އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް، މަރުތައް ބެލުމަށް ރައީސް އުފައްދަވާފައިވާ މަރު ކޮމިޝަނުން ނެރުނު ބަޔާން، އިތުރަށް ދިރާސާކޮށް، އިންސާފުވެރި ތަޙްޤީގެއް ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަރު ކޮމިޝަނުން ކޮށްފައިވާ ދިރާސާއާ ގުޅިގެން، ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އަތެއްވާކަން ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޑރ ޝަހީމަކީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އެކޯލިޝަނުން ޤަބޫލު ކުރާ ކަމަށާއި އެމަނިކުފާނަކީ، ދީނީ ޢިލްމު އެނގިވަޑައިގެން ހުންނެވި އަޙްލާޤް ރަނގަޅު، ހެޔޮލަފާ އަދި ރަނގަޅު ޢިލްމުވެރިއެއް ކަމަށެވެ. އަދި މިކަން އެކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށްވެސް އެބަޔާނުގައިވެއެވެ.

އަފްރާޝީމް ރިޕޯޓުގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގިރޭ "ޓީވީއެމް" ގެ ޕްރޮގްރާމަށް އަފްރާޝީމް އަރައިވަޑައިގެންނެވީ ވެސް ޝަހީމް ވިދާޅުވެގެން ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވޭ ކަމަށެވެ.

އަދި އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމް އަފްރާޝީމާއި ބައްދަލުކުރި ކަމަށާއި އެބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ އަފްރާޝީމް ބޭނުންފުޅު ވެގެން ކަމަށް ޝަހީމް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ނަމަވެސް ޝަހީމް ދެއްވާފައި ވަނީ ދޮގު މައުލޫމާތެއް ކަމަށާއި ދެބޭފުޅުން މެދުގައި ބަދަލުކުރެވުނު އެސްއެމްއެސް އަށް ބަލާއިރު ބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ ޝަހީމް އެދިވަޑައިގަތުމުން ކަން ހާމަވާކަމަށް ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓުގައި ޑރ. ޝަހީމްގެ ވާހަކަތައް ހިމަނާފައިވުމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ.އަފްރާޝީމް މަރު މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    އެމްޑީޕީ ގެ ހިސާރުގާ އޮތް އުސްފަސްގަނޑުގާ ބޭއްވި މީޓިންގ ގާ ނިންމީ ކޮންބަޔަކު މަރާލަންބާ ؟ މުޒާހަރާތަކުގާ ބަޔަކު މަރަން ގޮވި ބާ ؟

    8
    1
  2. އަލީބަލީ

    އަދުރޭ ކުރިން ބުނި ރިޔާސީ ކަމިޝަން ހަދަނީ ސިޔާސީ މީހުން ހިފާ ހައްޔަރު ކުރާށޭ. ކިތަން މީހުން ހިފާ ހައްޔަރުކޮށްފިތޯ؟

    2
    3
    • ބަނޑަށްބަލީ

      ހައްޔަރު ކުރަންވެސް އެނގޭބަޔަކަށްނު ހައްޔަރު ކުރެވޭނީ، އަތަށް ނުގޮވާ ހަމަ އެންމެކަމެއްވެސް މިސަރުކާރަށް ކުރެވިއްޖެތޯ؟ ކިތަންމެ ރުޅިއަޔަސް ހިތުގަޖެހުނަސް ކަޑަވިޔަސް ފަ*ުވިޔަސް، އެމްޑީޕީ އަކީ ނިކަންފައްކާ އިދިކޮޅުޕާޓީއެއް. އެގޮތުގައި ތިބޭއިރު އެއްވަނަ، މިވަރެއްނެތް. އެކަމަކު އެމްޑީޕީ އަކީ ސަރުކާރެއް ހިންގަންއެނގޭ ބަޔެއްނޫން. ހަމަ ސުމެއް، ވާނުވާވެސް ނޭނގޭ، މުޅިން ބޭރުމީހުން ބޭނުންވާގޮތް، އެމީހުންގެ ލަފަޔަށް ކަންކުރަންއެގެނީ. ފަސްއިގިލި ތަފާތުހެން، ނަޝީދާއި އަންނިގެ ތަފާތުމިއީ. މައްސަލައަކީ ނަޝީދަށް ހަޖަމު ނުވުން. ހަމަ ފުއްޕާފަ ވެރިކަންކުރަން. ލިބުނީމަ ހޭބަލިވަނީ ކޮންމެފަހަރަކުވެސް. އެލެކްސް ތިއޮށްގެން މިހާރު ޖޯކަކަށް ވަނީ.....

      1
      1
  3. 19 ނަވާރަ

    ތިކަން ކުރާނެ ކަމެއްނެތް. ނެރޭނީ އެކެއްޗެއް. މިގައުމުގައި ކުރި ރަގަޅުކަމެއްކުރީ ރ.ޔާމިން. ކުރިތަރައްގީއެއްކުރީ ރ. ޔާމިން. އެހެންވީމާ ގައުމުގައިތިބި އަދުއްވުންނަށް ކެތްނުވީ. ޔާމިން ބޮލުގައި މީހުންގެ މރުގެ ތުހުމަތުއަޅުވަން

    3
    4
  4. ނާޒުކު

    ހިފާ ހައްޔަރުކުރާކަންނޫން. ބޮޑެތި އިލްޒާމް ބޮލުގައި އަޅުވަން. ބަލަ އާމުކޮއްފައި ހުރި އޯޑިއޯތަކުން އަހަރުމެންނަށް އަޑުއިވޭ. ތަޅަން ކުދިންނެރެން. ގޮވާއަޑު. އެކަމަކު އެއީ ގައުމަށް ހެޔޮއެދޭ ފަރާތެއް. ދެތޯ. ހުރި ހަލާކެއްގެ ބޮޑުކަމާއެ

    3
    1
  5. އިހަވަންދޫ ރައްޔިތެއް

    ތި ނަމިރާ ނާޒިމް ކޮއްފައި ހުރި ކުއްތައް މިއޮއް ހުރިހާދުވަހަކު ޔާމިން އުޅުއްވީ ފޮރުވައިގެން. އެކަމަކު ޔާމިންއަށް އެއީ ކިހާވަރެއްގެ ކަމެއްކަން އެގުނީމަ. ތަހްގީގުކުރަން އެންގީ. ދުވަހަކުވެސް ނާޒިމް ކޮއްފައި ހުރި ނުބައިކަންތަކުގެ ވާހަކަ ޔާމިން ދެއްކިތަ މީޑިޔާގެ ކުރިމަތީ.

    3
    1
  6. އަނިޔާ

    އެއްވެސް ކަމެއް ނުފޮނުވޭނެ ދުވަސް އެބައޮތް މާތް ﷲހަށް ބިރުވެތިވެ މަރުކޮމިޝަންއިން ވަކިބަޔަކު ހިމާޔަތް ކުރަން މަސައްކަތް ކުރުމަކީ ރައްޔިތުން އެދޭކަމެއް