ޑރ ޝަހީމު ފަދަ މައުސޫމު ދީނީ އިލްމުވެރިއެއްގެ އަބުރު ކަތިލުމަކީ ރޭވިގެން ހިންގާ ނުބައިވެގެންވާ ޖަރީމާއެއް ކަމަށް ކުރީގެ މަޖިލިސް މެމްބަރު، އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާވެފައިވަނީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަދުރޭ ވިދާޅުވެފައިވަނީ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ މައުސޫމު ދީނީ އިލްމުވެރިއެއްގެ އަބުރު ކަތިލުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެއްވެސް ޒިންމާދާރު ކަމެއްނެތި ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މިއީ ރޭވިގެން ހިންގާ ނުބައިވެގެންވާ ޖަރީމާއެއްކަމަށްވެސް އަދުރޭގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަފްރާޝީމް ރިޕޯޓުގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގިރޭ "ޓީވީއެމް" ގެ ޕްރޮގްރާމަށް އަފްރާޝީމް އަރައިވަޑައިގެންނެވީ ވެސް ޝަހީމް ވިދާޅުވެގެން ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވޭ ކަމަށެވެ.

އަދި އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމް އަފްރާޝީމާއި ބައްދަލުކުރި ކަމަށާއި އެބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ އަފްރާޝީމް ބޭނުންފުޅު ވެގެން ކަމަށް ޝަހީމް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ނަމަވެސް ޝަހީމް ދެއްވާފައި ވަނީ ދޮގު މައުލޫމާތެއް ކަމަށާއި ދެބޭފުޅުން މެދުގައި ބަދަލުކުރެވުނު އެސްއެމްއެސް އަށް ބަލާއިރު ބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ ޝަހީމް އެދިވަޑައިގަތުމުން ކަން ހާމަވާކަމަށް ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓުގައި ޑރ. ޝަހީމްގެ ވާހަކަތައް ހިމަނާފައިވުމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ.އަފްރާޝީމް މަރު މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިޖޫ

    އޭ ބަލަގަ މީ ޖަރީމާސަރުކާރެކޭ މިސަރުކާރުގެ ކަމަކީ އާނމު ރައްޔިތުމީހާ އަތުން ފޭރިގަތުން މިހާރު ފޭރެނީވެސް ހަމަ ސޯލިހުކޮށޭ ސޯލިހުކޮއް ސޯލިހުފޭރެނީވެސް

    7
    2
  2. ބުލްބުލް

    މިއޮތީވާސަރުކާރެއް މިވަރުގެ ސަރުކާރެއް ދުވަހަކުވެސް ނުދެކެން ދެންވާނީވެސް އެހެންނޫ
    ދުވަހަކުވެސް ކަމެއް ނުލިބޭބަޔަކައް ކަމެށްލިބުނީމާ ކިހާވަރެއްވާނެ މިބައިމީހުން ލާދީނީބައިގަނޑު މިތިބީ މަލެށްފޮޅިފައި އިންނަގޮތައް ފޮޅިފައި މިމީހުންނަށް އިތުރަޢްވޯޓް ދެއްވާ

    2
    2