މީހަކު ކެންސަރު ޖެހިގެން މަރުވިތާ 3 ހަފްތާ ފަހުން ދިރިއުޅުނު ގެވެސް އަނދާ ހުލިވެއްޖެ އެވެ.

އެމެރިކާ އަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ބިލް މޮރީސް ގެ އަންހެނުން އެލައިނަ އަށް ކެންސަރުޖެހިގެން މީގެ 3 ހަފްތާ ކުރިން ވަނީ މަރުުވެފައެވެ. ކެންސަރަށް ފަރުވާ ހޯދުމަށް އެކި ތަންތަނަށް ގޮސްފަވާކަމަށް ބިލް މޮރީސް ބުނެއެވެ. އަދި އޭގެ 3 ހަފްތާ ފަހުން ގިނަ ދުވަސްތަކެއްގެ މަސައްކަތުން ހަދާފައިވާ ގެވެސް މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދާހުލިވުމުން ބިލް ވަނީ އެކަމާއި ހަދާނެ ގޮތެއް ނޭނގިފައެެވެ.

އެދެމަފިރިންނަށް 6 ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން އެއްކުއްޖަކު މަރުވެފައިވާކަމަށް ބިލް މޮރީސް ބުނެފައިވެ އެވެ. ބިލް މޮރީސް ގެ އަންހެނުން އެލައިނާ މަރުވެފައިވަނީ އުމުރުން އެންމެ 30 އަހަރުގައެވެ. އަދި އެ ދެމީހުން ހަދާފައިވާގެ އަނދާފައިވަނީ ކުއްލިއަކަށް ހިނގި އަލިފާނުގެ ހާދިސާ އެއްގަ އެވެ. ބިލް މޮރީސް ބުނީ ހިނގާފައިވާ އަލިފާނުގެ ހާދިސާ އަކީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެކަހަލަ އަޑުތަކެއް ފެތުރިފައިވާ ކަމަށްވެސް ބިލް މޮރީސް ބުންޏެވެ.

އެލައިނާ މަރުވެފައިވަނީ ގެ ހަދައިގެން އެގެއަށް ބަދަލުވިތާ މާގިނަ ދުވަސް ތަކެއްވެސް ނުވަނީހެވެ.މިީ ބިިލް އަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ދުވަސްކަން އޭނާ ފާހަކަކުރެެެވެ. ބިލް މޮރީސް އަށް ހުރިހާ އެއްޗެއްވަނީ ގެއްލިފަ އެވެެ. ކުރި މަސަށްކަތް ވަނީ ފެނަށް ގޮސްފަ އެވެެ. އެލައިނާ މަރުވުމުގެ ކުރިން ބިލް މޮރީސް އަށް ވަސިއްޔަތް ކޮށްފައި ވަނީ އޭނަގެ ދަރިން ހާލުގައި ނުޖައްސައި ހެޔޮހާލުގައި ގެންގުޅުމަށެވެ. އަދި ބިލް މޮރީސް ބުނެފައިވަނީ އެކަން ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށެވެ.