14 ރަށަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖޭއެސްސީ އިން ވިދާޅުވީ، އެ ކޮމިޝަނުން 14 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް މިދިޔަ މަހު ކުރި އިއުލާނަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލުމަށް ވީހާ ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން އެ އިއުލާނުގެ މުއްދަތު އިތުރުކުރީ ކިހާ ދުވަހަކަށް ކަމެއް އަންގާފައެއް ނުވެއެވެ. ޖޭއެސްސީން ވިދާޅުވީ، އެ އިއުލާނުގެ މުއްދަތު އިތުރުކުރި ނަމަވެސް ކުރިން ކޮށްފައިވާ އިއުލާނުގެ ދަށުން ފޯމު ހުށަހެޅޭނެ ކަމަށެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފައި ވަނީ 11 ރަށަކަށެވެ. މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވަނީ ތިން ރަށަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދުުލުއިންސާފު

    މިއަދު ޖުޑީޝަރީއާ ކޯޓުތަކުގެ މައްޗަށް ސިޔާސީ ހަރުކަށި މީހުންގެ ބާރާ ނުފޫޒު ހުރިގޮތުން ކޯޓެއްގެ ފަނޑިޔާރަކަށް އިނުމަށްވުރެ މަގުމަތީ ސަލާންޖަހަން އުޅެންވެސް މާ ހިތްހަމަޖެހޭނެ..

  2. އަދުުލުއިންސާފުގެ ބައްޕަ

    މިއަދު މީ ކިޔަވައިގެން ޝަރަފުވެރި މަޤާމުތަކަށް ދާން ހެޔޮވާވަރު ދުވަހެއްނޫން.. މިއަދު ކިޔެވުނަސް ނުކިޔެވުނަސް ކޮންމެވެސް ސިޔާސި މީހެއްގެ ފަހަތުގައި އޭނާއަށް ސަނާކިޔާލަ ކިޔާލަ ހުންނަންވީ، ޕޯޑިއަމަކަށް އެރިއްޖިއްޔާ ދެންތިބި މީހުންނަށް ހިތުހުތި އެއްޗެއް ގޮވަންވީ، ޕާޓީ ޓިކެޓު ހޯދައިގެން މަޖިލީހަށް ކުރިމަތިލާންވީ، ހޮވިެއްޖިއްޔާ މުޅި އުމުރު އުޅެވޭނެ ގޮތް ފެނުނީ، ނުހޮވުނަސް ކޮންމެވެސް މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުކަން ނޫނީ ކުންފުންޏަކުން މަތީ މަޤާމެއް ނޫނީ ކޮންމެވެސް ނަމެއްގައި ކޮމިޝަނެއް އުފައްދައި ބޮޑުމުސާރަ ލިބޭ މަޤާމެއް ދޭނެ.. މެޖިސްޓްރޭޓްކަމަށް ދިޔާމަ ރަށުތެރޭން ލިބޭނީ މީހުންގެ މަލާމާތާ ފުރައްސާރަ، މީހާ ހުންނަންޖެހޭނީ ހަތަރެސްފައި ބަނދެވިފައި، ބޭނުންވާގޮތަށް މައްސަލަ ނުނިއްމައިގެން ޕާޓީ އެކްޓިވިސްޓެއް ކޮށްލާ އެއްމެ ސަކުވާއަކުން އޮންނާނީ ސުލޫކީވެފަ... އެ ދިޔައީ މީހާގެ މުޅި ދުވަސް...

    • ޅިޔަނު

      ކިޔަވައިގެންހުރެ މިވަރުތާކަށް ބޯކޮށްޕާލާކަށް ހެޔޮނުވާނެ.. ރަށުގައި މަސައްކަތްކުރާން އުޅޭ ބަނގުލާދޭސް މީހުންނަށް މީހުން ހިތާ ގޮތަށް ނޫނީ އެޔައްވުރެވެސް އިހާނެތިކޮށް މެޖިސްޓްރޭޓުންނާމެދު މީހުން ކަންތައްކުރަނީ، މަގެއްގެ މައްޗަށް ނުކުތަސް ފުރައްސާރަކުރުމާ، ވައްބަހުން ދިމާކުރުމާ ދިމާލަށް ވަގަށްގޮވުން އޮންނަނީ.. މީހުންގެ ކުރިމައްޗަށް ނުކުނަންއިރު އެމީހުން ދެކެނީ ފަނޑިޔާރުންނަކީ ކުށްވެރިންގެ ގޮތުގައި.. އެެެންވެ އަމިއްލައަށް އިހްސާސްކުރެވެނީވެސް އެފަދަގޮތަކަށް.. ފަނޑިޔާރުންގެ ގޯސްވާހަކަ އަލިފުބާވެސް ނޭންގޭ.. ފަސްބައިގައި އެތައް ބައެއްގެ މުދަލުގައި ޖެހިފަތިބި ސީޔާސީ މީހުން ދައްކައި ދައްކައި ރައްޔިތުންނަށް ފަނޑިޔާރުން ސިފަވަނީ ރަށުގައިއުޅޭ ބޮޑެތި ވަގުންނާއި، މަސްތުވާ އެއްޗިހި ބޮއެ އުޅޭ މީހުންނަށްވުރެވެސް ނުބައި ބައެއްގެ ގޮތުގައި...