މާލެ އިން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޑިންގީއަކީ 10 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ޑީންގީއެއް ކަމަށެވެ. އަދި އޭނާ ފުންމާލީ ގުޅީފަޅު ބައްތިޔާ ދިމާއި ބޭރަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޑިންގީއިން ކަނޑަށް ފުންމާލި މީހާއަކީ ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ މިހާރު އެންއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ 15:16 ހާއިރު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޑިންގީން ކަނޑަށް ފުންމާލި ޒުވާނާ، ފުންމާލާފައިވަނީ ކީއްވެގެން ކަމެއް ކަމާއިބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސުއުޫދު ކޮބާ /އިބޫގެ ކުދިންކޮޅު ގޮވައިގެން ހިގާލުމެއްބާއްވަން ފެނޭ . އުދުޅި ދޭފަތް އުދުޅި ދޭފަތް ކުރީސަރުކަަާރު ކުއިކް މާޗް