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވިއެވެ.

ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުންނެވެ.

ޖޭއެސްސީން ވިދާޅުވިގޮތުގައި، އެ ކޮމިޝަނުން ބަލަމުން ދަނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނަމަނަ

    ގައުމު ހަލާކުގެ ތެރެއައް ދުއްވަން ހަމަރައްޔަތުން ބަލަހައްޓާއިގެން ތިބެނީތޯ؟؟؟؟