ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ، ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި، ހ.ލޮބީ ހުސައިން ހުމާމް ބައިވެރިވިކަމަށް މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެެވެ.

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމް އަމަލީގޮތުން ބައިވެރިިވި ކަމަށެވެ.

ނަމަވެސް އެ ރިޕޯޓު އަދި ރަސްމީކޮށް ހާމަކޮށްފައިނުވާތީ ހުމާމްއާއި ގުޅުވައިގެން ރިޕޯޓުގައި ހުރި ހުރިހާ ވާހަކައެއް ތިލަވެފައެއް ނުވެއެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިކަން ސާބިތުވެ ހުމާމް މެރުމަށް ކްރިމިނަލް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުންވެސް ވަނީ ހުކުމް ކޮށްދީފައެވެ.

ނަމަވެސް ސިޔަސީ ފަރާތްތަކުން ބުނަމުން ގެންދިޔައީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމުގެ އަތެއް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާބަސް

    ހުމާމް ބައިވެރިވިކަން ސާބިތުވެ އޭނާގެ މައްޗަށް ޙުކުމް އިއްވައި، އެޙުކުމް ނިހާއީ ހުކުމަކަށް ހަދާފައި އޮއްވައި ދައުލަތުގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކޮށްގެން ކޮމިޝަނަކުން ތަޙްޤީޤުކޮށް ހުމާމް އެކަމުގައި ބައިވެރިވިކަމަށް ބުނުމުން ތިޔަ ކޮމިޝަނުގެ ކޮންމެ މެންބަރަކަށް އެމީހެއްގެ ބަރުދަނުން ރަންދޭން ޖެހޭނެ ކަމަށް ދެކެން.

    20
  2. އިބްރާހިމް

    ހުމާމަށް މަރުގެ އަދަބު ދޭންވީ ނޫންތޯ؟

    19
    1
  3. ފުނަދޫ

    އަދިވެސް މޑޕ ލާދީނީ ގުންގާއިން ހުމާމުދިފާއުކުރާނެބާ ކީއްވެބަ ހުމާމު އެތަނުންނެރެފަ ރައީސް ޔާމިނު އެތަނައް ނުފެއްތީ ތީވަރައްދެރަކަމެއް ރާބޯ ސޯލިހު ގަންޖާ ނަސީދު ހިއްފަޅައިގެންދާނެ ލާދީނީ އިންތި ހާޓު އެޓޭކުޖެހޭނެ ސޫތުކުޅިންގެނާ މީހާ ތިތަހުގީގުން ފޭލްވީ ރ ޔާމިނުބޮލުގަ ނޭޅުވުނީމަ

    30
    3
  4. ބަރުގޮނު

    އިސްލާމީ ޝަރީޢަތުގެ ޙުކުމް ތަންފީޛުވާން ވާނެ. ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޙުކުމް ތަންފީޛުވުމުގައި ހުރަހަކަށް ވާނަމަ އެއީ ރަޢިއްޔަތުން ކަންބޮޑުވާނޭ ކަމެއް.

    19
  5. އެޅުވި އަނދުން

    ސޫދު ތިޔައުޅުއްވަނީ ކާކަށް އޮޅުވާލުމަށްތޯ.؟ ހުމާމާމެދު އެއްވެސް ސުވާލެއް ނޫފެދޭ، އެކަމަކު މިނިވަންކޮށް ދޫކޮށްލި ސުމިތު މީ ސީދާ މިކަމުގައި ހަރަކާތްތެރިވި މީހެއް، އަދި މިމީހުނަށް މިކަމުގައި ފަނޑުކުރި ފަރާތުގެ ފައިސާ ހަވާލްކުރުމަށް މެދުވެރިވި ޖާ ކަންވަނީ ކަށަވަރުވެފައި އަދި ޖާއަށް މިކަމުގައި ފައިސާ ހަވާލްކުރީ ސިޔާސީ ބައެއްކަމާއި އެބައެއް މިވަގުތު ސަރުކާރުގެ ތެރޭގައި ތިބިކަމަށް ފެތުރުނު ހަބަރުތަށް މަދެއްނޫން. ކޮބާތޯ ހުމާމުގެ ފޯނުކޯލްސްގެ ޑީޓެއިލް އަދި ހުމާމަށް އެވަގުތު ގުޅިފަރާތުގެ ފޯނު ކޯލްސްޑީޓެއިލްސް، އަސްލު މީހާއަށް މަގުފަހިވާނެ ހުރިހާ ކަމެއް ދޫކޮށް ހުމާމު ބޮލަށް ކަންޑާލާ ޒާތަށް ތިޔައުޅެނީ ކާކު ސަލާމަތް ކުރާނަމޭ ހިތާތޯ. އަންނަން އޮތް މާތްﷲ ގެ އަޒާބަކަށް ނުފިލުވޭނެ. އަދި ހާމަވާނެ.

    26
  6. އަބުދުލް ﷲ ރަސީދު

    ކުރިން ވެސް ތިކަން އިންގޭ ތީ ކަން ނޭގެ އޭނަ ޖަލުގަ އެހުރި

    19
    1
  7. ޖިންނި

    އަވަހަށް ޙުކުމް ތަންފީޒު ކުރޭ

  8. ޖާހިލު

    ބަލަ ކަލޭގެ ހުރި ޖާހިލުކަމާއޭ ތީކުރިންވެސް އަހަރެމެންނައް އެނގިފައޮތްކަމެއް އެހެންވެދޯ ޖަލުގަހުރީ އަހަރެމެން ބޭނުންވީ ކަލޭމެން ތިކޮމިޝަނުންމުސާރަނަގައިގެން ތިކުރިމަސައްކަތުން ކުރިންނުހޯދުނު އާކަމެއްހޯދޭތޯ ބެލުން އެކަމެއްކަލޭމެންނަކައް ނުކުރެވުނު ލައިގެންހުރިސޯޓްގަނޑު ދާގަނޑުދޫވެގެން ކަކުލާހަމައައްފޭބިއިރުވެސް އަދިކޮބާ ފަންޑު ކުރިމީހުން

  9. ސުއޫދު ކަމިޝަން

    އަޒްލިފަށް އަމުރު ކުރި މީހުން ކޮޮބާ؟ އެދުވަސްވަރު ދެކެވުނު ސިޔާސީ ބަޔަކު އަޑީގައި ތިބިއޭ. އެއީ ކޮން ބައެއް. ކޮބާ ހުމާމަށް ހަތަރު މިލިއަން ރުފިޔާ ހުށަހެޅި ފަރާތްތައް