ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މި ބައިސްކަލު ގެނެސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު، ވަގަށް ނަގާފައިވާ ކަމަށްބެލެވޭ ބައިސްކަލެއްގައި އުޅުނު މީހަކު ހުއްޓުވާ އޭނާގެ އަތުންނެވެ.

ފުލުހުން ވިދާޅުވީ، މި ބައިސަކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން އެދޭކަމަށެވެ. އަދި ފުލުހުން އިތުރަށް ވިދާޅުވީ މި ބައިސްކަލަކީ “ލޮޓަސް ބްރޭންޑް”ގެ ބައިސްކަލެއް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އަދި އެކަން ފާހަގަކޮށް ހުރިހާ ރައްްޔިތުންނަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.

މި ފަހަކަށްް އައިސް ފުލުހުން ދަނީ ގެއްލިފައިވާ އެތައް އުޅަނދެއް ހޯދާ، އެ އުޅަނދުތަކުގެ ވެރިފަރާތާއި ހަވާލުކުރަމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރުމަށް ފުލުހުން ބޭނުން ކުރަމުން ދަނީ މީސް މީޑިއާގެ ވަސީލަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު